ޓޮބްލެރޯންގެ ޕެކޭޖިންގައި މެޓަރހޯން ފަރުބަދަ ދެން ބޭނުން "ނުކުރެވޭނެތީ ޓޮބްލެރޯން ގެ އިމޭޖް އަށް ބަދަލެއް ގެންނަން ނިންމައިފި އެވެ.

 

މި ޗޮކްލެޓް އުފައްދާ މޮންޑެލެޒް އިންޓަނޭޝަނަލް އިން ޗޮކްލެޓް އުފެއްދުން ސްވިޒަލޭންޑުން ބޭރަށް ބަދަލުކުރުމަށް ނިންމުމުން، ސްވިސް އެކްޓްގައިވާ އުސޫލެއްގެ ސަބަބުން ލޯގޯގައި އައިކޮނިކް މެޓަރހޯން ދެން ނުހިމެނޭނެއެވެ. 2017 ވަނަ އަހަރު ފާސްކުރި ސްވިޒަލޭންޑްގެ ސްވިސްނެސް އެކްޓްގެ ދަށުން ސްވިސްނެސް ކްރައިޓީރިއާ އަށް ނުފެތޭ އުފެއްދުންތަކުގެ ޕެކޭޖިންގައި ގައުމީ ނިޝާންތަކާއި ސްވިސް ކްރޮސް ޖަހަން ހުއްދައެއް ނުދެއެވެ.

 

އެ ގާނޫނުގައި ބުނެފައި ވަނީ ސްވިޒަލޭންޑްގެ ގައުމީ ނިޝާންތައް ބޭނުންކޮށްގެން ނުވަތަ "ސްވިސް މޭޑް" ކަމަށް ބުނާ ކާބޯތަކެތީގެ މަދުވެގެން %80 ޕްރޮޑަކްޓްގެ ރޯ މެޓީރިއަލް ވާންޖެހޭނީ ސްވިޒަލޭންޑުން ހޯދާފައިވާ ރޯ މެޓީރިއަލަށެވެ. ސްވިޒަރލޭންޑުން އުފައްދާ އުފެއްދުމެއް ކަމަށް ބުނާ އުފެއްދުމަށް ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ވެސް ސްވިޒަލޭންޑްގައި ކުރަން ޖެހެއެވެ. އިސްތިސްނާ ކުރަނީ ސްވިޒަލޭންޑްގައި ނުހުންނަ ރޯ މެޓީރިއަލްސް ކަމަށްވާ ކޮކޯ ފަދަ ތަކެއްޗެވެ.

 

"ޕެކޭޖިން ރީޑިޒައިން ގައި ތައާރަފްކޮށްފައިވަނީ ޖިއޮމެޓްރިކް އަދި ޓްރައިއެންގްލަރ އެސްތެޓިކް ސްޓައިލަކަށް އެއްގޮތްވާ ގޮތަށް ޒަމާނީ މައުންޓަން ލޯގޯއެއް،" މޮންޑެލެޒްގެ ތަރުޖަމާނަކު އާގައުއާ ޒައިޓަންގް އަށް ވިދާޅުވި އެވެ. ޓޮބްލެރޯން ޕެކޭޖިންގައި މިހާރު ލިޔެފައި އޮންނާނީ “ސްވިޒަލޭންޑްގެ” ބަދަލުގައި “ސްވިޒަލޭންޑްގައި ޤާއިމްކޮށްފައިވާ" މިގޮތަށެވެ.