އިޓަލީގެ އުފެއްދުމެއްކަމުގައިވާ "ޑެލޯފިލް" ކޮސްމެޓިކްސް އަކީ ބާރުގަދަ ކެމިކަލްތައް އެކުލެވިގެންނުވާ ގުދުރަތީ މާއްދާތައް ހިމަނައިގެން ތަތްޔާރުކޮށްފައިވާ ކޮސްމެޓިކްސް ބްރޭންޑެކެވެ. "ފްރީ ފްރޮމް" ސިޔާސަތަށް ތާއީދުކުރާމިބްރޭންޑުގެ ކޮސްމެޓިކްސްގައި އާޓިފިޝަލް ފްރެގްރަންސް, ސިލިކޮން, ޕެރަފިން އަދި ޕްރަބޭން ފަދަ ގެއްލުންހުރި މާއްދާތައް އެކުލެވިގެން ނުވެއެވެ. އޭގެ ބަދަލުގައި މިބްރޭންޑުގެ ކޮސްމެޓިކްސް ތަކުގައި ބޭނުންކޮށްފައިވަނީ އޯގަނިކް ކޮލިޓީ ރަނގަޅު ބާވަތްތަކެވެ..
ޑެލޯފިލް ސިލްކީ ސްމޫތު ޝޭމްޕޫ އަދި ކޮންޑިޝަނަރ

ގިނަ ޝޭމްޕޫގެ ބާވަތްތަކުގައި އެކުލެވޭ ސަލްފޭޓް، ހަންގަނޑަށާއި އިންސާނާގެ ސިއްހަތަށް ގެއްލުންފޯރުވައެވެ. ނަމަވެސް ޑެލޯފިލްގެ ސިލްކީ ސްމޫތް ޝޭމްޕޫ އަދި ކޮންޑިޝަނަރ އުފައްދާފައިވަނީ ސަލްފޭޓް ނުހިމަނާ އިސްތަށިގަނޑުގެ ދުޅަހެޔޮކަމަށް ބޭނުންވާ މުހިއްމު މާއްދާތަކާއި އެކުގައެވެ. މިއުފެއްދުމުން އިސްތަށިގަނޑުގެ ތެތްކަން ހިފަހައްޓައިދީ އިސްތަށިގަނޑު ހިކިފައި ނުވަތަ ހޭވިފަ އޮންނަ އޮތުން ރަނގަޅުކޮށްދެއެވެ.
މީގައި އެކުލެވޭ ސާފު އޯގަނިކް ގްރީންޓީ އެކްސްޓްރެކްޓުގެ ތެލުގެ ސަބަބުން ބޮލުގެ ހަންގަނޑު ތެޔޮވުމުން ސަލާމަތްކޮށްދީ ބޮލުތެރެ ސާފުކޮށްދެއެވެ.އެލޯވެރާގެ އެހީގައި ބޮލުގެ ހަންގަނޑުގެ ތެތްކަން ހިފަހައްޓައިދީ އިސްތަށިގަނޑު މަޑުކޮށް އޮމާންކޮށް އޮތުމަށް އެހީ ވެދެއެވެ. މީގައި އެކުލެވޭ ގުދުރަތީ ޓީޓްރީ އޮއިލް ,އާގަން އޮއިލް އަދި ޕެޕަރމިންޓް އޮއިލްގެ ސަބަބުން އާޓިފިޝަލް ކެމިކަލް ނުލާވެސް އިސްތަށިގަނޑުން މީރުވަސް ދުވައެވެ.
ހަލާކުވެ ހިކިފައިވާ އިސްތަށިގަނޑަށް ދިރުންގެނެސްދޭ ޑެލޯފިލް ސިލްކީ ސްމޫތް ކޮންޑިޝަނަރ އަކީ އޭގައި ގިނަ އަދަދަކަށް އޯގަނިކް މޮރޮކަން އަރގަން އޮއިލްގެ އެކުލެވޭ ބާވަތެކެވެ. އެހެންކަމުން މަރުވެ ދިރުމެއްނެތި ހިކިފައިވާ އިސްތަށިގަނޑަށް އޮފުކަމާއި ތެތްކަން ގެނެސްދީ އިސްތަށިގަނޑު އޮމާން ކޮށްދެއެވެ. އޭޝިއާ މީހުންގެ ބައެއް އިސްތަށިގަނޑަކީ ކިސުޅިވެ ގެންގުޅެން އުނދަގޫ ހަރު އިސްތަށިގަނޑެކެވެ. ނަމަވެސް ޑެލޯފިލް ޝޭމްޕޫ ބޭނުންކުރުމަށްފަހު ޑެލޯފިން ސިލްކީ ސްމޫތް ކޮންޑިޝަނަރ ބޭނުންކޮށްލުމުން އިސްތަށިގަނޑު މަޑުކޮށް ގުދުރަތީ އޮފްކަމެއް ގެނެސްދެއެވެ.
ޑެލޯފިލް ޕިއޯ ރިޕެއަރ ސަލްފޭޓް ފްރީ ޝޭމްޕޫ

