ސްޕައިޑަރ މޭންގެ ސީކުއެލްގައި ޕީޓާ ޕާކާގެ ރޯލިން ފެނިގެންދާނީ ކޮން ތަރިއެއްތޯ އެއީ މާރވެލް ގެ ފޭނުން އެންމެ ބޮޑަށް ވާހަކަ ދައްކާ އެއްކަމެވެ. ޓޮމް ހޮލެންޑް އެ ރޯލާ ހަވާލުވި ފަހުން 2021 ވަނަ އަހަރު ސްޕައިޑަރ މޭން: ނޯ ވޭ ހޯމް ރިލީޒްކުރި ފަހުން ޕީޓާ ޕާކާގެ ރޯލު އަލުން ކުޅޭނެތޯ ބަލަން ފޭނުން ތިބީ އިންތިޒާރުކޮށްގެންނެވެ.ޓޮމް ހޮލެންޑް ލީޑް ރޯލުން ފެނިގެންދާ ސީކުއެލް ސްޕައިޑަރ މޭން ޓްރިލޮޖީއެއް ކުރުމުގެ ޚިޔާލު ޕްރޮޑިއުސަރު އެމީ ޕަސްކަލް ކުރި ނަމަވެސް ސޮނީން އަދިވެސް ކަމެއް ކަށަވަރުކޮށްދީފައެއް ނުވެއެވެ.
މިހާރު ސްޕައިޑަރ މޭން 4 ލިޔަމުންދާއިރު، ކެވިން ފޭޖް ވަނީ ޓޮމް ޕީޓާގެ ރޯލު މުޅިން އަލުން ކުޅޭނެކަން ކަށަވަރުކޮށްދީފައެވެ. 2017 ވަނަ އަހަރު ރިލީޒްކުރި އަދި 175 މިލިއަން ޑޮލަރުގެ ބަޖެޓެއް އޮތް ސްޕައިޑަރ މޭން: ހޯމްކަމިން އަށް މުޅި ދުނިޔޭގައި 880 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.އަދި 2019 ވަނަ އަހަރު ރިލީޒްކުރި ސްޕައިޑަރ މޭން: ފާ ފްރޮމް ހޯމް؛ އަށް 200 މިލިއަން ޑޮލަރުގެ ބަޖެޓެއް އޮތް އިރު މުޅި ދުނިޔޭގައި 1.9 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައިވެއެވެ. މިއީ ހޮލެންޑަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި، ހަމަ މި ސަބަބަށްޓަކައި ކުރިއަށް އޮތް ސީކުއެލްގައި ޓޮމް ހޮލެންޑްގެ ބަދަލުކޮށް ފޭނުން ދެރަ ނުކުރާނެކަމަށް ކެވިން ފޭޖް ބުނެއެވެ.
