މާލެ ކައިރީ ތަރައްގީކޮށްފައިވާ ކުޑަގިރި ޕިކްނިކް އައިލެންޑަށް ދަތުރުދާ ފަރާތްތަކަށް ހާއްސަކޮށް މާހެފުން ޕެކޭޖެއް ތައާރަފުކޮށްފި އެވެ.
ހައުސިންގ ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ތައާރަފުކޮށްފައިވާ މެނޫ ނަގަން ބޭނުންވާ ނަމަ ބައިވެރިވާ ކޮންމެ ދަތުރު ވެރިއަކަށް 165 ރުފިޔާ ދައްކަން ޖެހޭ ކަމަށެވެ.
ދިވެހި ތަފާތު އުފެއްދުންތައް ހިމެނޭ މި މެޏުގައި ކުޅި އަދި ފޮނި ފާރޮއްޓާއި މާފުށް އަދި ކުޅި ކާޖާ ފަދަ އައިޓަމްތައް ހިމެނޭ ކަމަށާއި ކިރު ސަރުބަތާއި އައިސް ކޮފީ އަދި ސޫޖީ ވެސް ލިބޭނެ ކަމަށް އެޗްޑީސީ އިން ބުނެއެވެ.
މި މާހެފުން ޕެކޭޖާއި ގުޅޭ އިތުރު މައުލޫމާތު3356454 ނަމްބަރަށް ގުޅުމުން ލިބޭނެ އެވެ.
އެޗްޑީސީން ބަލަހައްޓާ ކުޑަގިރިއަށް ހަފްތާ ބަންދާއި ސަރުކާރު ބަންދު ދުވަސްތަކުގައި ދިވެހިންނަށް ހިލޭ ދަތުރު ދެވެ އެވެ. ހަމައެކަނި ފައިސާ ދައްކަން ޖެހެނީ ހަޓާއި ރޫމް ފަދަ ތަންތަން ނަގާނަމަ އެވެ.
