މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ (އެމްޓީސީސީ) އިން ރޯދަ ޕްރޮމޯ 2023 ފަށައިފި އެވެ.

މިއަހަރުގެ ރޯދަމަހަށް ހާސަކޮށްގެން މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ 30 އޭޕްރިލްގެ ނިޔަލަށެވެ.

އިންޑަސްޓްރިއަލް ބޯޓް ބިލްޑިންގ އެންޑް އިންޖިނިއަރިންގ އާއި ޓޫރިޒަމް ދާއިރާއާ އަދި ޓްރާންސްޕޮޓޭޝަން އަދި ފިޝަރީޒް އަށް އަމާޒު ކުރެވިގެން ބާއްވާ މި ޕްރޮމޯޝަން ރަސްމީކޮށް ފައްޓަވައިދެއްވީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އެވެ.

އެކުންފުނީގެ ސޭލްސް މެނޭޖަރު ނިމާދު ވިދާޅުވީ އެންޓީސީސީން ވިއްކާ ދަވާދު ފިޔަވާ އެހެން ހުރިހާ އުފެއްދުންތަކަކުން ތަކަކަށް އެ ޕްރޮމޯޝަންގައި ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

"ރޯދަމަހަކީ އޮޑި ދޯނިފަހަރު ގެންގުޅޭ ފަރާތްތަކުން އާއިލާއާއެކު ވަގުތު ހޭދަކުރާ ދުވަސް ކޮޅަކަށް ވަނީ ވެފަ. މިއީ އޮޑި ދޯނިފަހަރުގެ މަރާމާތުގެ މަސައްކަތް ވެސް ކުރާ ދުވަސް ކޮށްޅަކަށް ވަނީ ވެފަ. އެހެންވެ މި ޕްރޮމޯޝަނަކީ މި ދުވަސްވަރަށް ހާއްސަކޮށް ބާއްވާ ޕޮރޮމޯޝަނެއް." ނިމާދު ވިދާޅުވި އެވެ.

ނިމާދު ވިދާޅުވީ އެންމެ ބޮޑު ޑިސްކައުންޓެއް ގެ ގޮތުގައި ލިބޭނީ އަގުގެ 10 ޕަސަންޓު ކަމަށާއި ޕްރޮމޯޝަން ކުރިއަށް ދާއިރު އެމްޓީސީސީން، ޔަންމާ އިންޖީނުތަކުގެ ހަތަރު މޮޑެލެއް އެބަހުރިކަމަށެވެ.

އެއީ 350 ހޯސްޕަވަރް، 405 ހޯސްޕަވަރް، އަދި 500 ހޯސްޕަވަރް ގެ އިންޖީނު ކަމަށާއި އެއިން ކޮންމެ އިންޖީނަކުން ވެސް 8 ޕަސަންޓް ޑިސްކައުންޓް ލިބޭނެ ކަމަށާއި ސުޒުކީ އިންޖީނުތަކުން 10 ޕަސަންޓް ޑިސްކައުޓް ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއީ ކޯވިޑް އަށްފަހު އެމްޓީސީސީއިން ބާއްވާ ފުރަތަމަ ރޯދަ ޕްރޮމޯޝަން އެވެ.

ޑިސްކައުންޑް ލިބޭ ބާވަތްތައް

ޔަންމާ އިންޖީނު
ސުޒުކީ އިންޖީނު
ސްކޮޓް ބޭޑަރ ކޮމްޕޮސައިޓްސް އަދި ފައިބަރ ގޮލާސް މެޓީރިއަލްސް
ކާސްޓްރޯލް ލުބުރިކަންޓްސް
ސުޒުކީ އަދި ޔަންމާ ސްޕެއަރ ޕާރޓްސް
މެރޯލް ސްޓީއަރިންގް ސިސްޓަމް
ޓިއުބު، ޝެފްޓް، ޕްރޮޕެލާރ