މިއީ ބެލެންސް ނިއުރިޝްމަންޓް ފޯރުކޮށްދީގެން އިސްތަށިގަނޑު މަޑުކޮށް ސާފުކޮށް އަދި އޮމާންކޮށްދޭ އުފެއްދުމެކެވެ.
މި ޝޭމްޕޫގައި ގިނަ ނިއުޓްރިއެންޓްސް އާއި މިނަރަލްސް އެކުލެވިގެންވާއިރު، އިސްތަށިތަކުގެ ބުޑުން ފެށިގެން ކޮޅާއި ހަމައަށް ފުރިހަމައަށް ކާނާ ލިބެއެވެ.މިއީ އިސްތަށިގަނޑާއި ބޮލުތެރެ ވަރަށް ބޮޑަށް މޮއިސްޗަރައިޒް ކޮށްދޭ އޯގަނިކް އެސެންޝިއަލް
އޮއިލްސް، އެކްސްޓްރެކްޓްސް، އަދި ވިޓަމިންސް އެކުލެވިގެންވާ އުފެއްދުމެކެވެ. ކުލަޖައްސާ ،ސްޓައިލްކޮށް ހަދާ އިސްތަށިގަނޑަށް އިސްތަށިގަނޑުގެ ކުލަ ރައްކާތެރިކޮށްދީ އިސްތަށީގައި ހަރުލާ ކެމިކަލްތައް ސާފުކޮށްދީ، އިސްތަށިގަނޑުގެ އިލެސްޓިސިޓީ، ލަސްޓަރ އިތުރުކޮށްދޭ އެއްޗެކެވެ. މިއީ އިސްތަށިގަނޑު މަޑުކޮށްދީ އޮމާންކޮށްދޭ ބާވަތެކެވެ. މީގެ އިތުރުން ކުލަ ބޭނުންކޮށްފައިވާ އިސްތަށިގަނޑުގެ ކުލަ ހިފަހައްޓައިދީ ކުލަ އިތުރަށް ރީތިކޮށްލަދޭ ޝޭމްޕޫއެކެވެ.
މި ކޮންޑިޝަނަރ އަކީ އޯގަނިކް އާގަން އޮއިލް އަދި ވިޓަމިން އީ އިން މުއްސަނދި ، ކޮންމެ ދުވަހަކު ބޭނުން ކުރުމަށް ފަރުމާކޮށްފައިވާ ކޮންޑިޝަނަރއެކެވެ. މީގެން އިސްތަށިގަނޑުގެ ޓެކްސްޗާ ވަރުގަދަކޮށްދީ ގުދުރަތީ ނިއުޓްރިއެންޓްސް އާއި އެންޓިއޮކްސިޑެންޓްސް ފޯރުކޮށްދެއެވެ.، އިސްތަށިގަނޑުގެ ހިކިކަން ނައްތާލާ ތެތްކަން ސީލް ކުރާ އޮޕްޓިމައިޒްޑް ހައިޑްރޭޝަން ފޯރުކޮށްދޭ އެއްޗެކެވެ..
ޑެލޯފިލް އެންޓި ޑެންޑްރަފް އާގަން ޕްރޮޓީން ޝޭމްޕޫ އެންޑް ކޮންޑިޝަނަރ

ކޮލަޖަން އިން މުއްސަނދި މި ފޯމިއުލާ އަކީ ހަންފޮޅުމާއި ސޮރިއަސިސް ފަދަ ބޮލުގެ ހަނގަނޑުގެ މައްސަލަތައް ކުރިމަތިވާ ފަރާތްތަކަށް ހައްލެކެވެ. މީގެ ޕީއެޗް އަދި އެހެނިހެން މިނަރަލް ތަކުގެ އެހީގައި ދެކަފިވެފައިވާ އިސްތަށިތަކަށް ފަރުވާލިބި ހިކިފައިވަ އިސްތަށިގަނޑުގެ އޮފުކަމާއި މަޑުކަން އިތުރުކޮށްދެއެވެ. އިސްތަށިތައް ގޮށްޖެހުމާއި ހަރުވުން ރަނގަޅުކޮށް ބަލަހައްޓަން ފަސޭހަވެއެވެ.
ޑެލޯފިލް މެޖިކް ކޮމްޕްލެކްސް ޑަބަލް ޓްރީޓްމަންޓް ހެއަރ މާސްކް

