04 އަހަރު ފިލްމީ ދާއިރާއާ ދުރުގައި އުޅެން ޖެހުމަށްފަހު ނިމިދިޔަ ޖަނަވަރީ މަހު ރިލީޒްކުރި ފިލްމު "ޕަޓާން"އިން ކާމިޔާބު ހޯދި ތަރި ޝާހްރުކް ޚާން، މިހާރު މަސައްކަތް ކުރަމުންދާ ފިލްމު "ޖަވާން"ގައި ސައުތު އިންޑިއަން އެކްޓަރު އައްލޫ އަރްޖުންގެ ޚާއްޞަ ކެމިއޯއެއް ވާނެ ކަމުގެ ޚަބަރުތައް ފެތުރިއްޖެއެވެ. 

އަތުލީ ޑައިރެކްޓްކުރާ މިފިލްމުގެ އެންމެ ފަހުގެ ޝޫޓިންގތަކަށް ދާދިފަހުން ޝާހްރުކާއި އޭނާގެ ޓީމް ވަނީ ޗެންނާއީއަށް ގޮސްފައެވެ. "ޖަވާން"ގެ ލީޑުން ނަޔަންތަރާއާއި ސެތޫޕަތީ ފަދަ އެކްޓަރުން ފެނިގެންދާއިރު މިހާރު މަޢުލޫމާތު ލިބޭ ގޮތުގައި މި ލިސްޓަށް އައްލޫ އަރްޖުން ވަނީ އިތުރުވެފައެވެ. އެހެންނަމަވެސް އައްލޫ އަރްޖުން ފެނިގެންދާނީ އޭނާ ކުރިން ކުޅެފައިވާ ފިލްމެއްގެ ކެރެކްޓަރގައި ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެއެވެ. ޔަޤީންވާ އެއް ކަމަކީ މި ފިލްމުގައި އައްލޫގެ ކެމިއޯ ވާނަމަ މިއީ ބޮލީވުޑް ފިލްމަކުން އައްލޫ ފެނިގެންދާނެ ފުރަތަމަ ފިލްމުކަމެވެ.

Allu Arjun to do a film with director Surender Reddy? All we know

"ޖަވާން" ރިލީޒްކުރަން ހަމަޖެހިފައިވަނީ މިއަހަރުގެ ޖޫން މަހުގެ 02ވަނަ ދުވަހުއެވެ. މިއަހަރަކީ ޝާހްރުކަށް ބޮޑު އަހަރެކެވެ. ސަބަބަކީ މިހާރު މިއަހަރު އޭނާގެ އެއް ފިލްމު ރިލީޒްކޮށްފައިވާއިރު އަދި، "ޖަވާން"ގެ އިތުރަށް ވެސް އޭނާގެ އެއް ފިލްމު މިއަހަރު ރިލީޒްކުރަން ތާވަލު ކޮށްފައި އޮތުމެވެ. އެފިލްމަކީ ޑިސެމްބަރު 22ގައި އަޅުވަން ހަމަޖެހިފައި އޮތް "ޑުންކީ"އެވެ. "ޑުންކީ"އަކީ ރާޖްކުމާރް ހިރާނީ ޑައިރެކްޓްކުރާ ފިލްމެކެވެ.