ހިތާމަވެރި އަސަރުގަދަ ފިލްމު ބަލާހިތްވަންޏާ، ޓިޝޫ ފޮށްޓެއް ހިފައިގެން އަވަހަށް މިފިލްމުތައް ބަލަން ރެޑީވެލާށެވެ. ފިލްމު ބަލައިގެން ރޮނީ ހިތްބަލި މީހުންނެއް ނޫނެވެ. ފިލްމު ބަލައިގެން ރޮވެނީ އިންސާނާގެ ހަށިގަނޑުގައި ހުންނަ އޮކްސިޓޯސިންގެ އަދަދު މައްޗަށް ޖެހޭތީއެވެ. އިންސާނާއާ ނާޒުކު ހާލަތްތަކާ ގުޅުވާލަދޭތީއެވެ.
- ދަ ލަވްލީ ބޯންސް
ޕީޓަރ ޖެކްސަން ޑައިރެކްޓް ކޮށްފައިވާ މިފިލްމަކީ 2009 ވަނަ އަހަރު ރިލީޒް ކުރި ވަރަށް ރީތި ފިލްމެކެވެ. މިފިލްމުގައި ފެނިގެންދަނީ އުމުރުން 14 އަހަރުގެ ސޫޒީ ސެލްމަން މަރާލި ގާތިލު ހޯދުމަށް އާއިލާއިން ކުރާ މަސައްކަތެވެ. އޭނާގެ މައިންބަފައިން އަޅަމުންދާ ކަރުނަޔާ އާއިލާ އަށް ލިބިގެންދާ ހިތާމާ ސޫޒީގެ ރޫހު ހުންނަނީ ބަލަންށެވެ. މިފިލްމަކީ އެއްވެސް ކުށެއްނެތި މަރާލާފަ އިހާނެތިކޮށް އެއްލާލާ މީހުންނާ ބެހޭގޮތުން ތައްޔާރުކޮށްފައިވާ ފިލްމެކެވެ.
- ދަ ޑީޕް އެންޑް އޮފް ދި އޯޝަން
ޖެކަލިން މިޗަރޑްގެ ވާހަކައަކަށް ބިނާކޮށްފައިވާ މިފިލްމުން ފެނިގެންދަނީ އާއިލާގެ އެންމެ ހަގުދަރިފުޅު ކިޑްނެޕްކުރުމާއެކު އާއިލާއަށް ކުރިމަތިވާ ފުންހިތާމައެވެ. އޭގެ 9 އަހަރުފަހުން އެކުއްޖާ ހަމައެމީހުނާއި އެއްއަވަށެއްގައި އުޅެމުންއަންނަކަމަށް ޝައްކުވެގެން މަންމައަކު އޭނާގެ ދަރިފުޅު ހޯދުމަށް ކުރާ މަސައްކަތެވެ.
- ރޫމް
ބްރީ ލާރސަން، ޖޭކޮބް ޓެރެންބްލޭ އަދި ޖޮއާން އެލަން ފެނިގެންދާ މިފިލްމުގައި ދައްކުވައިދެނީ ގިނަދުވަސް ތަކެއް ވަންދެން ކޮޓަރިއެއްގައި ކިޑްނެޕްކޮށްގެން ގެންގުޅޭ ޖޯއީ އަދި އޭނާގެ ދަރިފުޅު ޖެކް، އެތަނުން ސަލާމަތްވެގެން ފިލައިން ދިއުމަށް ކުރާ މަސައްކަތެވެ.
4 – ދަ މެމޮރީ ކީޕަރސް ޑޯޓަރ
ލިޔުންތެރިއާ ކިމް އެޑްވަރޑްސްގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މިފިލްމަކީ ވަރަށް އަސަރުގަދަ ފިލްމެކެވެ. މިފިލްމުގައި ފެނިގެންދަނީ ޑޮކްޓަރަކަށް ލިބޭ އެންމާބަނޑު ދެބެންގެ ތެރެއިން އެއްކުއްޖެއްގެ ޑައުން ސިންޑްރޯމް ހުރުމުން އެކުއްޖާ އޯފަނޭޖްއަކަށް ލުމަށްފަހު އެކުއްޖާ ވިހޭއިރު އޮތީ މަރުވެފައިކަމަށް ބުނެ އަންހެނުން ކައިރީ ދޮގުހެދުމުން މުޅި ދިރިއުޅުން ބަދަލުވެގެންދާގޮތެވެ.
- އަ ބިއުޓިފުލް މައިންޑް
އެމެރިކާގެ ނޮބެލް ޕްރައިޒް ހާސިލްކޮށްފައިވާ މެތަމެޓީޝަން ޖޯން ނާޝްގެ ހަޔާތުގެ މައްޗަށް ބިނާކޮށްފައިވާ މިފިލްމަށް ވަނީ 4 އެކަޑަމީ އެވޯރޑް ލިބިފައެވެ. ރަސަލް ކްރޯ އެކްޓުކޮށްފައިވާ މިފިލްމުގައި އޭނާ ދައްކުވައިދީފައިވަނީ ވަރަށް ވެސް ފުރިހަމަ އެކްޓިންއެކެވެ. މިފިލްމުގައި ފެނިގެންދަނީ ޕެރެނޮއިޑް ސްކިޑްޒޯފްރޭނިއަރ ތަހައްމަލް ކުރަމުން އަންނަ މޮޅުމީހެއްގެ ދިރިއުޅުން އޭނާގެ އާއިލާ އަދި އެކުވެރިންގެ ކުރިމަތީ ފުނޑުފުނޑުވެގެންދާގޮތެވެ.