އާންމު ގޮތެއްގައި ހޫނުކަން ބޭނުންކޮށްގެން އިސްތަށިގަނޑު ސްޓައިލްކޮށް އިސްތަށިގަނޑުގައި ކުލަޖެއްސުމުން އިސްތަށިގަނޑު ހިކި އިސްތަށިތަކުގެ ކޮޅުތައް ދެކަފިވެ ހަލާކުވެއެވެ. ނަތީޖާއެއްގެ ގޮތުން އިސްތަށި ފޭބުމާ ބޮލުން ހަންފޮޅުމުގެ އިތުރުން އިސްތަށިތައް ބުރިބުރިވާން ފަށައެވެ. މިކަމުގެ ހައްލަކީ ޑެލޯފިލް މެޖިކް ކޮމްޕްލެކްސް ޑަބަލް ޓްރީޓްމަންޓް ހެއަރ މާސްކެވެ. މިމާސްކަކީ އަރގަން އޮއިލް , ޕްރޮޓީން އަދި ކޮލާޖަން އެކުލެވޭ ކޮންޑިޝަނަރ އެކެވެ. އެހެންކަމުން ހަލާކުވެ ދިރުމެއްނެތް އިސްތަށިގަނޑަށް ދިރުން ގެނުވައިދީ އިސްތަށިގަނޑު ގައި މިމާސްކް ރަނގަޅަށް ބޭނުންކުރަންޖެހޭ ގޮތައް ބޭނުންކުރެވިއްޖެނަމަ އަވަސް ނަތީޖާއެއް ގެނުވައިދެއެވެ. މިއީ އާއިލާގެ ހުރިހާ އުމުރެއްގެ މެމްބަރުންނަށްވެސް ބޭނުންކޮށްލެވޭ , ސެލޫންތަކުގައި ވެސް ބޭނުންކުރެވިދާނެ އުދެއްދުމެކެވެ.
ޑެލޯފިލް ކޮލާޖަން ހެއަރ މާސްކް

ކޮލާޖަންގެ ސަބަބުން އިސްތަށިގަނޑު ވަރުގަދަކޮށް އުފެދުމުގައި އެހީތެރިވެދޭ ޕްރޮޓީން އިސްތަށިގަނޑަށް ލިއްބައިދެއެވެ.އިސްތަށިގަނޑު އަވަހަށް ދިގުވުމާއި އިސްތަށީގަނޑުގެ ބޯމިން އިތުރުކޮށްދީ ދުޅަހެޔޮ އިސްތަށިގަނޑަކަށް މިމާސްކް ބޭނުންކުރެވިދާނެއެވެ. މީގެއިތުރުން މިމާސްކު ބޭނުންކުރުމުން އެމިނީ އެސިޑްސް އިސްތަށިތަކަށް ލިބި އިސްތަށި ފޭބުން ކޮންޓްރޯލްވެ އިސްތަށި ނުރަވެ ކުލަ ފަނޑުވުމުން ރައްކާތެރި ކޮށްދެއެވެ.
ޑެލޯފިލް އާގަން އޮއިލް

