އާރްއާރްއާރް އިން ވަނީ 2023 ވަނަ އަހަރުގެ އޮސްކާގެ އެންމެ މޮޅު އޮރިޖިނަލް ލަވައިގެ އައިކޮނިކް ކާމިޔާބީއުކޮށް ތާރީހުގައި ރަން އަކުރުން ނަން ލިޔެފައިއެވެ. ފިލްމުގެ މުހިންމު ތަރިން ކަމުގައިވާ ރާމް ޗަރަން އާއި ޖޫނިއާ އެންޓީއާރު ވަނީ ސޯޝަލް މީޑިއާގައިމި ކާމިޔާބީގެ އުފާ ވަރަށް ބޮޑަށް ފާޅުކޮށްފައެވެ. މި ފިލްމުގެ ތަރިން ގެ ގޮތުގައި ހަރަކާތްތެރިވާން ލިބުމަކީ މި ދެ ތަރިންނައް ވެސް ލިބުން ޝަރަފެއް ކަމަށް އެމީހުން ގަބޫލުކުރެއެވެ.

ރާމް ޗަރަން ވަނީ ޓްވިޓާގައި ވަރަށްވެސް އަސަރުން ފުރިންގެ ވާ ޕޯސްޓެއް 2023 ވަނަ އަހަރުގެ އޮސްކާ އެވޯޑް "ނަޓޫ ނާޓޫ" އަށް ލިބުމުން ހިއްސާ ކޮށްފައެވެ.   "އާރުއާރު  އަބަދުވެސް ދެމިއޮންނާނެ އަހަރެމެންގެ ހަޔާތުގައި ވެސް އަދި އިންޑިއަން ސިނަމާގެ ތާރީހުގެ އެންމެ ހާއްސަ ފިލްމު އޮސްކާ އެވޯޑް މެނިފެސް ކުރި އެންމެންނަށް އެކަށީގެންވާ ވަރަށް ޝުކުރު އަދާ ނުކުރެވޭނެ. އަދިވެސް ހީވަނީ ހުވަފެނެއްގައި އުޅޭހެން.ހުއްޓުމެއް ނެތި ކުރަމުންދާ ތާއީދަށާއި ދެމުން އަންނަ ލޯތްބަށްޓަކަ ހުރިހާ އެންމެންނަށް ޝުކުރު އަދާ ކުރަން" އޭނާ ގެ ޓުވީޓުގައި ލިޔެފައިވެއެވެ.

އޭނާ އިތުރަށް ވަނީ އެސްއެސް ރާޖަމޫލީ ގާރޫ އާއި އެމްއެމް ކީރަވާނީ ގާރޫ އަށް މި މާސްޓަރޕީސްގެ ބައެއްގެ ގޮތުގައި އުޅުމުގެ ފުރުސަތު ދިން ކަމަށްޓަކައި ޝުކުރު އަދާކޮށްފައެވެ. "ނާޓޫ ނަޓޫ އަކީ މުޅި ދުނިޔޭގައި ވެސް ޖަޒުބާތެއް. އަހަރެންގެ ކޯ ސްޓާ ތާރަކްއަށް ޝުކުރިއްޔާ އަދާ ކުރަން އުންމީދު ކުރަން ކުރިޔަށް އޮތް ތަނުގައިވެސް އެކީ ނަށައި އަނެއްކާވެސް ރެކޯޑްތައް އުފެއްދުމަށްފުރުސަތު ލިބޭނެކަމަށް. މި އެވޯޑަކީ އިންޑިއާގެ ކޮންމެ އެކްޓަރަކަށް، ޓެކްނީޝަނަކަށް އަދި ފިލްމު ބަލާ މީހަކަށް ހާއްސަ ކުރާ އެވޯޑެއް. ހިތުގެ އަޑިން މުޅި ދުނިޔޭގެ ސަޕޯޓަރުންގެ ފަރާތުން  ލިބުނުލޯތްބާއި ތާއީދަށް ސުކުރު އަދާކުރަން." އޭނާގެ ނޯޓުގައި އިތުރަށް ލިޔެފައިވެއެވެ.

"ނަޓޫ ނާޓޫ"އަށް އޮސްކާ ހޯދުމަށް ފަހު ޖޫނިއާ އެންޓީއާރު ލޮސް އެންޖެލިސްގައި ބޭއްވި އިވެންޓުގައި ވާހަކަ ދައްކަވަމުން ބުނީ މި މޮޅަކީ ހަމައެކަނި އާރުއާރު އަށް ލިބުން މޮޅެއް ނޫން ކަމަށާއި އިންޑިއާ އަށް ވެސް ލިބުނު މޮޅެއް ކަމަށެވެ. އޭނާ އިތުރަށް ބުނީ “އަހަރެންގެ އުފާވެރިކަން ހާމަކުރާނެ ހަމަ އެއް ގޮތަކަށްވެސް ނޭންގެ. މިއީ ހަމައެކަނި އާރުއާރު އަށް ލިބުނު މޮޅެއް ނޫން މިއީ ގައުމެއްގެ ގޮތުގައި އިންޑިއާ އަށް ލިބުނު މޮޅެއް ކަމަށެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ ހަމައެކަނި ފެށުމެއް. އިންޑިއާގެ ސިނަމާއަށް ކިހާ ދުރަކަށް ދެވޭނެކަން އަޅުގަނޑުމެންނަށް ދައްކުވައިދެވިއްޖެ. ކީރަވާނީ ގާރޫ އާއި ޗަންދްރަބޯސް ގާރޫ އަށް ސާބަސް. ހަމަގައިމުވެސް މިއިން އެއްވެސް ކަމެއް ނުކުރެވުނީސް އެސް.އެސް ރާޖަމޫލީ ކިޔާ މާސްޓަރ ސްޓޯރީ ޓެލަރައަކާއި  އަހަރެމެންނަށް ހުރިހާ ލޯތްބެއް ދިން ބެލުންތެރިންނާ ނުލައިއެއް"

އެންމެ މޮޅު ޑޮކިއުމެންޓްރީ ޝޯޓް ސަބްޖެކްޓް ކެޓަގަރީން އެއްވަނަ ހޯދީ ކާރޓިކީ ގޮންސަލްވޭސް ޑައިރެކްޓްކޮށްފައިވާ ޑޮކިއު ޝޯޓް "ދަ އެލިފަންޓް ވިސްޕަރަސް" އަށް މި ތަރިން ވަނީ މަރުހަބާ ކިޔާފައެވެ.