ރާއްޖޭގައި ފުޅާދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ ސިމްޑީ ކުންފުނިން ރަމަޞާން މަހާއި ގުޅިގެން ވަރަށް ޙާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ. މިޕްރޮމޯޝަންގެ ގްރޭންޑް ލަކީ ޑްރޯގެ ނަސީބުވެރިއަކަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށައަޅާފައެވެ.
ސިމްޑީ ރަމަޟާން ޕްރޮމޯޝަނާ ގުޅިގެން މައުލޫމާތު ދޭން އެ ކުންފުނީގެ އޮފީހުގައި ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ ޔޫޝަޢު ސަޢީދު އަދި ޕީއާރް އެންޑް މާކެޓިން މެނޭޖަރު އިބްރާހިމް ހަމީޝް ވިދާޅުވީ މި ޕްރޮމޯޝަން ކުރިއަށް ދާނީ މި ހިނގާ ފެބްރުވަރީ މަހުގެ 19 ވަނަ ދުވަހުން ފަށައިގެން 02 މޭ 2023 އާ ހަމައަށް ކަމަށެވެ.
ޖުމްލަ 200 ބްރޭންޑުގެ 15000 ޕްރޮޑކްޓް ކަސްޓަމަރުންނަށް ފޯރުކޮށްދެމުން އަންނަ ސިމްޑީ ކުންފުނީގެ އުންމީދާކީ މިރާމަޞާން މަހުގެ ހާއްސަކަމާއި އުފާވެރިކަން އިތުރު ކޮށްދިނުމާއިއެކު ގިނަ ޕްރޮޑަކްޓް ތަަކަކާއި ހިދުމަތް ތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުން ކަމުގައި އެކުންފުނިން ވަނީ ބުނެފައެވެ.

މިޕްރޮމޯޝަން އިތުރަށް ޙާއްސަ ވެގެންދަނީ މިއީ ސިމްޑީގެ ތިން ޑިވިޜަން ކަމުގައި ވާ ކޮންސިއުމަރ ޕްރޮޑަކްޓްސް ޑިވިޜަނާއި ސިމްޑީ ޓެކް ޑިވިޜަނާއި ސިމްޑީ ރެސޫގެ ޑިވިޜަނުން ބައިވެރިވެގެން ގެނެސްދޭ ފުރަތަމަ ރަމަޞާން ޕްރޮމޯޝަން ކަމުގައި ވުމެެވެ.
ސިމްޑީ ރަމަޞާން ޕްރޮމޯޝަން އަކީ ކަސްޓަމަރުންނަށް އެންމެ މަތީ ފެންވަރުގެ ޙިދުމަތް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރާ ވަޢުދު ފުއްދައި ދިނުން ކަމަށާއި އަދި މި ޕްރޮމޯޝަނަކީ ކަސްޓަމަރުންގެ ވަފާތެރިކަމާއި ސަޕޯޓްގެ އަގުވަޒަންކުރުމާއި ޝުކުރު އަދާކުރުން ކަމުގައި ކަމަށް އެކުންފުނީގެ ޖެނެރަލް މެނޭޖަރ ވަނީ ވިދާޅުވެފައެވެ.
ސިމްޑީގެ ފިހާރަތަކުންނާއި ސިމްޑީ އޮންލައިން އެޕް މެދުވެރިކޮށް މަދުވެގެން 500 ރުުފިޔާގެ ވިޔަފާރިކުރައްވައިގެން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.

މި ޕްރޮމޯޝަންގެ ގްރޭންޑް ލަކީޑްރޯގެ ތިންވަނަ އަށްދާ ފަރާތަކަށް އިނާމަކަށް 25،000 ރުފިޔާގެ ސިމްޑީ ހޯމް ޕެކޭޖެކެވެ. އަދި ދެވަނައަށް ދާ ފަރާތަކަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭއިރު އެއްވަނައަށް ދާ ފަރާތަކަށް 100,000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނަޑައަޅާފައެވެ. މީގެ އިތުރުން، ކޮންމެ ހަފުތާއެއްގައިވެސް ނަސީބުވެރި ފަރާތެއް ހޮވަން ނިންމާފައި ވާއިރު އެ ފަރާތަކަށް 500 ރުފިޔާގެ ގިފްޓު ވައުޗަރެއް ލިބޭނެކަމަށް ހަމީޝް ވިދާޅުވިއެވެ.
ސިމްޑީ އިން ވަނީ މިރަމަޞާން މަހު މުޖުތަމައު އަދި އާއިލާއާއި އެކުވެރިންގެ ތެރޭގައި ގުޅުން ބަދަހިކޮށް ރޯދަ ހަދިޔާ ދިނުމަށް ވެސް ޙާއްސަ ރޯދަ ހަދިޔާ ޕެކްތަކެއް ވެސް ތައްޔާރު ކޮށްފައެވެ. އޭގެ ތެރޭގައި 500 , 1000, 1500 އަދި 2000 ރުފިޔާގެ ގިފްޓް ޕެކް ހިމެނޭއިރު ސިމްޑީ އެޕްގެ ރޯދަ ހަދިޔާ ސެކްޝަނުން ބޭނުންފުޅުވެލައްވާ ޕެކޭޖް ނެންގެވުމަށް ފަހު , ހަދިޔާގައި ހިމަނަން ބޭނުންވާ މެސެޖް އަދި ހަދިޔާ ފޯރުކޮށްދޭންވާ ފަރާތުގެ މައުލޫމާތު ހިއްސާ ކުރުމުން އެފަރާތަކަށް ސިމްޑީއިން ހަދިޔާ ޑެލިވަރ ކޮށްދޭނެއެވެ.
ސިމްޑީ ރޯދަ ޕްރޮމޯޝަން 2023 އާ ގުޅިގެން އެކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ މިޝްއަލް އިބްރާހިމް މުހައްމަދު ދީދީ ވަނީ ސިމްޑީ ގްރޫޕްގެ ފަރާތުން ކަސްޓަމަރުން ކުންފުންޔަށް ދެމުންގެންދަވާ އެއްބާރުލުމަށް ޝުކުރު އަދާ ކުރައްވާފައެވެ.
