މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ތައާރަފްކުރި އޯޕަންއޭއައިގެ ޗެޓްޖީޕީޓީ އަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވެ އެވެ. ޗެޓްބޮޓަކީ ތަފާތު ރިކުއެސްޓްތަކަށް ޖަވާބު ލިބޭ ފުރިހަމަ ބަހުގެ ވަސީލަތެކެވެ. އެސައިމެންޓްތަކުގައި މަސައްކަތް ކުރުމާއި އީމެއިލް ލިޔުމުން ފެށިގެން އާންމުކޮށް ކުރާ ސުވާލުތަކަށް ޖަވާބުދާރީވުމާ ހަމައަށް މި ބޮޓުން އެ ހުރިހާ ކަމެއް ކުރަމުން އަންނައިރު ޓެކްނޮލޮޖީގެ ތަރައްގީގެ އާ މަރުހަލާތަކަށް ދުނިޔެ ވަނީ ތައްޔާރުކޮށްފަ އެވެ. ހަމައެކަނި އެކަންޏެއް ނޫން، މުޅި ދުނިޔޭގައި ވަޒީފާގެ މުސްތަގުބަލާ މެދު އޭއައި އިން ވަނީ ކަންބޮޑުވުންތަކެއް އުފެދިފަ އެވެ. މިހާރު އޯޕަންއޭއައި އިން ވަނީ ޕްރޮފެޝަނަލް އަދި އެކަޑަމިކް ބައެއް މަސައްކަތްތަކުގައި އިންސާނީ ފެންވަރުގެ ޕާފޯމަންސް ދައްކުވައިދޭ އެއައި ޓެކްނޮލޮޖީ ކަމަށްވާ ޖީޕީޓީ-4 ތައާރަފްކޮށްފަ އެވެ.
ކުންފުނީގެ ބްލޮގުން ބުނާ ގޮތުގައި އެންމެ ފަހުގެ ޗެޓްބޮޓަކީ "ކުރިއަށް ވުރެ ބޮޑަށް އުފެއްދުންތެރި އަދި އެއްބާރުލުންދޭ" ޗެޓްބޮޓެއް ކަމަށާއި، އޭގެ ކުރީގެ ވަރޝަންތަކަށް ވުރެ "އުނދަގޫ މައްސަލަތައް މާ ޞައްޙަކަމާއެކު ހައްލުކުރާނެ" ކަމަށެވެ.
އެންމެ ފަހުގެ ވަރޝަން މާ ޞައްޙަވާނެ ކަމަށާއި -- ކުރިއަށް އޮތްތަނުގައި -- ޓެކްނޮލޮޖީއަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި އިމޭޖް އަދި ޓެކްސްޓް އިންޕުޓްތަކުން ވެސް ލިބޭނެ ކަމަށް އޭއެފްޕީން ރިޕޯޓްކޮށްފައިވެ އެވެ.
ދެން އަންނަ އެޑްވާންސް ތައްޔާރު ކުރުމަށް އޯޕަންއޭއައި އިން މަސައްކަތް ކުރީ ޕާޓްނަރ ކުންފުންޏެއް ކަމަށްވާ ބީ މައި އައިސް އާ ގުޅިގެންނެވެ.
އެންމެ ފަހުގެ ޗެޓްބޮޓްގައި އިންޓަނެޓުން އުފައްދާ ގިނަ އަދަދެއްގެ މައުލޫމާތު ހުންނައިރު، ޔޫޒަރުންގެ ސުވާލުތަކަށް ތަފްސީލީ ޖަވާބެއް ދެވޭނެ އެވެ. އެއީ އިންސާނާގެ ވާހަކަތަކާ ވައްތަރު ވާހަަކަތަކެއް އުފެއްދިދާނެ އެއްޗެކެވެ. އެއީ ޖީޕީޓީ 3.5 ޓެކްނޮލޮޖީގެ މައްޗަށް ބިނާކޮށް މިހާރު ހުރި ޗެޓްޖީޕީޓީއަށް ގެނެސްދޭ އަޕްގްރޭޑެކެވެ.
އާ މޮޑެލްގެ ފަޔަރޕަވަރުގެ ބޮޑު ބައެއް މިހާރު އާންމު ރައްޔިތުންނަށް ލިބެން ހުރީ އޯޕަންއޭއައިގެ ޕެއިޑް ސަބްސްކްރިޕްޝަން ޕްލޭން ކަމަށްވާ ޗެޓްޖީޕީޓީ ޕްލަސް އާއި މިހާރު ޓެސްޓް ކުރަމުންދާ މައިކްރޮސޮފްޓްގެ ބިންގް ސަރޗް އިންޖީނުގެ އޭއައި ޕަވަރޑް ވާޝަނެއްގައި ކަމަށް އޭއެފްޕީން ބުނެއެވެ.
އެ ކުންފުނިން ބުނީ ޗެޓްޖީޕީޓީގެ އެންމެ ފަހުގެ ވަރޝަން ރޭލްތަކުން ފައިބައިގެން ދިއުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށާއި ޗެޓްޖީޕީޓީ ނުވަތަ ބިންގްގެ ޗެޓްބޮޓާ މުއާމަލާތްތައް ގިނައިން ރިޕޯޓްކޮށްފައިވާ ކަމަށާއި އެ ޗެޓްބޮޓްގައި ޔޫޒަރުންނަށް ދޮގުތަކާއި ފުރައްސާރަ ނުވަތަ "ހެލޫސިނޭޝަން" ޗެޓްބޮޓުން ހުށަހަޅާފައިވާ ކަމަށެވެ.
އެ ކުންފުނިން ބުނެފައި ވަނީ ޖީޕީޓީ-4 އަކީ ކްރިއޭޓިވިޓީ، ވިޝުއަލް ކޮމްޕްރެހެންޝަން، އަދި ކޮންޓެކްސްޓް ހެންޑްލިން ފަދަ ތިން ދާއިރާއަކުން ކުރިއަރާފައިވާ ކުންފުންޏެކެވެ.
"ޖީޕީޓީ-4 ރައްކާތެރި އަދި ރަނގަޅު ކުރުމަށް ހަ މަސް ދުވަސް ހޭދަވި. ޖީޕީޓީ-4 އިން ހުއްދަ ނުކުރެވޭ ކޮންޓެންޓަށް އެދުމުން ޖަވާބުދާރީވުމުގެ ފުރުސަތު 82 ޕަސެންޓް ދަށްކޮށް، ހަގީގީ ޖަވާބުތައް ދިނުމުގެ ފުރުސަތު 40 ޕަސެންޓް ބޮޑު،" އޯޕަންއޭއައި އިން ބުންޏެވެ.
ފައުންޑަރ ސޭމް އޮލްޓްމަން އެއްބަސްވި ގޮތުގައި ޖީޕީޓީ-4 އަކީ އަދިވެސް އުނިކަމެއް ހުރި، ލިމިޓެޑް އެއްޗެއް ކަމަށާއި، އަދިވެސް ފުރަތަމަ ބޭނުން ކުރުމުން ގިނަ ވަގުތު ހޭދަކުރުމަށްފަހު ލިބޭ ވަރަށް ވުރެ ބޮޑަށް ތަސައްރަފު ފުދިފައިވާ ކަމަށް ފެންނަކަމަށެވެ.
