މަޝްހޫރު އަލްޓްރާ އެފްލޫއެންޓް މެދުއިރުމަތީގެ މެޓްރޮޕޮލިސް ދުބާއީގައި ދުނިޔޭގައި “ހަނދުގެ ކޮލޮނީ” އެއް ހެދުމަށް ތައްޔާރުވެެއްޖެއެވެ.
ކެނެޑާގެ އާކިޓެކްޗަރަލް ކުންފުނި މޫން ވޯލްޑް ރިސޯޓްސް އިން 735 ފޫޓު އުސްމިނުގައި ހަނދަށް މޮޑެލްކޮށްގެން ފަސް ބިލިއަން ޑޮލަރުގެ ރިސޯޓެއް އަޅަން ރާވާފައިވާކަން އިއުލާންކޮށްފި އެވެ. ރޮބް ރިޕޯޓުގައިވާ ގޮތުން ބިމުގެ ސަރަހައްދު ނުވަތަ “ހަނދުގެ ކޮލޮނީ” ވަށައިގެންވާ ސަރަހައްދުން ހަގީގަތުގައި ހަނދުގައި ހުރި ކަމުގެ އިހުސާސް ގާތްގަނޑަކަށް ކުރެވޭނެ އެވެ.
މިރިޒޯޓަކީ ހަނދުގެ 360 ޑިގްރީގެ ރިކްރިއޭޝަނެއް ކަމަށާއި، ވީހާ އަސްލާ އެއްގޮތަށް ހަނދުގެ އަޑިގަނޑުތަކާއި ޓެކްސްޗާ ފުރިހަމަ ވާނެ ކަމަށް މިތަން ތައްޔާރުކުރާ ކުންފުނިން ބުނެއެވެ. ތައްޔާރު ކުރާ ކޮންމެ ހަނދެއް 735 ފޫޓު (224 މީޓަރު) އުސްމިނުގައި 2،042 ފޫޓުގެ ވަށައިގެން ޓަވަރު ކުރެވޭނެ ކަމަށާއި މިއީ ލޮކޭޝަނާއި ޕްލޭނިން ހުއްދަތަކަށް ބަލާފައި ނިންމި މިންތަކެއްކަން އެމީހުން ހާމަކުރިއެވެ.
ހެންޑަސަން ވިދާޅުވި ގޮތުގައި ކޮންމެ މޫން ވޯލްޑް ރިސޯޓަކީ ވަރަށް ލަގްޒަރީ އަދި ޒަމާނީ، ފުރިހަމައަށް އިންޓަގްރޭޓެޑް ޑެސްޓިނޭޝަން ރިސޯޓެކެވެ. އެތެރޭގައި ވަރަށް ގިނަ ކޮމްޕޯނެންޓްތަކެއް ހިމެނޭ ރިސޯޓަކަށް ވާނެއެވެ. -- މިސާލަކަށް ކޮންވެންޝަން ސެންޓަރެއް، ރެސްޓޯރެންޓެއް، ސްޕާއެއް، ކޮންމެ ރިސޯޓެއްގައި ވެސް ހަނދާ ގުޅުައިގެން ހަދާނެއެވެ.
