ފާސްޓް ފެޝަން ޖަޔަންޓް ޝެއިން އިން ވިއްކާ ހެދުމުގައި އީޔޫގެ ގަވާއިދުތަކާ ހިލާފުވާ ‘ނުރައްކާތެރި ކެމިކަލްތަކެއް’ ހިމެނޭ ކަމަށް ތިމާވެށީގެ ކެމްޕޭން ކުރާ ފަރާތްތަކުން ބުނެފިއެވެ.
ޝެއިން އަކީ ކޮންމެ ދުވަހަކު 35،000 އާއި ލައްކައަކާއި އާ ދެމެދުގެ އާ ހެދުންތަކެއް އުފައްދާ ދުނިޔޭގެ އެންމެ ބޮޑު އޮންލައިން ރީޓެއިލް ވިޔަފާރިއެވެ. އެކަމަކު މި އަގުހެޔޮ ހެދުންތަކަކީ ވިހަ އެއްޗަކަށް ވެދާނެ ކަމަށް ގްރީންޕީސް ޖަރުމަނަށް އިންޒާރު ދެއެވެ.
ގްރީންޕީސް ކެމްޕޭން ގްރޫޕުން ޝެއިންގެ 47 އުފެއްދުމެއް ތަހުލީލުކޮށްފައިވާއިރު، 15 ޕަސެންޓް ޕްރޮޑަކްޓްގައި އީޔޫގެ ރެގިއުލޭޓަރީ ލިމިޓްތަކާ ހިލާފު މިންވަރަކަށް ‘ނުރައްކާތެރި ކެމިކަލް’ ހުރިކަން ފާހަގަކުރެވުނެވެ.
މި ކެމިކަލްތަކުގެ ސަބަބުން ކޮންސިއުމަރުންނާއި އިކޯސިސްޓަމްތަކުގެ ސިއްހަތަށް ނުރައްކާވާ ކަމަށް ރިޕޯޓުގައި އިލްތިމާސްކޮށްފައިވެ އެވެ.
ޝެއިންއިން ބުނާ ގޮތުގައި 15 އުފެއްދުމެއްގައި ނުރައްކާތެރި ކެމިކަލްތަކުގެ މިންވަރު ހުރިއިރު، ހަތް އުފެއްދުމެއްގައި ގަވާއިދުތަކާ ޚިލާފުވާ ވަރަށް ވުރެ މަތީ މިންވަރަށް ކެމިކަލް ހުއްޓެވެ. އޭގެ ތެރެއިން ފަސް އުފެއްދުމަކުން ވަނީ ލިމިޓްތަކުގެ 100 ޕަސެންޓް ނުވަތަ އެއަށް ވުރެން މަތިން ކެމިކަލް ހުރިކަމަށް ދައްކާފައެވެ.
މި ހޯދުންތަކުން ދައްކާ ގޮތުގައި "ތުއްތު އަންހެން ކުއްޖެއްގެ ހެދުމުގައި އަދި ބޫޓުގައި ފްތަލެޓްސް އާއި ފޯމަލްޑައިޑްގެ މިންވަރު ވަރަށް މަތި" ކަމަށް ރިޕޯޓުގައިވެ އެވެ. މި ޓެސްޓިންގައި 15 ޕަސެންޓް ތަކެތީގަ ލިމިޓްތަކަށް ވުރެ ކެމިކަލްގެ މިންވަރު މަތިވެފައިވާކަން ފާހަގަކުރެވުނުއިރު، 32 ޕަސެންޓް ތަކެތީގައި ވިހަ ކެމިކަލްހުރީ " ކަންބޮޑުވާ ވަރު"ގަ އެވެ.
ފްތަލެޓްސް އަށް ހުށަހެޅުމަކީ ދަރިމައިވުމުގެ މައްސަލަތަކާއި، ޓައިޕް 2 ހަކުރުބައްޔާއި އިންސިއުލިން ރެސިސްޓެންސް، މެޓަބޮލިކް މައްސަލަ، އެލަރޖީ، އަދި ނޭވާހިއްލުން ފަދަ މައްސަލަތައް ކުރިމަތިވާކަމެކެވެ.
އަޅުގަނޑުމެންގެ އުފެއްދުންތަކާ ދެކޮޅަށް ދައުވާއެއް އޮތްކަން އެނގުމުން، އަޅުގަނޑުމެންގެ ތަހުގީގުތައް ކުރިއަށް ގެންދާއިރު ސަމާލުކަމުގެ ގޮތުން ވަގުތުން އެ އުފެއްދުންތައް އަޅުގަނޑުމެންގެ ސައިޓުން ނެގިން. ގަވާއިދާ ހިލާފުކަން ޔަގީންވެއްޖެނަމަ، އެ އުފެއްދުމެއް ސަޕްލައިކުރާ ފަރާތާއެކު އެކަށީގެންވާ ފޮލޯއަޕް ފިޔަވަޅެއް އެޅުމަށް ފަސްނުޖެހޭނަން. އަދި ގްރީންޕީސްގެ ސޯޝަލް މީޑިއާ އެކައުންޓް މެދުވެރިކޮށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ތަހުގީގު ކުރިއަށްދާންދެން ބަޔާންކޮށްފައިވާ އުފެއްދުންތައް ވަގުތުން ނަގާފައިވާކަން އަޅުގަނޑުމެން ކަށަވަރުކޮށްދެން. ޝެއިން އަކީ އަބަދުވެސް ކޮންސިއުމަރުންނަށް ރައްކާތެރި އަދި އިތުބާރު ހުރި ޕްރޮޑަކްޓްތައް ފޯރުކޮށްދިނުމަށް ޚާއްސަ ކުންފުންޏެއް. - ޝެއިން ކުންފުނި -
