މިއީ ހަވީރު ސަޔަށް ނޫނީ ޕިކްނިކް ތަކަށާއި ރޯދަވީއްލާ ގަޑިއަށް ނުވަތަ ހަށިގަނޑަށް ލުއި އެއްޗެއް ކާލަން ބޭނުންވާ ކޮންމެ ވަގުތަކަށް ހަދާލަން ރަނގަޅު ސޭންޑްވިޗްއެކެވެ. ފަސޭހައިން ތައްޔާރު ކޮށްލެވޭ މިސޭންޑްވިޗަކީ ހަށިގަނޑު ހިއްކަން މަސައްކަތް ކުރާ ފަރާތްތަކަށްވެސް ރަނގަޅު ރެސިޕީއެކެވެ.

މިސޭންޑްވިޗް ތައްޔާރުކުރަން ބޭނުންވާނީ

 ޕާން ( ބްރައުން ބްރެޑް)

ފެނުކެއްކި ބިސް

މެޔޮނައިސް

ލޮނު

އަސޭމިރުސް

ލެޓިއުސް ( ބޮޑަށް ރަނގަޅީ އައިސްބަރގް ލެޓިއުސް)

 

ތައްޔާރުކުރާނެ ގޮތް

ފެނުކެއްކި ބިސް ކުދިކޮށް ކޮށާލުމަށްފަހު ރަހަހެޔޮވަރުވާ ވަރަށް މެޔޮނައިސް، ލޮނު އަދި އަސޭމިރުސް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.

ޕާން ފޮތީގެ ތެރެއަށް ތައްޔާރުކުރި ބިސް ސެލެޑް ކޮޅު އަޅާލާށެވެ.

އަތި ލެޓިއުސް ކޮޅު ކުދިކޮށް ކޮށާލުމަށްފަހު ބިސްކޮޅުގެ މައްޗަށް އަޅާލުމަށްފަހު އަނެއްޕާންފޮތި މަތީގައި ބާއްވާލާށެވެ.

ޑައެޓްގައި އުޅުއްވާ ބޭފުޅުން މެޔޮނައިސް ގެ ބަދަލުގައި އެވަކާޑޯއެއް ބިސްކޮޅުތެރެއަށް އެއްކޮށްލައިގެން ބޭނުންކުރެވިދާނެއެވެ. އަދި ޕާންފޮތި ޓޯސްޓް ކޮށްގެން ފަރިއްކުޅުވަން ބޭނުންވެލައްވާނަމަ ސޭންޓްވިޗް ތައްޔާރު ކުރުމުގެ ކުރިން ޕާންފޮތި ޓޯސްޓް ކޮށްލެވިދާނެއެވެ.