ބޮސްކައިއޯލާ ސޯސް އަކީ ކޮބާ؟
"ޕާސްޓާ އަލާ ބޮސްކައިއޯލާ"، ނުވަތަ “ވުޑްމަންސް ޕާސްތާ” އަކީ ސްމޯކީ ޗިކަން ބޭކަން، އާރތީ މަޝްރޫމް، ޓޮމާޓޯ އަދި ކްރީމް އިން ތައްޔާރުކޮށްފައިވާ ކްލާސިކް ޓާސްކަން އިޓަލީ ސޯސް އެކެވެ. މިއީ އިޓަލީގެ އަލްޓިމޭޓް ކޮމްފޯޓް ފުޑް ގެ ބާވަތެކެވެ! މިއީ ޕެޕާޑެލް، ޓެގްލިއޭޓެލް ނުވަތަ ފެޓޫސިން ފަދަ މީރު، ތުނި ޕާސްތާއަކާ ފުރިހަމައަށް ގުޅޭ ކްރީމީ ސޯސްއެކެވެ.
1 ޖޯޑު ތަރުކާރީ ބްރޮތް
1 ދަޅު މަޝްރޫމް ނުވަތަ ތާޒާ މަޝްރޫމް
6 އައުންސް ޗިކަން ނުވަތަ ބީފް ބޭކަން ( ޑައިސްކޮށް ކޯށާފަ)
3 ޝެލޮޓް ކުދިކޮސް ކޮށާފަ
5 ލޮނުމެދު ކުދިކޮށް ކޮށާލާފަ
2 ސައިސަމްސާ ފްރެޝް ނޫނީ ހިކި ރޯޒްމޭރީ
2 ސައިސަމްސާ ފްރެޝް ނޫނީ ހިއްކާފަ ހުންނަ ތައިމް
1 ސައިސަމްސާ މުގުރި ހިކި މިރުސް
ލޮނުކޮޅަކާއި އަސޭމިރުސް ކޮޅެއް
1 ދަޅު ޓޮމާޓޯ ( ކުދިކޮށް ކޮށާފަ)
3 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް
1 ޕެކެޓް ނުކައްކާ ޕާސްތާ ނޫނީ ސްޕެގެޓީ
¾ ތަށި ހެވީ ކްރީމް
ޓޮޕިންގ ގެ ގޮތުގައި ގާނާފަ ހުރި ޕާމެޒާން ކޮޅެއް
ތަތްޔާރުކުރާނެ ގޮތް
1. މަޝްރޫމްކޮޅު މަޑުކޮށްލާށެވެ. މެދު ސައިޒް ސޯސްޕޭން އެއްގައި ވެޖިޓަބަލް ބްރޯތް އާއި މަޝްރޫމް އެއްކޮށްލާށެވެ. ގަދަ ހޫނުމިނެއްގައި ސްޓޮކްއާއި އެއްކޮށް ކައްކާށެވެ. ދެން ކުޑަކޮށް މަތިޖަހާލައިގެން 15 މިނެޓް ނުވަތަ މަޝްރޫމް ކޮޅު ރޯފިލަންދެން ކައްކާށެވެ.އެއަށްފަހު އެއްފަރާތް ކޮށްލާފަ ބަހައްޓާށެވެ.
2. ސްޕެގެޓީ ނުވަތަ ޕާސްތާ ކައްކަން ފެން ހޫނުކޮށްލާށެވެ. ފެންގަނޑުތެރެއަށް ކުޑަ ލޮނުކޮޅެއް އަދި އޮލިވް އޮއިލް ކޮޅެއްއަޅައިގެން ފެންގަނޑު ހޫނުވުމުން ސްޕެގެޓީ ނުވަތަ ޕާސްތާ ކައްކާލާށެވެ.
3. ބޭކަން ކޮޅު ސޯސްޕަންއެއްގައި މެދު ހޫނުމިނެއްގައި ދޭތެރެ ދޭތެރެއިން ހާކާލަމުން ގާތްގަނޑަކަށް 3-5 މިނެޓް ނުވަތަ ބޭކަން ކޮޅު ރޯފިލަންދެން ފްރައި ކޮށްލާށެވެ.އަދި ބޭކަން ކޮޅު ކެކުމުން ބޭކަން ސާފު ޕްލޭޓަކަށް ބަދަލުކޮށް އެއްފަރާތެއްގައި ބަހައްޓާށެވެ.
4. ވެޖީސް ސޯޓީ ކޮށްލާށެވެ. ޝެލޮޓްސް، ލޮނުމެދު، ރޮޒްމެރީ، ތައިމް، ރަތް މިރުސް ފްލޭކްސް، އަދި ކުޑަ އަސޭމިރުސް ކޮޅެއް އަޅާފައި 3 މިނެޓް ވަންދެން ހުރިހާ އެއްޗެއް ކުރިން ބޭކަން ފްރައި ކުރި ތެޔޮކޮޅުގެތެރޭގައި ކުޑަކޮށް ރޯފިލަންދެން ކައްކާށެވެ.
5. ފްރައި ކުރި ތަރުކާރީ ކޮޅުތެރެއަށް ކޮށާފައި ހުރި ޓޮމާޓޯ، ޓޮމާޓޯ ޕޭސްޓް، ކައްކާފައި ހުރި ސްޕެގެޓީ އަޅާފައި އެއްކޮށްލާށެވެ.
6. އެއަށްފަހު ކުރިން ވެޖިޓަބަލް ބްރޮތް ކޮޅުތެރޭގައި ކެއްކި މަޝްރޫމް އެޅުމަސްފަހު ހާކާލާށެވެ.
7. ހެވީ ކްރީމް ކޮޅުއަޅައިގެން ރަނގަޅަށް ސޯސްގަނޑާއި ޕާސްތާ ނުވަތަ ސްޕެގެޓީ އެއްކޮށްލުމަސްފަހު ކައްކާލާށެވެ.
8 ލޮނު ހެޔޮވަރުކޮށްލާފަ ސަރވް ކުރަން ތައްޓަށް އެޅުމަސްފަހު މައްޗަށް ޕާމަޒާން ޗީޒް އަޅާށެވެ
