އެސްޓީއޯ ގެ އެގްރިސެންޓަރ އަށް ތާޒާ ކައްޓަލަ ޝިޕްމަންޓެއް ލިބިފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ. މިއީ ގދ ވާދޫގެ ދަނޑުވެރިން ހައްދާފައިވާ ތާޒާ ދިވެހި ކައްޓަލައެވެ.

އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި ހޯލްސޭލްކޮށް ވިއްކަން ހަމަޖެހިފައިވާ އަގަކީ 5 ކިލޯ ކައްޓަލަ ނަގާނަމަ 34 ރުފިޔާއަށް ކިލޯއެކެވެ.

ކައްޓަލަ ގަންނަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން 3012640 އަށް ގުޅުއްވައިގެން އޯޑަރ ކޮށްލެވޭނެއެވެ. ވައިބަރ މެދުވެރިކޮށް އޯޑަރ ދެއްވާނަމަ 7291130 އަށް މެސެޖް ކުރައްވައިގެން އޯޑަރ ދެއްވޭނެއެވެ.

ކައްޓަލަ އަކީ އޭގައިވާ މާއްދާއެއްގެ ސަބަބުން ވިޓަމިން އޭ އުފައްދައިދޭ އެއްޗަކަށް ވާތީ ނޭވާލުމުގެ ނިޒާމަށް ޖެހޭ ބަލިތަކުން ދިފާއުވުމަށާއި އެބަލީގެ މީހުންނަށް މިއީ ވަރަށް ރަނގަޅު ފަރުވާ ހޯދިދާނެ ފަލަމަޑީގެ ބާވަތެކެވެ. ކައްޓަލައަކީ ގުދުރަތީ ހަކުރު "ނެޗުރަލް ޝުގަރސް" އެކުލެވިގެންވާ އެއްޗަކަށްވާތީ ހަކުރުބަލީގެ މީހުން ކައްޓަލަ ކެއުމަކީ ހަށިގަނޑުގައި ހުންނަ ހަކުރުގެ ލެވެލް ދަށްކޮށްދޭކަމެކެވެ.

ކައްޓަލައިގައި ޑައެޓަރީ ފައިބަރ ވެސް އެކުލެވިގެން ވެ އެވެ. މިއީ ހަޖަމުގެ ނިޒާމު ރަނގަޅު ގޮތުގައި ދެމެހެއްޓުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. އެހެންކަމުން ހަށިގަނޑު ހިއްކާލަން ބޭނުންވާ ފަރާތްތަކަށް ވެސް ކައްޓަލަ ޑައެޓްގައި ހިމެނިދާނެއެވެ.

ކައްޓަލަ އަކީ ޒަމާނުއްސުރެ ދިވެހިރާއްޖޭގައި ބޭނުން ކުރަމުން އަންނަ އެއް ޒަމާނެއްގައި އަހަރުމެންގެ ކާބަފައިން ވެސް ބަރޯސާވި ކާނާ އެކެވެ.