މި ސްޓައިލްތަކަކީ 2000 ގެ އަހަރުތަކުގެ ކުރީކޮޅު ސްކިނީ ޖީންސް އަށް ފަހު ދެވަނައެއް ކަމުގައި ހީވެގެންދިޔަ ސްޓައިލެކެވެ. މިފެށަންގެސަބަބުން މީހުން ވާހަކަ ދައްކައި ބަހުސްކޮށް، އަލުން ލައިގެން އުޅެން ކެތް މަދުވެފައިވާ މީހުންނާއި އަނެއްކޮޅުން ބެގީ ނުވަތަ ޕަލަޒޯ ފަދަ ފުޅާ މޮޑެލްތަކަށް ތާއީދުކުރާ ޓްރެންޑާ ދެކޮޅު މީހުންނާ ދެމެދު އާންމު ޚިޔާލު ތައް އުފެދުނެވެ. މީގެތެރެއިން ގިނަ ބަޔަކު ދުވަހަކުވެސް އެސްޓައިލް ލައިގެން އުޅުން ހުއްޓާނުލާނެކަން އެނގެއެވެ.ކޭޓް މޯސް އާއި ޖެނިފާ އެނިސްޓަން ފަދަ ޒަމާނީ އައިކޮންތައްވެސް ތަމްސީލް ކުރަމުން ދަނީ މިސްޓައިލްއެވެ.

2023 ވަނަ އަހަރުގެ ފެޝަން ރަންވޭތަކަށް ޑިޒައުނަރުން ބޫޓް ކަޓް ގެނެސްދީފައިވަނީ ލޯ އަދި މީޑިއަމް ވެއިސްޓް ޑިޒައިންތަކަށެވެ.

މިސްޓައިލް އެނބުރި އާއިރު ގިނަ ޑިޒައިނަރުން އިޚްތިޔާރުކުރީ ނޫކުލައިގެ މަޑު ޝޭޑްތަކެވެ. އަދި ޔޫކްރެއިންގެ ބައެއް ޑިޒައިނަރުން ވަނީ ގަދަނޫކުލައިން ވެސް މިޖީންސް މާކެޓަށް ނެރެފައެވެ.

މިފެޝަން އެނބުރިއައިކަމުގައި ވިޔަސް މިސްޓައިލްއާ ދެކޮޅުމީހުންވަނީ ޓްވިޓަރގައި އެމީހުންގެ ޝުއޫރް ފާޅުކޮށްފައެވެ