ޝައުގުވެރި ސްޓޯރީލައިނާއި ހުނަރުވެރި ކާސްޓުންނާ އެކު ގްލޯބަލް ސެންސޭޝަނެއް އުފެއްދި ސްޓްރޭންޖާ ތިންގްސް އަކީ އާ ސީޒަނަކާ އެކު ނެޓްފްލިކްސް އަށް އަންނަ ކޮންމެ ފަހަރަކު ސީޒަންގެ ހައިލައިޓަކަށް ވެގެންދާ ޝޯއެކެވެ.

ސްޓްރޭންޖާ ތިންގްސްގެ ފޯރި އެވަރަށް ހިފާފައިވަނީ ސީރީޒްގެ އައިކޮނިކް މަންޒަރު ރީލްއެއްގެ ގޮތުގައި އަލުން އުފައްދައި ސޯޝަލް މީޑިއާގައި އެހެން ލެވެލްއަކަށް ގެންދާ އިންފްލޫއެންސަރުންނާއި ފޭނުންގެ ސަބަބުންނެވެ.

ސްޓްރޭންޖާ ތިންގްސް ނުބަލާނަމަ، ނެޓްފްލިކްސްގެ އެންމެ ބޮޑު އަދި އެންމެ ތަފާތު އެއް ސީރީޒް މިސްއައުޑް ކޮށްލެވުނީއެވެ. ސީޒަން 4 ބެލުންތެރިންނާ ހަމައަށް އައުމުން ދެން ވާނީ ކިހިނެއްތޯއާއި ސީޒަން 5 އިން ސީޒަން 4 ގެ ނިމޭ ބަޔާއި ގުޅުވަނީ ކިހިނެއްތޯ އެއީ ބެލުންތެރިންގެ މެދުގައި އުފެދުނު އެންމެ ބޮޑު އެއްސުވާލެވެ. 

މި ސީރީޒްގައި ޑިޓެކްޓިވް ޖިމް ހޮޕާގެ ރޯލު އަދާކުރާ ޑޭވިޑް ހާބަރ ވަނީ ސީރީޒްގެ އެންމެ ފަހު އެޕިސޯޑްތަކާ މެދު އޭނާއަށް ހީވާ ގޮތް ހާމަކޮށް، މިއީ ހިތި ފޮނި ފިލްމަކަށް ވިޔަސް މި ސީޒަން ވެގެން ދާނީ މި ސީރީޒްގެ ނިމުމަކަށްކަމަށް ބުނެފައިވެއެވެ. އިތުރު ދެތިން މަސް ދުވަސް ޓްރެއިނިން ފަށާނެކަމަށާއި ޝޫޓް ކުރަން ފަށަނީ ޖޫން މަހު ނަމަވެސް، އެއީ ފައިނަލް ސީޒަން ކަމަށް އޭނާ އިތުރަށް ފާހަގަ ކުރިއެވެ.

މީގެ އިތުރުން ހަތަރު ވަނަ ސީޒަނަށް ގިނަ ތަމްރީނުތަކެއް ކުރިކަމަށާއި އަދި އޭނާގެ ސިފަ މިހެން ހުންނަން ޖެހިފައިވަނީ ވަކި ސަބަބަކާއި ކަމަށާއި މިކަމުގެ ފަހަތުގައިވާ މަގުސަދަކީ ކުރިއަށް އޮތް ސީޒަނުގައި ތަފާތު މީހެއްގެ ގޮތުގައި އޭނާ ފެނިގެން ދިއުން ކަމަށް ވެސް އޭނާ ފާހަގަކުރި އެވެ