ދުނިޔޭގެ އެންމެ ބޮޑު މަތިންދާބޯޓުގެ ޕްރޮޓޯޓައިޕަށް ކިޔަނީ އެއާ ލެންޑަރ 10އެވެ. ހީލިއަމް ޕަމްޕް ކުރާ ހައިބްރިޑް މަތިންދާބޯޓުގައި ހިމެނެނީ މަތިންދާބޯޓަކާއި އެއާޝިޕް އަދި ހެލިކޮޕްޓަރެއް އެކުލެވޭ އޮލް އިން 1ޑިޒައިނެކެވެ.

އެއާލެންޑަރ 10 އަކީ ދުނިޔޭގެ އެންމެ ފުރަތަމަ، އަމަލީ އަދި ވިޔަފާރީގެ ގޮތުން ބޭނުންތެރި ހައިބްރިޑް މަތިންދާބޯޓެވެ.

މިބޯޓަކީ މަތިންދާބޯޓާއި އެއާޝިޕް، ހެލިކޮޕްޓަރ އަދި ހޯވަރކްރާފްޓްގެ ކްރޮސްއެއް ކަމަށާއި، މިއީ ފުޓްބޯޅަ ދަނޑަކަށް ވުރެ ބޮޑު އަދި އެއާބަސް 380 އަށް ވުރެ 60 ފޫޓު ދިގު އުޅަންދެކެވެ.

އެއާލެންޑަރގެ ޑިޒައިނަރ އަދި އުފެއްދުންތެރިޔާ އަކީ އަމިއްލަ ފަރާތަކުން ހިންގާ، އިނގިރޭސިވިލާތުގައި ހުންނަ ހައިބްރިޑް އެއާ ވެހިކަލްސް (އެޗްއޭވީ) އެވެ. 

މި ކްރާފްޓުގައި ބޭނުންކޮށްފައިވަނީ އެތެރޭގެ ނުވަތަ ބޭރުގެ ސްޓްރަކްޗަރެއް ނެތް ސާދާ، ސްޓޭބަލް، ގްރައުންޑް ބްރޭކިން ޑިޒައިންއެއް ކަމަށާއި، ޓްރިޕްލް ޕްލައި، އެންޓި-ޔޫވީ، އެންޓި-ލީކް، އެންޓި-ސްޓްރައިކް ޓެފްލޮން ޓައިޕްގެ މެޓީރިއަލް އިން ހަދާފައިވާ މައިގަނޑަ ކީ(ޝެލް) ޚާއްޞަކޮށް ވަރުގަދަ އެއްޗެކެވެ. ދިގުމުއްދަތަށް ދެމިގެންދާ އަދި މަރާމާތު ނުވަތަ ޕެޗް ކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އުޅަނދެކެވެ.

އޮގްޒިލަރީ ވިންގް އަދި ޓޭލް ސަރފޭސްތަކެއް ހުންނަ ހީލިއަމް ގޭސް އެކުލެވިގެންވާ މި އެއާޝިޕަކީ އެރޮސްޓޭޓިކް އަދި އެރޯޑައިނަމިކް ލިފްޓް ބޭނުންކޮށްގެން އުދުހޭ ބޯޓެއް ކަމަށާއި، މިއީ ޑީސަލް އިންޖީނުން ދުއްވާ ހަތަރު ޑަކްޓް ޕްރޮޕެލަރ އެކުލެވޭ ބޯޓެއް ކަމަށް ވެއެވެ.

މި މަތިންދާބޯޓުގެ ފިނިޝިން ޓަޗްތައް ކުރިއަށް ގެންދަނީ އިނގިރޭސިވިލާތުގެ ބެޑްފޯޑްޝަޔަރގެ ކާޑިންގޓަން ހެންގަރުތަކުގައެވެ. މިއީ 1916 ވަނަ އަހަރު ފުރަތަމަ އެއާޝިޕްތައް އުފެއްދި ތަނެވެ.

ނަމަވެސް މިއަދު ބޭނުންކުރާ ޓެކްނޮލޮޖީއަކީ އޭރު ބޭނުންކުރި ޓެކްނޮލޮޖީއާ ހާސްބައި ތަފާތު ޓެކްނޮލޮޖީއެކެވެ.

މިއުޅަނދުގެ މަލްޓި މިޝަން ކެޕޭސިޓީގެ ސަބަބުން އެއާލެންޑަރަށް ފަސް ދުވަހުގެ މުއްދަތަށް ފަސިންޖަރުންނާއި ޕޭލޯޑް ނުވަތަ ތަކެތި އުފުލޭނެއެވެ.

މި އުޅަނދު ޑިޒައިންކުރުމުގައި އެޗްއޭވީން ވަނީ އަސާސީ އެރޯޑައިނަމިކް އުސޫލުތައް އަލުން ބަލައި، ޒަމާނީ ޓެކްނޮލޮޖީއާއި މެޓީރިއަލްތައް ބޭނުންކޮށްގެން އާ ވަސީލަތްތައް އުފެއްދުމަށް މަސައްކަތްކޮށްފަ އެވެ. ނަތީޖާއަކީ ވައިގެ ދަތުރުފަތުރުގެ އެހެން އެއްވެސް ގޮތަކަށް ވުރެ ކާބަން ފުޓްޕްރިންޓް ވަރަށް ބޮޑަށް ދަށްވެ، ރައްކާތެރިކަމާއި، އޮޕަރޭޓިން ޚަރަދާއި ފަސޭހަކަމާއި، ތިމާވެށްޓަށް ކުރާ އަސަރުތަކަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދޭ އާ، ރަނގަޅު ވައިގެ ދަތުރުފަތުރުގެ ވަސީލަތެއް އުފެދުމެވެ.

މި އިންގިލާބީ، ފެހި ޑިޒައިން އަށް އެވޯޑްތައް ލިބިފައިވެ އެވެ: އޭގެތެރޭގައި އިނޮވޭޓިވް ޓެކްނޮލޮޖީއަށް 4.75 މިލިއަން ޑޮލަރު (3.4 މިލިއަން ޕައުންޑް) އަދި ޔޫކޭ ރީޖަނަލް ގްރޯތް ފަންޑް އެވޯޑާއި 2.7 މިލިއަން ޑޮލަރު (2.5 މިލިއަން ޔޫރޯ) އީޔޫ ހޮރައިޒަން 2020 ގްރާންޓް އެވޯޑަކީ ލިބިފައިވަނީ ތިމާވެއްޓާއި ރައްޓެހި ދަތުރު ފަތުރުގެ ނިޒާމަކަށް ވާތީއެވެ.

މި އުޅަނދު ޑިޒައިންކޮށް އުފެއްދުމަށް ގާތްގަނޑަކަށް 100 މިލިއަން ޑޮލަރު (60 މިލިއަން ޕައުންޑް) ޚަރަދުވި ކަމަށް އެޗްއޭވީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ކްރިސް ޑެނިއަލްސް ވިދާޅުވި އެވެ. “އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މިއީ ވިޔަފާރީގެ ގޮތުން ފައިދާހުރި ޒީރޯ ކާބަން ހާސިލްކުރާ މިސައިޒުގެ ފުރަތަމަ މަތިންދާބޯޓަކަށް ވާނެ، ކުރިއަށް އޮތް އަހަރުތަކުގައި އެ ޓެކްނޮލޮޖީ ރަނގަޅަށް ގާއިމްކުރެވޭނެއެވެ.