ރޫމޭޓޮއިޑް އާތުރައިޓިސް (އާރްއޭ) ހުންނަނަމަ، "ލޯ އިމްޕެކްޓް" ކަސްރަތަކީ ހުޅުތައް ހަރުކަށިވުން ހުއްޓުވުމާއި، މަސްތައް ބިނާކުރުމާއި، މަސްތަކުގެ ބާރު ގަދަ ކުރުމަށާއި ،ހިތާއި ކަށިތަކާއި މޫޑަށް ފައިދާހުރި ކަމެކެވެ.
ބަލީގެ ސަބަބުން ހުޅުތައް ދުޅަވެފައި ހުންނަ ވަގުތު ކަސްރަތުނުކޮށް އަރާމު ކުރާށެވެ. ކަސްރަތު ކުރާނެ މިންވަރެއް ނިންމުމުގައި އެމީހެއްގެ ހަށިގަނޑަށް އިޖާބަދޭށެވެ. ތިމާއަށް އެންމެ އެކަށީގެންވާ ކަސްރަތެއް ހޯދުމަށް ސިއްހީ ހިދުމަތްދޭ ފަރާތަކާ ގުޅިގެން މަސައްކަތްކޮށް، އަރާމުކުރަންވީ ކޮން އިރަކުތޯ މަޝްވަރާކުރުން ރަނގަޅެވެ.
ރޫމޭޓޮއިޑް އާތުރައިޓިސް އަކީ ކޮބައި ހެއްޔެވެ؟.
ރޫމޭޓޮއިޑް އާތުރައިޓިސް އަކީ ހަށިގަނޑުގެ ވަކި ތަންތަނުގައި - ޚާއްޞަކޮށް އަތާއި އަތްތިލަ އަދި ކަކުލުގެ ހުޅުތަކުގައި އުފެދޭ ބައްޔެކެވެ. ހުޅުގައި ހުންނަ ޓިޝޫ ހަލާކުވަނީ އަމިއްލަ ދިފާއީ ނިޒާމު އޮޅިގެން ދުޅަހެޔޮ ސެލްތަކަށް ހަމަލާދޭތީ އެވެ. މިކަމުގެ ސަބަބުން މިފަދަ އަލާމާތްތައް ފެނިދާނެއެވެ
ވަރުބަލިކަން
ހުޅުތަކުގައި ރިއްސުން
ހުޅު ތައް ހަރުކަށިވުން
ބަރުދަން ލުއިވުން
ވަރުދެރަވުން
ޖިސްމާނީ ގޮތުން ހަރަކާތްތެރިވުމަކީ ރޫމޭޓޮއިޑް އާތުރައިޓިސް ހުންނަނަމަ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރެވޭނެ އެއް ގޮތެވެ. ޖިސްމާނީ ހަރަކާތްތެރިކަމުން އެހެން ބަލިތައް ޖެހުމުގެ ނުރައްކާ ކުޑަވެ، ރޫމޭޓޮއިޑް އާތުރައިޓިސްގެ އަލާމާތްތައް ރަނގަޅު ކުރުމަށް އެހީތެރިވެދެ އެވެ
ކަސްރަތު ކުރަންވީ ކިހާ މިންވަރަކަށް ؟
ސެންޓަރސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ލަފާދެނީ ގިނަ ބޮޑެތި މީހުންނަށް ކޮންމެ ހަފްތާއަކު 150 މިނެޓް ވަންދެން މެދުމިނުގެ ބާރުމިނުގައި އެރޮބިކް އެކްޓިވިޓީ ނުވަތަ 75 މިނެޓް ވަންދެން ވަރުގަދަ އެރޮބިކް އެކްޓިވިޓީއެއް ހިންގުމަށެވެ. އެކަމަކު، އާތްރައިޓިސް ހުންނަ މީހުން ކަސްރަތު ކުރާ ގޮތް ތަންކޮޅެއް ތަފާތެވެ.ސިއްހީ ހިދުމަތްދޭ ފަރާތަކުން ކަސްރަތު ކުރަން ލަފާދެނީ ކިހާވަރަކަށްތޯ އޮޅުންފިލުވުން ރަނގަޅެވެ.