ޑެލޯފިލް އާގަން ތެލަކީ ކެމިކަލްތަކުން އެއްކިބާވެފައިވާ އެއްޗެކެވެ. މިއީ ފައިދާހުރި ކޮމްޕައުންޑްތަކެއް އެކލެވިގެންވާ އެއްޗަކަށް ވާއިރު، އެންޓިއޮކްސިޑެންޓްތަކާއި ފެޓީ އެސިޑްތަކުން މުއްސަނދި މަސްދަރެކެވެ. މި ތެލަކީ އެންމެ ކޮލިޓީ އާގަން ނަޓްސް އިން ނަގާފައިވާ ތެލެއް ކަމުން އެދެވޭ ނަތީޖާއެއް ލިބޭނެ ކަމުގެ ޔަގީންކަން ލިބެއެވެ.މިތެޔޮ އިސްތަށިގަނޑުގައި އަދި ގައިގެ ހަންގަނޑުގައިވެސް ބޭނުންކުރެވެއެވެ..
އިސްތަށިގަނޑަށް :މި ޕްރޮޑަކްޓަކީ މޮއިސްޗަރައިޒިންގ އަދި ސޮފްޓްނިންގ އެއްޗެއް ކަމުން، އޯގަނިކް އާގަން އޮއިލް އެސެންސް އާއި އެކު އިސްތަށިގަނޑުގެ ދިރުން އަނބުރާ ގެނެސްދެއެވެ. މި އަޖައިބު ކުރުވަނިވި ތެލަކީ އިސްތަށިތަކުގެ އެންމެ ފުނުން ބޮލުގެ އިސްތަށިގަނޑަށް ކާނާ ފޯރުކޮށްދީ، އިސްތަށިގަނޑު ދުޅަހެޔޮކޮށް ހެދިބޮޑުވުމަށް މަގުފަހިކޮށްދޭ އެއްޗަކަށް ވާއިރު، އިސްތަށިގަނޑު ވިދާ، ބޯ އަދި އޮމާން ކޮށްދެއެވެ.
ހަންގަނޑަށް : ވިޓަމިން އީ، ފެޓީ އެސިޑް އަދި އެހެނިހެން ނިއުޓްރިއެންޓްސްގެ މޮޅު މަސްދަރެއް ކަމަށްވާ މިތެލުން ހަންގަނޑަށް ކާނާ ލިބިދީ މަޑު، އޮމާން އަދި ބޮލުގެ ކުލައަށް ރީތިކަން ލިބިގެންދާ އެއްޗެކެވެ.
އެންމެންނަށް ވެސް ރައްކާތެރިމި ތެލަކީ ހުރިހާ ހަންގަނޑަކާއި އިސްތަށިގަނޑުގެ ކުލައަކަށް ވެސް ރައްކާތެރި ތެލެކެވެ. މިއީ ކުލަޖައްސާފައިވާ އަދި ތަފާތު ހެއަރ ސްޓައިލްތައް ހަދާ ޓްރީޓްކޮށްފައިވާ އިސްތަށިގަނޑު މަޑުކޮށް، ދިރުންގެނެސްދީ، އަދި އިސްތަށިގަނޑު ބަލަހައްޓަން ފަސޭހަކޮށްދޭ އުފެއްދުމެކެވެ.
މިއުފެއްދުންތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކޮށް ތަޖުރިބާ ކޮށްފައިވާ ފަރާތްތަކުން ބުނެފައިވަނީ މިއީ ވަރަށް ރަނގަޅު ބްރޭންޑެއްކަމުގައެވެ.ފުރަތަމަ ބޭނުންކޮށްލާއިރު ވެސް ތަފާތު ފެންނަ ކަމަށާއި ، އިސްތަށިގަނޑު މަޑުވެ އޮމާންކަމާ ރީތިކަން ގެނުވައިދޭ ކަމަށެވެ. މީގެއިތުރުން އިސްތަށިގަނޑުން މީރުވަސް ދުވާކަމުގައިވެސް މިޕްރޮޑަކްޓްތައް ތަޖުރިބާ ކޮށްފައިވާ ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާގައި ހާމަކޮށްފައެވެ.
ފިނެސް އިން ރާއްޖެގެނެސް ޑިސްޓްރިބިއުޓް ކުރާ ޑެލޯފިލް ބްރޭންޑް މިހާރު މާލެ ،ހުޅުމާލޭ ، ކުޅުދޫފުށީ އަދި ޅ.ނައިފަރުގެ ފިހާރަތަކާއި ބައެއް ފާމަސީތަކުން ލިބެން ހުރިއިރު 9997500 އަކަށް ގުޅުއްވައި އޯޑަރ ދެއްވުމުން ޑެލިވަރ ވެސް ކޮށްދެއެވެ.

މިއުފެއްދުންތައް އިތުރަށް ޚާއްސަކޮށްލުމަށް ފިނެސް އިން ތައްޔާރުކޮށްފައިވާ ގިފްޓު ޕެކްތަކަކީ ގިނަބައެއްގެ މަޤްބޫލްކަން ލިބިފައިވަ ޕެކްތަކެކެވެ . އޭގެ ތެރޭގައި ޑެލޯފިލް ޕިއޯ ރިޕެއަރ ސަލްފޭޓްފްރީ ހެއަރކެއަރ ގިފްޓް ބޮކްސް ، ޑެލޯފިލް އެންޓި ޑޭންޑްރަފް ގިފްޓް ބޮކްސް ގެއިތުރުން ސިލްކީ ސްމޫތު ހެއަރ ކެއަރ ގިފްޓްޕެކް ހިމެނެއެވެ. އެހެންކަމުން ހަދިޔާގެ ގޮތުގައި އެކުވެރިންނާއި އާއިލާގެ ފަރާތްތަކަށް ފަސޭހަކަމާއި އެކު ހަދިޔާކޮށްލުމުގެ މަގުވަނީ ފަހިވެފައެވެ.

