ޕުޝްޕާ: ދަ ރޫލް- ޕާޓް2 އައުން ކައިރިވަމުން ދާ ވަރަކަށް އައްލޫ އަރްޖުންގެ ސަޕޯޓަރުންގެ ކެތްތެރިކަން ވަނީ ކޮޅުންލާފައެވެ. ޕުޝްޕާ: ދަ ރައިސްގެ ބްލޮކްބަސްޓާ ކާމިޔާބީއަށް ފަހު، ޕުޝްޕާ: ދަ ރޫލް އަށް ކުރާ އުންމީދުތައް މިހާރު ވަނީ އެންމެ މަތީ ދަރަޖައެއްގަ އެވެ. މީޑިޔާ ތަކުން ރިޕޯޓު ކުރާ ގޮތުގައި އައްލޫ އަރްޖުން ޕުޝްޕާ 2 ގައި އޭނާ ފެނިގެންދާނެ ގޮތް އާންމުންނައްއް ދައްކާލާނީ އޭނާގެ 41 ވަނަ އުފަންދުވަސް ކަމަށްވާ އޭޕްރީލް 8 ގަ އެވެ.
މި ފިލްމުގެ ސޫޓިން ފެށިފައިވަނީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހު ގައިއެވެ. މިހާރު މައުލޫމާތު ލިބޭ ގޮތުގައި ޓީމުން ވަނީ ހައިދަރުއާބާދާއި ވިޒާގުގައި މުހިންމު މަންޒަރުތައް ކުޅެނިންމަފައެވެ.
"އައްލޫ އަރްޖުން ބޭނުންވަނީ އޭނާގެ އުފަންދުވަސް އޭނާގެ ފޭނުންނަށް ހާއްސަ ކުރަން އެހެންކަމުން، އޭނާ ވަނީ އުފަންދުވަހު ފިލްމުގެ ފުރަތަމަ ޓީޒާ ލޫކް ނުވަތަ ކުޑަކުޑަ ނަޒަރެއް ނެރެން ނިންމާފައި، " މީޑިޔާ އަށް މައުލޫމާތު ދެމުން އައްލޫގެ ގާތް މީހަކު ބުނެފައިވެއެވެ. އޭނާ އިތުރަށް ބުނިގޮތުގައި ހައިދަރުއާބާދުގައި ހުންނަ އޭނާގެ ގޭގައި ގާތް ރައްޓެހިންނާއި އާއިލާއާއެކު ލޯ ކީ އުފަންދުވަހުގެ އުފާފާޅުކުރުންތަކެއް ބާއްވަން ނިންމާފައިވާކަމަށެވެ.
މީގެ އިތުރުން ސުކޫމާ ދަނީ ޕުޝްޕާ 2ބައި 1 ވަނަ ބަޔަށް ވުރެ ބޮޑުވެ ރަނގަޅުކުރަން ވަރަށް ވެސް ބުރަކޮށް މަސައްކަތްކުރަމުންނެވެ.މިއުޒިކުން ފެށިގެން ޕަވަރ ޕެކްޑް ޑައިލޮގްތަކާއި އެކްޝަން މަންޒަރުތަކާ ހަމައަށް ޕުޝްޕާގެ ފުރަތަމަ ބައި ބެލުންތެރިންނަށް ދިގުދެމިގެންދާ އަސަރެއް ކޮށްފިއެވެ. ހަބަރު ލިބިފައިވާ ގޮތުގައި ޕުޝްޕާ 2 ރިލީޒްކުރާނީ 2024 ވަނަ އަހަރުގެ މާޗް-އޭޕްރީލް މަހު އެވެ.
ޕުޝްޕާ އާއި ބަންވަރު ސިންގް (ފަހާދު ފާސިލް) ގެ ކުރިމަތިލުން ވެގެން ދާނީ މި ފިލްމުގެ ނިމުމަށެވެ.މި ފިލްމުގެ އަންހެން ލީޑް ރޯލުން ފެނިގެންދަނީ ރަޝްމިކާ މަންދާނާ އެވެ. ވިޒާގްގައި 10 ދުވަހުގެ ޝޫޓިން ޝެޑިއުލް ނިންމާލުމަށްފަހު މިހާރު ދަނީ ހައިދަރުއާބާދުގައި ފިލްމުގެ ޝޫޓިން ކުރަމުންނެވެ.
