މައިކްރޮސޮފްޓުން އޯޕަންއޭއައި ޓެކްނޮލޮޖީގެ އެހީގައި މުޅި ލައިނަޕް އޯވަހޯލް ކުރުމަށް ކުރާ މަސައްކަތުގެތެރެއިން އެކުންފުނީގެ އެންމެ ދުވަސްވީ އަދި އެންމެ މަޝްހޫރު އެއް އުފެއްދުން ކަމަށްވާ އޮފީސް އެޕްތަކަށް ޗެޓްބޮޓް ހިމެނުނަށް މަސައްކަތް ފަށާއިފިއެވެ.
އެކްސެލް، ޕަވަރޕޮއިންޓް، އައުޓްލޫކް އަދި ވޯޑް ހިމެނޭ މި ސޮފްޓްވެއާގައި އޯޕަންއޭއައިގެ އާ ޖީޕީޓީ-4 އާޓިފިޝަލް އިންޓެލިޖެންސް ޕްލެޓްފޯމް ބޭނުންކުރަން ފަށާނެ ކަމަށް މައިކްރޮސޮފްޓުން ބުރާސްފަތި ދުވަހު ވަނީ ބުނެފައެވެ.
“ކޮޕައިލެޓްސް” ގެ ނަމުގައި އޭއައި ޕަވަރޑް އެސިސްޓެންޓުންނަށް ޑޮކިއުމަންޓްތަކާއި އީމެއިލްތަކާއި ސްލައިޑް ޑެކްތައް އުފައްދާ ކޯޕަރޭޓް ފައިލްތައް ސްކޭންކޮށް ކޮންފަރެންސް ކޯލްތައް އަޑުއެހުމުގެ ކުޅަދާނަކަން ލިބިގެންދާނެއެވެ.
ކުރިއަށް އޮތް މަސްތަކުގައި މި ޓެކްނޮލޮޖީ ތައާރަފްކުރާއިރު، މައިކްރޮސޮފްޓުން މިހާރުވެސް ދަނީ 20 ކުންފުންޏަކާއެކު މި ޓެކްނޮލޮޖީ ޓެސްޓް ކުރަމުންނެވެ.
އާ ޓެކްނޮލޮޖީގެ ސަބަބުން "މޮޅު ކޮންޓެންޓް، މޮޅު ޑޮކިއުމަންޓް، މޮޅު ޕަވަރޕޮއިންޓް، އާޓް" އުފެއްދުމުގެ އިތުރުން ސުވާލުތައް ބޭނުންކޮށްގެން ތަޖުރިބާކާރު ތަހުލީލުތައް ކުރުމަށް އެހީތެރިވެދޭނެ ކަމަށް ވެސް މައިކްރޯސޮފްޓުން ހާމަކުރެއެވެ.
މައިކްރޮސޮފްޓުން މިހާރު ވެސް ބިންގް ސަރޗް ޕްރިވިއުގައި މި ސިސްޓަމް ބޭނުން ކުރަމުން އަންނަތާ އެތައް ހަފްތާއެއް ވެއްޖެ އެވެ. ނަމަވެސް ޗެޓްބޮޓުން ބައެއް މީހުންނަށް އާދަޔާ ހިލާފު ނުވަތަ ނޭދެވޭ ވާހަކަތަކެއް އުފައްދަމުންދާ ކަމަށް ގިނަ ރިޕޯޓްތަކަކަށް ފަހު، އެކުންފުނިން ވަނީ ޖަވާބުދާރީވުން ހަނިކުރަން ފަށާފަ އެވެ.
އޯޕަންއޭއައި އަށް 10 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ ޑޮލަރު އިންވެސްޓް ކުރަމުން އަންނަ މައިކްރޮސޮފްޓުން ވަނީ ސޭލްސް އަދި ކަސްޓަމަރ އެޕްލިކޭޝަންތަކަށް ކޮޕީލޮޓް ސޮފްޓްވެއާގެ އިތުރުން ޕްރޮގްރާމިން ކޯޑް ލިޔުމަށް ގިޓްހަބް ޔުނިޓުން ޕްރޮޑަކްޓެއް ވެސް ނެރެފަ އެވެ.
