ސައުދީ އަރަބިއްޔާގެ ރަތް ކަނޑުގެ އައްސޭރީގައި އޮންނަ ޝެއިބަރާ އައިލެންޑް ރިސޯޓުގައި އަލްޓްރާ ލަގްޒަރީ ފިއުޗަރިސްޓިކް ވިލާތަކެއް ގާއިމްކޮށްފިއެވެ.
މި މޮޑިއުލާ ކޮންސްޓްރަކްޝަން ވިލާތައް ތައްޔާރު ކޮށްފައިވަނީ ކުރިއަށްއޮތް ލަގްޒަރީ ސައުދީ ރިސޯޓްގެ ކޮންސްޓްރަކްޝަން އަދި ޓްރާންސްޕޯޓް ސްޕެޝަލިސްޓް މަމޮއެޓްއެވެ.
ޖުމުލަ ހަތަރު ވިލާއެއް ޝާރުޖާހުގެ ހަމްރިޔާ ބަނދަރުގައި ލޯޑް-އިންކޮށް، އެ ޖަޒީރާ ރަށަށް ފޮނުވާލީ އެ ސަރަހައްދުގައި އިންސްޓޯލް ކުރުމަށެވެ. މި ޕްރޮޖެކްޓުގެ ބިންގަލުގައި ފުރަތަމަ ޕްރީފެބްރިކޭޓެޑް، ސްޓެއިންލެސް ސްޓީލް އޯވަވޯޓާ ވިލާ އޯބް އިންސްޓޯލް ކުރުމުން ސައުދީ މީހުން ބެލީ މިކަމުގެ ފުރަތަމަ ހަރުފަތް ގިރާކުރެވުނީ ކަމަށެވެ.
ޝެއިބަރާ ރިސޯޓަކީ ޝެއިބަރާ އައިލެންޑްގައި ހުންނަ “ހައިޕަރ ލަގްޒަރީ” ހޮޓަލެކެވެ. 2024 ވަނަ އަހަރު ހުޅުވުމަށް ހަމަޖެހިފައިވާ މި ވިލާގައި ހިމެނެނީ 73 ޕްރީފެބްރިކޭޓް ވިލާ އެވެ.
މަމޮއެޓްގެ ލީޑް-ޕްރޮޖެކްޓް-އިންޖިނިއަރު ރޮބަޓް ވެން ޓިންޓަރެން ވިދާޅުވީ، ކްރިއޭޓިވް އިންޖިނިއަރިންގ އެންމެ ރަނގަޅު ހާލަތުގައި މިހާތަނަށް މިވިލާތައް ބިނާކުރަން ބުރަ ނުވަ މަސް ދުވަސް ހޭދަވީ ނަމަވެސް، މި މަސައްކަތުގެ ކުޑަނަމަވެސް ބައެއް ނިންމާލެވުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނު ކަމަށެވެ.
