ފުރަތަމަ ދެތިން މަސް ދުވަހުގެ ތެރޭގައި ބޮޑު ފިލްމީ އިއުލާނެއް ނުކޮށް ކިތަންމެހާވެސް ހިމޭން ދުވަސްތަކަކަށް ފަހު، ހިންދީ ފިލްމް އިންޑަސްޓްރީން ވަނީ އެމީހުން ފިލްމު 2024 ވަނަ އަހަރުގައި ރިލީޒް ކުރަން ނިންމާފައިވާ ބޮޑެތިފިލްމުތައް އިއުލާނުކުރަން ފަށަން ތައްޔާރުވެފައިވާކަމަށް އިންޑިޔާގެ މީޑިޔާއަކުން ރިޕޯޓް ކުރަމުންއެބަދެއެވެ. މިގޮތުން ކުރިއަށް އޮތް ދެތިން ދުވަސް ކިތަންމެހާވެސް ޝައުގުވެރިވާނެ ކަމަށާއި އެއީ ކޮން ފިލްމުތަކެއް ކަމާއި  ރިލީޒް ކުރާނެ ވަކި ތާރީހެއް އިތުރަށް ސާފުވާނެތީ ކަމަށްވެސް އެ މީޑިޔާއިން ރިޕޯޓް ކޮށްފައިވެއެވެ. ދިވާލީ 2024 އަކީ މި ހޯމަ ދުވަހު މަޝްވަރާގެ ހޫނު މައުޟޫއަކަށް ވެފައި ވާއިރު، ފިލްމު އުފައްދާ ފަރާތްތަކުން ވަނީ ފިލްމު ރިލީޒް ކުރުމަށް ރަނގަޅު ތާރީހުތަކެއް ނިންމަފައިވެއެވެ.އެގޮތުން މި އަންނަ އަހަރު އެތަކެއް ވަރުގަދަ ފިލްމުތަކެއް ދިވާލީ ދުވަސް ވަރާއި ދިމާކޮށް ވަނީ ނެރެން ނިންމާފައެވެ. 

ސޫރަޖް ބަރްޖަތުޔާގެ ދެން އަންނަ ޑައިރެކްޓް ކޮށް ސަލްމާން ޚާން ޕްރޭމްގެ ރޯލުން އެނބުރި އަންނަ  ޕްރޭމް ކީ ޝާދީ ރިލީޒް ކުރަން ހަމަ ޖެހިފައިވަނީ 2024 ވަނަ އަހަރުގެ ދިވާލީ ގެތެރެއިންނެވެ.  އުންޗައިގެ ޕްރިމިއާގައި ސޫރަޖް ބަރްޖަތުޔާ ވަނީ އޭނާގެ ދެން އަންނަ ފިލްމަކީ ސަލްމާން ޚާންއާ އެކު މަސައްކަތް ކުރާ ފިލްމެއް ކަމަށް ބުނުމުން ސަލްމާންގެ ފޭނުންގެ މެދުގައި ވަނީ ވަރަށްވެސް ބޮޑަށް ފޯރިގަދަވެފައިއެވެ.  މީގެ ކުރިން މައިންނޭ ޕިޔާރް ކިޔާ، ހަމް އާޕްކޭ ހޭ ކައުން، ހަމް ސާތު ސާތު ހޭ އަދި ޕްރޭމް ރަތަން ދަން ޕަޔޯ ފަދަ ފިލްމުތަކުގައި މި ދެމީހުން ގުޅިގެން މަސައްކަތްކޮށްފައިވާއިރު، އެ ހުރިހާ ފިލްމެއްވެސް ވަނީ ޓިއޭޓަރުގައި ވަރަށް ރަނގަޅަށް ހިނގާފައިއެވެ.

ޓީމް ސިންގްހަމްގެ ދެން އަންނަ ފިލްމު ސިންގްހަމް އަގެއިން މިއަދު މެންދުރު ހަދަން ނިންމާފައިވާކަމަށް ރަސްމީކޮށް އިއުލާންކޮށްފައިވާއިރު، އެމީހުން ރިލީޒް ކުރަން ހޮވާފައިވާ ތާރީހަކީ ދިވާލީ 2024 އެވެ. މިދިޔަ އަހަރުތަކުގެ ތެރޭގައި ސިންގަމް ވަނީ އެންމެ ވަރުގަދަ އެއް ފިލްމީ ބްރޭންޑަކަށް ވެފައިވާއިރު ދެން އަންނަ ފިލްމަށް ފޭނުން ކުރަމުންދާ އިންތިޒާރު ވަނީ އިންތިހާއަށް ގޮސްފައިއެވެ. ރޯހިތު ޝެޓީގެ ކޮޕް ޔުނިވާސްގެ ބައެއްގެ ގޮތުގައި ތިބި  ފުލުހުން ވެސް މި އެކްޝަން-ޑްރާމާގެ ބައެއްގެ ގޮތުގައި ފެނިގެންދާނެއެވެ.

