އޯއޭސެސް މޯލްޑިވްސް އިން ރޯޔަލް ކެނިންގެ އެންމެ ފަހުގެ އުފެއްދުންތައް ރާއްޖެއަށް ތައާރަފްކޮށްފިއެވެ. މިފަހުރުވެރި ކާމިޔާބީ ފާހަގަ ކުރުމަށް އަދި އުފެއްދުން ލޯންޗް ކުރުމަށް ބޭއްވި ހަފްލާގައި ފިހާރައިގެ ވެރިން ވަނީ އާންމު ރައްޔިތުން ފަރާތުން ލިބެމުންއަންނަ އެއްބާރުލުން ފާހަގަކޮށް އެކުންފުނީގެ ވަފާތެރި ކަސްޓަމަރުންނަށް ޝުކުރު އަދާކޮށްފަ އެވެ.
މި އިވެންޓުގެ ފުރިހަމަ ކަން އިތުރުވެފައިވަނީ ޕްރޮޑަކްޓްތަކާ ބެހޭ މައުލޫމާތުން ފުރިގެންވާ ޕްރެޒެންޓޭޝަންތަކުންނާއި ހާޒިރުވި "ފަރީ ފްރެންޑްސް" އަށް ލިބިގެންދިޔަ ގިނަބާވަތްތަކުގެ "ޓްރީޓްސް" ތަކުންނެވެ.

ރޯޔަލް ކެނިން ކެޓް ފުޑްގެ އުފެއްދުންތަކުގެ ތެރޭގައި ބައެއް ކާނާ ކެއުމުން މައްސަލަތަށް މެދުވެރިވާ އަދި ސިއްހީ ކަންބޮޑުވުންތައް ހުންނަ ބުޅަލަށް ހާއްސަ ފޯމިއުލާތަކެއް ލިބެން ހުންނައިރު، ނާޒުކު ހަންގަނޑުގެ މައްސަލަތަކާއި ހަޖަމުކުރުމުގެ މައްސަލަތަކަށް ހައްލު ލިބިގެންދާނެއެވެ.

ރޯޔަލް ކެނިން އޮއެސެސް މޯލްޑިވްސް މެދުވެރިކޮށް މިހާރު ލިބެން ހުރުމުން، ގޭގައި ބުޅާ ގެންގުޅޭ ފަރާތްތަކަށް އެމީހުންގެ ލޯބިވާ "ޕެޓަށް" ވީހާވެސް ރަނގަޅު ނިއުޓްރިޝަން ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން ވަނީ ލިބިފައެވެ.

100 އަށް ވުރެ ގިނަ ތަފާތު ބާވަތް ހިމެނޭ އާ ރޯޔަލް ކެނިންގެ އުފެއްދުންތައް އޮއެސެސް މޯލްޑިވްސް އިން މިހާރު ގަންނަން ލިބެން ހުންނާނެއެވެ.
