ހިޓާޗީގެ ތަފާތު އުފެއްދުންތައް ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދެމުން އަންނަ އެސްޓީއޯއިން ހިޓާޗީ ބްރޭންޑްގެ މުޅިންއާ އުފެެއްދުންތަކެއް ރާއްޖޭގެ ބާޒާރަށް ނެރެފިއެވެ.

މިއުފެއްދުންތައް ތައާރަފް ކޮށްދެއްވީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ހުކުރު ދުވަހު ބޭއްވުނު ޙާއްސަ ރަސްމިއްޔާތެއްގައި އެސްޓީއޯގެ ޖެނެރަލް މެނޭޖަރ އަހްމަދު ޝިފާން އަދި ހިޓާޗީ ހޯމް އެޕްލަޔަންސްގެ ޑިރެކްޓަރ ސޭލްސް ޓަރން ޖައިން އެވެ.

ހިޓާޗީ ބްރޭންޑަކީ ދިވެހިންގެ މެދުގައި މަޤްބޫލް އަދި އިތުބާރު ލިބިފައިވާ އުފެއްދުންތަކެކެވެ. މިފަހަރު އެސްޓީއޯއިން ތައާރަފް ކުރި އުފެންދުންތަކުގެ ތެރޭގައިވެސް , އާ ފީޗަރ ތަކާއި އެކު އުފައްދާފައިވާ ފްރިޖާއި ދޮންނަމެޝިނާއި 

 މައިކްރޯވޭވް އޮވަން އަދި ޗެސްޓް ފްރީޒަރ ހިމެނެއެވެ.

ރާއްޖޭގެ އެއްވަނަ ބްރޭންޑް، ހިޓާޗީގެ އުފެއްދުންތައް އެސްޓީއޯއިން ރާއްޖެ އެތެރެކޮށް މާކެޓުކުރާތާ 25 އަހަރަށް ވުރެ ގިނަ ދުވަސް ވެދާނެ އެވެ. ހިޓާޗީގެ އުފެއްދުންތަކަކީ ކޮލިޓީ އަދި ގިނަ ދުވަހަށް ބޭނުންކުރެވޭ އުފެއްދުންތަކެކެވެ. ހަމައެހެންމެ ކަރަންޓު ހަރަދު ކުޑަ، ތިމާވެއްޓަށް ގެއްލުން ވީހާވެސް ކުޑަވާނެހެން ފަރުމާކޮށްފައިވާ އުފެއްދުންތަކެވެ.

އެސްޓީއޯއިން އަލަށް ތައާރަފް ކުރި މިއުފެއްދުންތަކާއި އެކު ކުރިއަށް އޮތް ރޯދަމަސް އިތުރަށް ފުރިހަމަ ވެގެން ދާނެއެވެ.