ހިނގާބިނގާވެ އުޅުން، ބައިސްކަލް ދުއްވުން، ނުވަތަ ފަތާލުން ފަދަ ލޯ-އިމްޕެކްޓް އެރޮބިކް ހަރަކާތްތަކަކީ ރޫމޭޓޮއިޑް އާތުރައިޓިސް ހުންނަމީހުންނަށް އެންމެ ރަނގަޅކަސްރަތެވެ.2
މިއީ ޖިސްމާނީ ގޮތުން ހަރަކާތްތެރިވެ، ރޫމޭޓޮއިޑް އާތުރައިޓިސްގެ އަލާމާތްތައް ރަނގަޅު ކުރުމަށް އެހީތެރިވެދޭ ލޯ-އިމްޕެކްޓް ބައެއް ހަރަކާތްތަކެވެ.
"ޗެއަރ ސްޓޭންޑް"
އާދައިގެ އުސްމިނެއްގެ ގޮނޑިއެއްގައި އިށީނދެގެން މިކަސްރަތު ފަށާށެވެ. ތެދުވެލުމަށްފަހު އަނެއްކާވެސް ހަރަކާތް ކޮންޓްރޯލް ކުރަމުން އިށީދެލާށެވެ. 10 އިން 15 ފަހަރު ގުނަމުން މިގޮތަށް ކަސްރަތު ކޮށްލާށެވެ.

ހިނގުން
ހިނގުމަކީ ހުޅުހުޅުގެ މައްސަލައަށް އެންމެ ރަނގަޅު އެއް ކަސްރަތެވެ. ކަށި ވަރުގަދަކޮށްދޭ، އެރޮބިކް ހަރަކާތެކެވެ. އަދި އަނިޔާ ލިބުމުގެ ނުރައްކާ ކުޑަ ހުޅުތައް މާ ބޮޑަށް އެނބުރުމުންވެސް ދުރުކޮށްދޭކަސްރަތެކެވެ.

އާތުރައިޓިސް ފައުންޑޭޝަނުން ލަފާދެނީ ހިނގާއިރު އެފްއައިޓީ ފޯމިއުލާ (ފްރީކުއެންސީ، އިންޓެންސިޓީ، އަދި ޓައިމް) އާ މެދު ވިސްނާށެވެ:
ފްރީކުއެންސީ: ކޮންމެ ދުވަހަކުވެސް ހިނގާބިނގާވެ އުޅުވެން އޮތްނަމަށް ކޮންމެދުވަހަކު ހިނގުމަށް އަޒުމްކަނޑައަޅާށެވެ. ކޮންމެ ދުވަހަކު ނުވާނަމަ ހަފްތާއަކު ތިން ފަހަރުނަމަވެސް ހިނގަން ދެވޭތޯ ބަލާށެވެ.
އިންޓެންސިޓީ: އާދައިގެ އިންޓެންސިޓީއަކަށް (ގަޑިއަކު ދެ މޭލާއި ތިން މޭލަށް) އަމާޒު ހިފަން މަސައްކަތް ކުރާށެވެ.
ވަގުތު: ރަނގަޅު އަމާޒަކީ ކޮންމެ ދުވަހަކު 30 މިނެޓުން އެއްގަޑިއިރަށް ހިނގުމެވެ.
ކޮންމެ މީހެއްގެ ވެސް ފިޓްނަސްގެ ފެންވަރު ތަފާތު ކަމުން މަޑުމަޑުން ތިމާގެ އަމާޒަށް ހޭނެން ޖެހެ އެވެ.
މީގެ އިތުރުން ބެލެންސް އަށް މަސައްކަތް ކުރަން ބޭނުންނަމަ ފަހަތަށް ހިނގާލަން މަސައްކަތް ކުރެވިދާނެ އެވެ. ވެއްޓުމުގެ ނުރައްކާ އޮތްނަމަ ހަފްތާއަކު މަދުވެގެން ތިން ދުވަހު ބެލެންސް ކަސްރަތު ކުރުމަށް ސީޑީސީން ލަފާދެއެވެ.
