މާސްޓަރ ޑިސްޓްރިބިއުޝަން ގެ ފަރާތުން މުޅިން އާ އެނަރޖީ ޑްރިންކެއް ރާއްޖެއަށް ތަޢާރަފް ކޮށްފިއެވެ.

ޕޮލެންޑްގެ މައްޝޫރު ޓޮޕް އެނަރޖީ ޑްރިންކެއް ކަމުގައިވާ ކަބިސާ އެނަރޖީ ޑްރިންކަކީ ޔޫރަޕްގެ އެންމެ ރަނގަޅު އެނަރޖީ ޑްރިންކްތަކުގެ ތެރެއިން އެއް ޑްރިންކެވެ. ސަބަބަކީ އެހެން ބައެއް އެނަރޖީ ޑްރިންކުތަކާއި ޚިހިލާފަށް ކަބީސާ ގައި އާޓިފިޝަލް ސްވީޓެނަރސް ނުވަތަ އެޑިޓިވްސް އެކުލެވިގެންނުވެއެވެ.

 

މީގެ އިތުރުން މިޑްރިންކު އުފައްދާފައިވަނީ ވިޓަމިން ބީ2، ބީ3، ބީ5، ބީ6 އަދި ބީ12 ހިމެނޭ ގުދުރަތީ މާއްދާތަކުންނެވެ. ޕޮލިޝްގެ ޓަޓްރާ ފަރުބަދައިން ލިބޭ ތާޒާ ފެނުން އުފައްދާފައިވާ މި ރަހަމީރު އެނަރޖީ ޑްރިންކް އުފައްދާފައިވަނީ ޔޫރަޕިއަން ޔޫނިއަންގެ ޤާނޫނީ ހަމަތަކުގެ މަތިން ވަކި ކޮލިޓީއެއްގައެވެ. ކަބިސާ އެނާޖީ ޑްރިންކުގައި ހަކުރުގެ ގޮތުގައި ބޭނުންކޮށްފައިވަނީ ޕޮލިޝް ބީޓްރޫޓެވެ. މިއީ މީގެ ޕެކޭޖިންގެ ރީތި ޑިޒައިނާއި، މީގެ މީރު ރަހައާއި ގުދުރަތީ ހަކުރުގެ ސަބަބުން މަޝްހޫރު ޑްރިންކެކެވެ.

ބައެއް އެނަރޖީ ޑްރިންކުތައް ބުއިމުން ގޭސްޓްރިކް މައްސަލަތައް ކުރިމަތިވީނަމަވެސް ކަބީސާ އެނާރޖީ ޑްރިންކަކީ އެހެން މިފަދަ ބުއިންތަކަށް ވުރެން ގޭސްޓްރިކް މައްސަލަ ދިމާވުން ކުޑަ ބުއިމެކެވެ.

 

 ކަބިސާ އެނަރޖީ ޑްރިންކް މިހާރު 5 ބައްރެއްގައި 100 އަށް ވުރެ ގިނަ ޤައުމުގައި ވިއްކަމުން ދެއެވެ. 

 

މި ޑްރިންކް ރާއްޖެ އެތެރެކޮށް ޑިސްޓްރިބިއުޓްކުރާ މާސްޓަރ ޑިސްޓްރިބިއުޝަނުން ހާމަކުރިގޮތުގައި ރާއްޖޭގައި މިދަޅު 27 ރުފިޔާއަށް ރީޓެއިލް ކުރާ އެކި ފިހާރަތަކުގައި ލިބެން ހުންނާނެއެވެ. މިދަޅު ހޯލްސޭލްކޮށް ބައްލަވައިގަންނަވަން ބޭނުންފުޅުވެލައްވާނަމަ 7996331 ނުވަތަ މާސްޓަރ ޑިސްޓްރިބިއުޝަންގެ ނަންބަރު 7611755 އަށް ގުޅުމުން ހޯލްސޭލްކޮށް ބައްލަވައި ގަނެވޭނެއެވެ.