ބިރުވެރިފިލްމު ބަލަން ލޯބިކުރާ ފަރާތްތަކަށް ތުރުކީގައި އުފައްދާފައިވާ މި ފިލްމުތަކަކީ ވަރަސް ކަމުދާނެ ފިލްމުތަކެކެވެ. ސިހުރާ ، ފަންޑިތައާއި ނާމާން ގެތަކާ ޖިންނި ޝައިތޯނުންގެ އެކި ކަންތައްތައްމީ އަހަރެމެން ދިވެހިންނަށް އާކަމަކަށްނުވާނެއެވެ. އެގޮތުން މިފަދަ ބިރުވެރި އެތައްކަމެއް ތިރީގައި މިވާ ފިލްމުތަކުން ދައްކުވައިދެއެވެ.
- ދާއްބޭ
މިފލްމުގައި ދައްކުވައިދެނީ ޖިންނި އަވަލާފައިވަ އަންހެނެއް އޭނާގެ ކައިވެނީގެ އެއްދުވަސް ކުރިން ފިރިހެން މީހާ މަރާލުމުން ދިމާވާ އެތައް ހާދިސާތަކެކެވެ. މިފިލްމަކީ އެކި ޕާރޓްތައް ހިމެނޭ ފިލްމެކެވެ. ކޮންމެ ފިލްމެއްގެ ވާހަކައާއި ހާދިސާތައް ތަފާތެވެ. މިއީ ވަރަށް ބިރުވެރި މަންޒަރު ހިމެނޭ ފިލްމެކެވެ.
- ސިސިން
އޮޒްނޫރަކީ ރީތި ޒުވާން ކުއްޖެކެވެ. އޭނާ އަކީ އެންމެ ކުޑައިރުން ފެށިގެން އޭނާގެ ގާތް ކުއްޖެއްކަމުގައިވާ ކުދްރަތު ދެކެ އިންތިހާއަށް ލޯބިވެފައިވާ މީހެކެވެ. ނަމަވެސް ކުދްރަތު އުޅެނީ ނިސާއާއި ކައިވެނިކޮށްގެން ވަރަށް އުފާވެރި ދިރިއުޅުމެއްގައެވެ. މިފިލްމުގައި ފެނިގެންދަނީ ކުދްރަތުގެ ލޯބި ހާސިލްކުރަން އޮޒްނޫރް ހަދާ ސިޙްރް ނުބައިކޮށް ދިއުމުން ދެން ކަންތައް ވަމުންދާ ބިރުވެރި ގޮތެވެ.
- ބެދުއާ – ދަ ކަރޒް
މިފިލްމުގައި ފެނިގެންދަނީ ކުޑަކުއްޖެއް އޭނާގެ މަންމަގެ ގާތިލުގެ ކިބައިން ބަދަލު ހިފުމަށް ރޫހާނީ ޝައިތޯނުންގެ ވާގިހޯދުމުން ދިމާވާ ބިރުވެރި ހާދިސާތަކެވެ. 2018 ވަނަ އަހަރު ރިލީޒް ކުރި މިފިލްމުގެ ވެސް އެކި ހާދިސާ ދައްކުވައިދޭ ތަފާތު ޕާޓްތައް ހިމެނެއެވެ.
