ބޮލީވުޑް އެކްޓްރެސް އަދި ޑައިރެކްޓަރު ދިވްޔާ ޚޯސްލާ ކުމާރު، އޭނާގެ ކުރިއަށް އޮތް ޕްރޮޖެކްޓްގެ ޝޫޓިންގގައި އުޅުމުގެ ތެރޭގައި އަނިޔާވެއްޖެއެވެ. ބޭރުގެ ރިޕޯޓުތަކުން މަޢުލޫމާތު ލިބޭ ގޮތުގައި އޭނާއަށް އަނިޔާވީ ދަގަނޑު ހޮޅިއަކުން މޫނުމަތީގައި ޖެހިގެންނެވެ.
ދިވްޔާއަށް އަނިޔާވެފައިވަނީ އެކްޝަން ސީކުއެންސެއް ޝޫޓްކުރަން އުޅުމުގެ ތެރޭގައި ކަމަށް މަޢުލޫމާތު ލިބެއެވެ. އަދި މިވަޤުތު އިނގިރޭސި ވިލާތުގައި ހުރި ދިވްޔާ، އޭނާއަށް އަނިޔާވިކަން ހާމަކޮށް ވަނީ އިންސްޓަގްރާމުގައި ޕޯސްޓެއް ވެސް ކޮށްފައެވެ.
2004ވަނަ އަހަރު ފިލްމީ ކެރިއަރު ފެށި ދިވްޔާ އެންމެ ފަހުން ފެނިގެންދިޔައީ 2021 ވަނަ އަހަރު ރިލީޒްކުރި، މިލަޕް ޒަވޭރީގެ އެކްޝަން/ތުރިލަރ "ސަތިޔަމޭވާ ޖަޔާތޭ 2"އިން ޖޯން އަބްރަހަމާއެކުގައެވެ. އަދި ދެން އޭނާ އެންމެ އަވަހަށް ފެނިގެންދާނީ "ޔާރިޔާން 2"އިންނެވެ.
