އިންޑިއާ ހިމެނޭ ގޮތަށް ބައެއް ގައުމުތަކުން މައިންބަފައިން ދަރިންގެ ގާބިލްކަން ނިންމަނީ ދަރިފުޅުގެ އަމިއްލަ ތަރައްގީއަށް ބަލައިގެންނެވެ. އެކަމުގެ ސަބަބުން ދަރިންގެ ފަރާތުން އުންމީދުތައް ގިނަ ފަހަރަށް ބޮޑުވެއެވެ. އޭޝިއާގެ މައިންބަފައިންނަކީ ދަރިންގެ ފަރާތުން ކުރާ އުންމީދުތަކުގެ ވަރަށް ޑިމާންޑް ބޮޑު ބައެކެވެ. އޭގެ ތެރޭގައި ދާދި ފަހުން މަންމައަކު ވަނީ އިލެކްޓްރިކަލް އިންޖިނިއަރެއް ކަމަށްވާ އޭނާގެ ދަރިފުޅަށް ފަންކާ މަރާމާތު ނުކުރެވުމުން ދަރިފުޅުގެ ސެޓްފިކެޓް ވީދާލާފައެވެ.
މައިންބަފައިންގެ ފަރާތުން ދަރިންގެ ފުރިހަމަކަމުގެ މިފަދަ އުންމީދުތަކުގެ ސަބަބުން ގިނަ ފަހަރަށް ދަރިންނަށް ނޭދެވޭ އަސަރުތަކެއް ކުރެއެވެ.އިންޑިއާގެ ބޮޕާލްގެ މަންމައަކު އޭނާގެ ދަރިފުޅުގެ އިލެކްޓްރިކަލް އިންޖިނިއަރިންގެ ޑިގްރީ ވީދާލީ ހަމައެކަނި ފަންކާގެ ގޯހެއް މަރާމާތު ނުކުރެވުމުންނެވެ.
ެިންޑިއާގެ ބޯޕާލްގައި ހުންނަ އެލްއެންސީޓީގެ އިލެކްޓްރިކަލް އިންޖިނިއަރިން ދަރިވަރެއް ކަމަށްވާ އަންކޫރު މަހާޖަން އަށް އުނދަގޫ ދުވަހެއް ތަޖުރިބާ ކުރެވުބީ އޭނާގެ ޑިގްރީއަކީ ހަގީގީ ޑިގްރީއެއް ކަމަށް މަންމަ ގަބޫލުނުކުރުމުންނެވެ. އޭނާ ޑިގްރީ ފުރިހަމަކޮށްފައި ވަނީ 2017 ވަނަ އަހަރުގެ ޖޫން މަހު ކަމަށްވާއިރު، މިހާރު އޭނާ ދަނީ އައިއީއެސް ޕޭޕަރަށް ތައްޔާރުވެ، އެޗްއެސްއައި ކިޔެވުމާ އެކު ވަޒީފާއެއް ހާސިލް ކުރަން މަސައްކަތް ކުރަމުންނެވެ.
މި ހާދިސާ ހިނގާފައިވަނީ އެމީހުންގެ ގޭގައި ހުރި ސީލިންގް ފަންކާއެއް މަސަތްކަތް ނުކޮށްގެނެވެ. އޭނާގެ މަންމަ ބުނީ އިލެކްޓްރިކަލް އިންޖިނިއަރިން ޑިގްރީ ހާސިލް ކުރުމުން އެމީހުންގެ ފަންކާ ރަނގަޅު ކުރަން އެނގެން ވާނެކަމަށެވެ. އެހެން ގޮތެއް ނެތުމުން އަންކޫރު އެކަމުގައި މަސައްކަތް ކުރަން ފެށިއެވެ. ނަމަވެސް ކާމިޔާބު ނުވުމުން އަންކުރް ގެ މަންމަ އައި ރުޅީގައި ސެޓްފިކެޓް ވީދާލީއެވެ.މިކަމާ ގުޅިގެން އަންކޫރްވަނީ ގެއިން ނުކުމެގެން ގޮސްފައެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން