މިއީ ހަގީގަތުގައި އާންމުކޮށް ވާހަކަ ދައްކާ އުޅޭ މައުޟޫއެއްނޫނެވެ. މިއީ އަންޑަރވެއަރއޭ – ކާކުހޭއަޅާލާނީ ބުނެ ހަނދާން ނައްތާލެވޭ މައުޟޫއެކެވެ. އެކަމަކު ކޮލިޓީދަށް، ރަނގަޅު ސަޕޯޓެއްނެތް އަންޑަރވެއާރ ގެ ސަބަބުން ނުތަނަވަސްކަމާއި ދިގުމުއްދަތުގައި ސިއްހީ މައްސަލަތައް ކުރިމަތިވަނީ ކިތައް ފިރިހެނުންނަށް ހެއްޔެވެ؟

ރަނގަޅު ސަޕޯޓެއް ބޭނުންވާނަމަ އެންމެ ރަނގަޅީ ހެޔޮވަރު ޖަނގިޔާ ބޭނުންކުރުމެވެ. މިއީ ބޮޑަށް ހަރަކާތްތެރިވެ އުޅެންޖެހޭ ފަރާތްތަކާއި ކުޅިވަރުތައް ކުޅެެއުޅޭ މީހުންނަށް އެންމެ ރަނގަޅު ބާވަތެވެ. ފުޓްބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމްވެސް ބުނެފައިވަނީ ފުޓްބޯޅަކުޅޭއިރު ބޭނުންކުރަން އެންމެ ރަނގަޅީ ޖަނގިޔާ ކަމުގައެވެ. އެހެންކަމުން ގިނަވަގުތު މަސައްކަތުގައި އުޅޭނަމަ ޖަނގިޔާ އަކީ އެންމެ ރަނގަޅު އޮޕްޝަނެވެ. އަދި ރާއްޖެފަދަ ހޫނު ގައުމުތަކުގެ މީހުންނަށް ރަނގަޅީ ހުދު ޖަނގިޔަލެވެ. ސަބަބަކީ ހޫނުގެ ސަބަބުން ދިމާވާ ހަމުގެ މައްސަލަތަކުން ދުރުކޮށްދޭތީއެވެ.

ހުސްވަގުތުތަކާއި , ނިދާގަޑިތަކުގެ އިތުރުން އާންމުކޮށް އުޅޭއުޅުމުގައި ބޮކްސަރއަކީ އެންމެ ގިނަބަޔަކަށް ކަމުދާ ބާވަތެވެ. ޚާއްސަކޮށް ކޮޓަން ބޮކްސަރ އަކީ ލައިގެން އުޅެން ފަސޭހަ ހަށިގަނޑަށް ލުއި ބާވަތެކެވެ. ބޮކްސަރ އަކީ ޖަނގިޔާއަށް ވުރެން ބޮޑަށް ނިވާކޮށްދޭ އެއްޗަކަށްވާތީ އާންމުކޮށް ބޭނުންކުރަން ބޮކްސަރ މާ ފަސޭހައެވެ. އަދި ދޫކޮށްހުންނަ އެއްޗެއްކަމުން ވައިދައުރުވުމަށް އެހީވެދޭތީ ހަމުގެ މައްސަލަ ތަކުން ރައްކާތެރި ކޮށްދެއެވެ.

ފިރިހެނުންގެ ކޮންމެ ވައްތަރެއްގެ އަންޑަރވެއާރެއްގައި ވެސް އޭގެ ފައިދާތަކާއި ގެއްލުންތައް ހުރެއެވެ. މުހިންމީ ހަށިގަނޑުގެ ވައްތަރަށް އެންމެ އަރާމު އެއްޗަކީ ކޮބައިތޯ - އަދި ފިރިހެންވަންތަކަން ރައްކާތެެރިކުރުަމަށް އެންމެ ރަނގަޅު ބާވަތަކީ ކޮބައިތޯ ދެނެގަތުމެވެ.

މާ ބާރު ޖަނގިޔާ ބޭނުންކުރުމަކީ ފިރިހެނުންގެ ސިއްހަތަށް ގެއްލުންހުރިކަމެކެވެ. އެހެންކަމުން ފިރިހެނުން ބޭނުންކުރަން ރަނގަޅީ ބޮކްސަރ އަދި ޖަނގިޔާ ދެބާވަތެވެ.