ބޫލް ބުލާޔާގެ ޓީމުން ވަނީ ފްރެންޗައިޒްގައި ދެން ކުޅޭ ފިލްމު ބޫލް ބުލާޔާ 3 ރިލީޒްކުރާނެކަން ކަށަވަރުކޮށްދީފައިވާއިރު، ދިވާލީ 2024 ގައި މި ފިލްމު ރިލީޒް ކުރާނެކަމަށް އެ ޓީމުން ހާމަކޮށްފައިވެއެވެ. ފުރަތަމަ ބައި ބޮޑު ހިޓަކަށްވެ ދެވަނަ ބައިގައި ކާރްތިކް އާރިޔަން ފެނިގެން ދިޔައީ ރޫހް ބާބާ ބްލޮކްބަސްޓަރަކަށް ވެގެންގޮސްފައިވެއެވެ. މި ފްރެންޗައިޒްގެ ތިން ވަނަ އިންސްޓޯލްމަންޓާ އެކު މި ޝަރަފުވެރި ސްޓްރީކް ކުރިއަށް ގެންދިއުމަށް މި ފިލްމުގެ ޓީމުން ވަނީ އަމާޒު ހިފާފައިއެވެ. ރޫހް ބާބާގެ ރޯލު އަލުން ކުޅެން ކާރްތިކް އާރިޔަން ފެނިގެން ދާ އިރު ޑައިރެކްޓަރުގެ ރޯލުން އަނީސް ބަޒްމީ ވަނީ ހޮވާފައިއެވެ.ނަމަވެސް ފިލްމުގެ ބައެއްގެ ގޮތުގައި ވާނެ އެހެން ކާސްޓުންނާއި ކްރޫ މެމްބަރުންނާ މެދު އަދި ވަނީ ގޮތެއް ނުނިންމައެވެ.

ހެރާ ޕޭރީގެ އުފެއްދުންތެރިން ވެސް ވަނީ އެމީހުންގެ ފްރެންޗައިޒްގެ ތިން ވަނަ އިންސްޓޯލްމަންޓް ހެރާ ޕޭރީ 4 އަށް ދިވާލީ 2024 ގެ ސްޕޮޓް ހޯދުމަށް އަތުކުރި އޮޅާލާފައިއެވެ. ޝައްކެއްވެސްނެތްގޮތުގައި އިންޑިއާގެ ފިލްމީ ތާރީހުގައި ވެސް ހެރާ ޕޭރީ އަކީ އެންމެ ބޮޑު ކޮމިކް ފްރެންޗައިޒް ކަމަށާއި ރާޖޫ އަކީ އިންޑިއާގެ އެންމެ އައިކޮނިކް އެއް ފިލްމީ ކެރެކްޓަރ ކަމަށް ދެކޮޅު ހަދާނެ މީހަކު ނުހުންނާނެއެވެ. 

މިހާތަނަށް ބޮޑު 4 ފިލްމެއް ދިވާލީ 2024 ގެ ސްލޮޓަށް ލޯ އަމާޒުކޮށްފައިވެ އެވެ. ރިލީޒް ކެލެންޑަރުގައި އަދިވެސް ލޮލުގައި އަޅައިގަންނަން ރަނގަޅު މަދު ތާރީހުތަކެއް ހުރިއިރު އެއް ތާރީހެއްގައި ބޮޑު ހަތަރު ފިލްމެއް ރިލީޒް ކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަން ޔަގީނެވޔަޤީންކަމާއެކު ބުނަން ޖެހޭނީ ދިވާލީ މުއްދަތުގައި ގިނަވެގެން ދެ ބިގީ ރިލީޒް ކުރާނެ ކަމާއި އެއަށްވުރެ ގިނަ ނޫން ކަމަށެވެ. އެއީ ކޮން ފިލްމަތަކެއް ތޯ ބަލަން ގިނަބަޔަކު ވަނީ ކެތް މަދުވެފައިއެވެ.