ބޯވެލިފަތަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެލަަކަށް ހައްދާ ފަތުގެ ބާވަތެކެވެ. ގިނަބަޔަކަށް ޤަބޫލް ކުރެވިފައި އޮންނަނީ މިއީ ސްޕިނެޗް ކަމުގައެވެ. މިވެލަށް މަލާބާރް ސްޕިނިޗް ކީނަމަވެސް މިއީ ސްޕްނިޗްއާއި މުޅިން ތަފާތު ބާވަތެކެވެ.

މަލާބާރް ސްޕިނިޗަށް ' ބަސެއްލާ އަލްބާ ' ނުވަތަ ' ބަސެއްލާ ރުބްރާ' ކިޔައެވެ.

ބަސެލާ އަލްބާ އަކީ ބާސެލާސީ އާއިލާގެ ތެރެއިން ހެދޭ ވައިން ނުވަތަ ވެލެކެވެ. މިއީ ޓްރޮޕިކަލް އޭޝިއާ އަދި އެފްރިކާގައި މީގެފަތް ތަރުކާރީއެއްގެ ގޮތުގައި ގިނައިން ބޭނުންކުރާ އެއްޗެކެވެ. މަލާބާރ ސްޕިނެޗް އަކީ ހަގީގީ ސްޕިނެޗެއް ނޫން ކަމަށާއި، އޭގެ ބަދަލުގައި އެއީ އަމިއްލަ ކްލާހަކަށް ނިސްބަތްވާ ކްލައިމްބިންގ ވައިން އެކެވެ. މިފަތަށް އާންމުކޮށް ކިޔާ އެހެން ނަންތަކުގެ ތެރޭގައި ވައިން ސްޕިނެޗް، ރެޑް ވައިން ސްޕިނެޗް، ކްރީޕިން ސްޕިނެޗް، އަދި ސިލޯން ސްޕިނެޗް ހިމެނެ އެވެ. ހަގީގީ ސްޕިނެޗެއް ނޫން ނަމަވެސް، މީގެ ރަހަ ވެސް އަސްލު ސްޕިނެޗްއާ އެއްގޮތެވެ.

ބޯވެލި ނުވަތަ މަލާބާރް ސްޕިނެޗްގައި ވިޓަމިން އޭ (100 ގްރާމްގައި ގާތްގަނޑަކަށް 8،000 ޔުނިޓް ހިމެނޭ)، ވިޓަމިން ސީ، ދަގަނޑު، އަދި ކެލްސިއަމް ގިނައިން ހުރެއެވެ. މިއީ ޕްރޮޓީން ގިނަ އަދަދަކަށް ހިމެނޭ އަދި މެގްނީޒިއަމް، ފޮސްފަރަސް، އަދި ޕޮޓޭސިއަމް ވެސް ރަނގަޅު މަސްދަރެކެވެ. 

ބޯމަލާބާރ ސްޕިނެޗް ކެއުމަށް ރަނގަޅު އަނެއް ސަބަބަކީ އޭގައި ރަނގަޅު މިންވަރަކަށް އެންޓިއޮކްސިޑެންޓްސް ހިމެނޭތީ، ޚާއްޞަކޮށް ބީޓާ ކެރޮޓީން އަދި ލޫޓީން، އެއީ ސެލްތައް މުސްކުޅި ނުވުމަށް އެހީތެރިވެދޭ ގުދުރަތީ ގޮތުން އުފެދޭ ކެމިކަލްތަކެކެވެ. 

ބޯވެލި ފަތުގައި އަސްލު ސްޕިނެޗަށްވުރެ 3 ގުނައަށް ވުރެ ގިނައިން ވިޓަމިން ސީ ހުރެއެވެ. އަދި ކޭލް އަށްވުރެ 1.5 ގުނައަށް ވުރެ ގިނަ ވިޓަމިން އޭ އެކުލެވެއެވެ.

މިފަތް ގޭގޭގައި ބަގީޗާގެ ގޮތުގައި އަދި ބެލްކަނި ޓެރަސް ފަދަ ތަންތަނުގައި ވެސް ހައްދާފައި ހުރެއެެވެ. ސަބަބަކީ މިއީ ހޫނު ތަންތަނުގައި ފަސޭހައިން ހައްދާލެވޭ ބާވަތެއްކަމުގައި ވުމެވެ.