އިންސާނާގެ ހަށިގަނޑުގެ ހަމަ ކޮންމެ ގުނަވަނަކީވެސް އަޖައިބުތަކުން ފުރިގެންވާ ގުނަވަންތަކެކެވެ. އެކި އެކި ގޮތް ގޮތުންނެވެ. އެ ގުނަވަންތަކުގެ އަޖައިބުކަމުންމާއި އިންސާނާގެ ހަށިގަނޑު އުފެދިފާވާގޮތުގެ ފުރިހަމަ ކަމީ މި އިންސާނާ މިހިރަ ހުރެގެން އުޅޭ ހުރިހާ ގޮތަކާއި ވަމުންދާ ގޮތެއްގެވެސް ފުރިހަމަ ކަމެވެ. އެގޮތުން މި ލިޔުމުގައި މި ބަލާލަނީ އިންސާނާގެ ހަށިގަނޑުގެ ހަމަ ކުޑަކުޑަ ތަންކޮޅަކަށެވެ. އެއީ އިންސާނާގެ ބޮލުގެ ހަންގަނޑާއި ނާށިގަނޑާއި ދެމެދެވެ. މި ދެމެދުގައި އަނެންހެން ބުނާނަމަ ވަނީ ހަމަ ތުނި ހަންފަށަލައެކެވެ. ނަމަވެސް ހޯދާބެލުމުން ފެންނަނީ ކިތައް ފަށަލަ ހެއްޔެވެ؟
އާދޭހެވެ! ބޮލުގެ ހަންގަނޑުން ފެށިގެން ނާށިގަނޑާއި ހަމައަށް ޖުމުލަ 11 ފަށަލަ ވާކަމަށް ދިރާސާވެރިން ފާހަގަ ކުރެއެވެ. މި ލިޔުމުގައި މި ފަށަލަ ތަކަށް ސިއްހީ ނަޒަރަކުން ކިޔާ އިނގިރޭސި ނަންތައް ހިއްސާކޮށްލާނަމެވެ. އެހެނީ އެ ތުނި ހިސާބުގައި 11 ފަށަލަ އިނުން އެއީ އަޖައިބެއް ކަމުގައި ދެކޭތީއެވެ. އަދި އެއީ މާތް ﷲ ގެ ކުޅަދުންވަންތަކަމާއި އިންސާނާ ހެއްދެވުމުގެ ފުރިހަމަކަމުގެ ފުރިހަމަ މިސާލެކެވެ.
އެ ފަށަލަ ތަކަކީ:
1. ސްކިން (ތަލައިގެ ހަންގަނޑު)
2. ސަބްކިއުޓޭނިއަސް ޓިޝޫ
3. ޓެމްޕޯޕެރިއޭޓަލް ފޭޝިއާ
4. ސުޕަފިޝަލް ޓެމްޕޯރަލް އޭ. އެންޑް ވީ.
5. ލޫސް އެރިއޯލާ ޓިޝޫ
6. ޓެމްޕޯރަލިސް އެމް. ފޭޝިއާ
7. މިޑްލް ޓެމްޕޯރަލް އޭ.
8. ޓެމްޕޯރަލިސް އެމް.
9. ޑީޕް ޓެމްޕޯރަލް އޭ.
10. ޕެރި-ކްރޭނިއަމް
11. ބޯން (ނާށިގަނޑުގެ ކަށިގަނޑު)
މިއިން ކޮންމެ ފަށަލަ ވަކި ހާއްސަ ފަށަލައެކެވެ. ކޮންމެ ފަށަލަ އަކަށް ވަކި ހާއްސަ ކަންތަތައް ތަކެއް ލިބިގެންވާއިރު ކޮންމެ ފަށަލައެއްގެ އުފެދުމުގެ އަސްލު ކަމުގައި ހަތާތަކާއި ހަތާރުތައްވެސް ތަފާތުވެދެއެވެ.
ބޮލުގެ ތަލައިގެ ހަންގަނޑުން ފެށިގެން ހަމަ އެ ބޮލުގެ ނާށިގަނޑާއި ހަމައަށް އޮންނަ މި 11 ފަށަލަ އަކީ އަޖައިބެއްކަހަލަ 11 ފަށަލައެވެ. އެ ތުނި ހިސާބުގައިވެސް ވަނީ ހަލްޤު ކުރެއްވުމުގެ ފުރިހަމަ ކަމެވެ.
