2011 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ޕިޔާރް ކާ ޕަންޗްނާމާ" އިން ބޮލީވުޑަށް ތައާރަފްވި ކާރްތިކް އާރިޔަން ވަނީ އޭނާގެ ކެރިއަރުގައި ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައެވެ.
އޭނާގެ ހަގީގަތުގައި ވެސް ފޯރިގަދަ އެތަށް ފިލްމެއް ކުޅެފައި އެބަހުރިއެވެ. އޭގެ ތެރޭގައި މާދަމާ ރިލީޒް ކުރަން ހަމަޖެހިފައިވާ ކްރިތީ ސަނޯން އާއެކު ކުޅެފައިވާ ޝެހްޒާޑާ ވެސް ހިމެނެ އެވެ. ފިލްމު ރިލީޒް ކުރުމުގެ އެއް ދުވަސް ކުރިން ކާރްތިކް އާރިޔަން ވަނީ ދުބާއީގައި ހުރެ ސިއްހަތަށް ފައިދާހުރި ވީޑިއޯއެއް ހިއްސާ ކުރުމަށް އޭނާގެ ސޯޝަލް މީޑިއާގައި ހިއްޝާކޮށްފައެވެ. މިވީޑިއޯގެ ތެރެއިން ދުބާއީގެ އައިކޮނިކް ބުރްޖް ޚަލީފާ ކާރްޓިކްގެ ކުރިއަށް އޮތް ފިލްމު ޝެހްޒާދާގެ ޕްރޮމޯޝަނަލް ޓީޒާ އަޅުވާފައި ވުމުން އެކްޓަރު ވަނީ ސޯޝަލް މީޑިއާ ޕޯސްޓެއް މެދުވެރިކޮށް އޭނާގެ އުފާވެރިކަން ފާޅުކޮށްފަ އެވެ.މި ވީޑިޔޯގައި ކާރްތިކް ވަނީ އެ އިމާރާތުގައި ޝެހެޒާދާގެ ޕްރޮމޯޝަނަލް ޓީޒާ ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ބުރުޖް ޚަލީފާގައި އަޅުވާފައިވާ އިރު ސަޕޯޓަރުންގެ ގިނަ ބަޔަކު އޭނާގެ ނަން ގޮވަމުން މަންޒަރު ދައްކާލައިފައެވެ. ކާރްތިކް އޭނާގެ ފިލްމުގެ ޓީޒާ ބުރުޖް ޚަލީފާގައި ސްޓްރީމް ކުރަމުންދާތަން ބަލާލަން ހުންނަނީ ވަރަށް ވެސް އުފާވެފައެވެ. އަދި އަދަބުވެރިކަމާއެކު ސަޕޯޓަރުންނަށް އަތްޖަހާ، ސަލާމްކޮށް، އެމީހުންނާއެކު ސެލްފީ ކްލިކް ކުރަމުން ދިޔަތަން ވެސް މި ވީޑިއޯއިން ފެނުނެވެ. އެ ވީޑިއޯ ހިއްސާ ކުރަމުން އޭނާ ލިޔެފައިވަނީ "ފީލިންގ ލައިކް އަ ޝެހްޒާދާ .. އޮން ޓޮޕް އޮފް ދަ ވޯލްޑް، ލިޓަރަލީ # ބުރްޖްޚަލީފާ" ކަމަށެވެ. ("އިހްސާސް ކުރެވެނީ ރަސްގެފާނެއް ފަދައިން.... ހީވަނީ ދުނިޔޭގެ އެންމެ މަތީގައި ހުރެވޭހެން.")
މުނިފޫހިފިލުވުން
ސާހްޒާދާގެ ޓީޒާ ބުުރުޖް ހަލީފާގައި އަޅުވައިފި

އެހެނިހެން ލިޔުން