"ވޯޓަރ އެރޮބިކްސް"
ލެޕް ޕޫލެއްގައި ނުވަތަ ތިލަ ތަނެއްގައި (އާންމުކޮށް ހަތަރު ފޫޓު ފުންމިނުގައި) ކަސްރަތު ކުރުމަކީ ބޮޑެތި ތަދުތައް ހުންނަ މީހުންނަށް ރަނގަޅު ކަސްރަތެކެވެ. ސަބަބަކީ ފެނުގެ ބްޔޮޔަންސީގެ ސަބަބުން ހުޅުތަކަށް ޕްރެޝަރު ފިލުވައިދޭތީއެވެ.
ޕޫލުގައި ނުވަތަ މޫދުގައި ކަސްރަތު ކުރާއިރު އެއްފަރާތުން އަނެއްފަރާތަށް ބާރު ސްޕީޑެއްގައި ހިނގާލަން މަސައްކަތް ކުރާށެވެ.

މީގެ އިތުރުން ވޯޓަރ ޖޮގިން ބެލްޓް ބޭނުންކޮށްގެން ކަސްރަތު ކުރުމަށް ވިސްނާށެވެ. އެއީ ފެނުގެ މަތީގައި ހިފަހައްޓައިދޭ އެއްޗަކަށް ވާތީ އުނަގަނޑާއި ކަކުލާއި ފަޔަށް އެއްވެސް ޕްރެޝަރެއް ނުކޮށް ހަރަކާތްތެރިވެވޭނެ ކަމަށް މިނިސޯޓާގެ ލޭކްވިލްގައި ދިރިއުޅޭ ފިޓްނަސް ޕްރޮފެޝަނަލް އަދި ވޯޓާ އެކްސަސައިޒްސް ފޯ ރޫމޭޓޮއިޑް އާތުރައިޓިސް ލިޔުނު އޭން ރޮސެންސްޓައިން ވަނީ ބުނެފައެވެ.
"ސްޓްރެޗިންގް"
ހުޅުތައް ހަރުކަށިވުމުން ދުވަހުން ދުވަހަށް ކުރާ މަސައްކަތްތައް ދަތިވެދާނެތީ ހުޅުތައް ހަރުކަށިވުން ތަޖުރިބާކުރާ މީހުންނަށް ސްޓްރެޗިންގ މުހިންމު ކަމެކެވެ. ސްޓްރެޗިންގ އަކީ ފްލެކްސިބިލިޓީއަށް އެހީތެރިވެދޭނެ އަދި ގޭތެރޭގެ މަސައްކަތްތައް ނުވަތަ ކަންކަން ކުރުމަށް ފަސޭހަކޮށްދޭ ކަމެކެވެ.
ބަރު އުފުލުން
ގައިގެ މަސްތަކުގައި ވަރުޖެހި ވަރުގަދަވުމުގެ ސަބަބުން ދުވަހުން ދުވަހަށް ކުރާ މަސައްކަތްތައް ކުރުމަށް އެހީތެރިވެދެއެވެ. އެކަމަކު ހުޅުތަކަށް ރައްކާތެރި އަދި އެންމެ ރަނގަޅީ ކޮން ކަސްރަތެއްކަން އެނގުމަކީ އުނދަގޫ ކަމަކަށް ވެދާނެ އެވެ.
ދޭއްނުވަތަ ފަސް ޕައުންޑަށް ވުރެ ބޮޑު ނުވާ ލުއި އަތުގެ ބަރުދަނުން ބައިސެޕް ކަރލްސް ހަދައިގެން ފަށައި، ވަގުތު ފާއިތުވަމުންދާ ވަރަކަށް ބަރުދަނާއި ސެޓްތައް އިތުރުކޮށްގެން ބާރު ގަދަކުރެވިދާނެއެވެ.
ބަގީޗާ ހެއްދުން
ބަގީޗާ ހެއްދުމަކީ ކެލޮރީ އަންދާލާ ކަމަކަށް ވާއިރު، އާތްރައިޓިސް އާއި ގުޅިގެން ދިމާވެދާނެ ޑިޕްރެޝަންގެ އަލާމާތްތައް ލުއިކޮށްދިނުމަށް އެހީތެރިވެދެއެވެ.
