މައްކު ނުވަތަ ޓްރާންސްޕޭރަންޓް ގޯބީ އަކީ ހާއްސަކޮށް މޯލްޓާ ރައްޔިތުން އަދި ސްޕެއިން , އިޓަލީ ފަދަ ޤައުމުތަކުގައި ކެއުމުގައި ކޮންމެ ދުވަހަކުވެސް ބޭނުންކުރާ މީރު އެންމަހެކެވެ. ތާޒާ މައްކުގެ އަގު ބޮޑުވުމަކީ މަސްވެރިކަމުގެ ސީޒަން ހުޅުވަން ލަސްވުމުގެ ނަތީޖާ އެއްކަމުގައި މޯލްޓާގެ މަސްވެރިން ފާހަގަކުރެއެވެ. ރޮޑްނީ ކައުޗީ، ފަދަ މަސްވެރިން ޓައިމްސް އޮފް މޯލްޓާއަށް ދީފައިވާ އިންޓަރވިއުގައި ވާހަކަ ދައްކަމުން ބުނެފައިވަނީ ފާއިތުވި 15 އަހަރު ތެރޭގައި މައްކުގެ އަގުތައް އުފުލިފައިވާތީ މިދާއިރާއަށް ކުރިމަތިވެދާނެ ދަތިތަކާ އިގްތިސާދް ދަށަށް ދިއުމުގެ ބިރު އޮތް ވާހަކަ އެވެ.
މީގެ އަހަރުތަކެއް ކުރީގައި ބޭނުންވަރަކަށް މައްކު ހިފަން ލިބުނު ނަމަވެސް މިހާރު މައްކު ހިފަން ދަތިތައްކުރިމަތިވެދައިވަނީ މައްކު އާލާވާ މިންވަރު މަދުވުމުން ކަމުގައި މޯލްޓާގެ މަސްވެރިން ފާހަގަ ކުރެެއެވެ.
މިއީ ފަޅުތެރޭގައި ދިރިއުޅޭ ޕެލެޖިކް ވައްތަރެކެވެ. އާންމުކޮށް 5 އާއި 80 މީޓަރު (16 އާއި 262 ފޫޓު) އާއި ދެމެދުގެ އަޑިން، ވެލިގަނޑާއި ފުން ފަށަލަތަކުގެ މަތީގައި އަދި އީލްގްރާސް ތަކުގެ ތެރެއިންވެސް ފެންނަ ނަމަވެސް، ބިމުގެ ސަރަހައްދުން ފެށިގެން 97 މީޓަރު (318 ފޫޓު) އާއި ދެމެދުގެ އަޑިން ފެންނަމަހެކެވެ.މި ބާވަތުގެ މަހުގެ ދިގުމިނަކީ 7.9 ސެންޓިމީޓަރު (3.1 އިންޗި) އެވެ. މިއީ މޯލްޓާފަދަ ޤައުމުަތަކުގެ ލޯކަލް ވިޔަފާރި މަސްވެރިކަމަށް މުހިންމު ބާވަތެކެވެ. މިވަގުތު މިއީ މައްކުގެ ޖީނަސްގެ ތެރެއިން މަދުންނަމަވެސް ލިބޭ ހަމައެކަނި ބާވަތެވެ.
މި މަހަކީ ސްޕެއިންގައި އަންޑަލޫސިއާ، ކެޓަލޯނިއާ އަދި ވެލެންސިއާގެ ކެއުންތަކުގެ ބައެއްގެ ގޮތުގައި،އަދި އިޓަލީގައި ކެއުންތަކުގެ ބައެއްގެ ގޮތުގައި ހިމެނޭ މަހެކެވެ. ޗަންކެޓްސް ގެނަމުން ނަންދީ އަންޑަލޫސިއާގައި ސަގާފީ ގޮތުން ، ފުށާއި ބިހާއި އެކު ތެލުލައިގެން ފްރައިޑް ބެލް ޕެޕަރ އާއި އެކު މައްކު ކާން ލިބެއެވެ.މައްކުގެ އަގު އަގު ބޮޑުވުމާއި، މިހާރު ސްޕެއިންގައި ހިމާޔަތްކޮށްފައިވާ މަހަކަށް ވުމުގެ ސަބަބުން، ގިނަ ފަހަރަށް އެމަހުގެ ބަދަލުގައި އީސްޓް އޭޝިއާގެ ނޫޑްލްފިޝްގެ ބައެއް ވައްތަރުތައް ކަމުގައިވާ ޗަންކޭޓް ޗިނޯ (ޗައިނީސް ޗަންކޭޓް)، ނިއޯސަލަންކްސް ޓަންކަހްކޭއީ އަދި ޕްރޮޓޯސަލަންކްސް ބޭނުންކުރެއެވެ.
މައްކު ހިމާޔަތް ކޮށްފައިވުމުގެ ސަބަބުން ބައެއް ޤައުމުތަކުގެ މަސްވެރިންނަށް ލިިބެމުންއައި އާމްދަނީ ވަނީ ވަރަށް ވޮޑުތަން ދަށްވެފައެވެ. މަސްވެރިކަމުގެ މާހިރު އެލިޝިއާ ސައީދު މިދިޔަ އޭޕްރީލް މަހު ފިޝަރީޒް ޑިޕާޓްމަންޓަށް ލިޔުއްވާފައި ވަނީ މައްކު ހިމާޔާތް ކުރުމާއި ހުރަސްތަކުގެ ސަބަބުން "މަސްވެރިންގެ އިގްތިސާދީ ދެމެހެއްޓެނިވިކަން ގެއްލިފައިވާ ކަމަށެވެ.
މޯލަޓާ މަސްވެރިންގެ އުންމީދަކީ މައްކު ދިރުވާ އާލާކުރެވޭނެ ގޮތެއް ހޯދުމެވެ.
