އެއިޖިއަން ސީ އަށް އައި ބާރުގަދަ ބިންހެލުމާއި، އަދި ބިންހެލުމާއި ގުޅިގެން އުފެދުނު ސުނާމީގައި ގިނަ ބަޔަކު މަރުވެ، ބޮޑެތި ގެއްލުންތަކެއް ލިބުމާއި ގުޅިގެން ތުރުކީ ވިލާތަށާއި، ގްރީސްއަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.
ދެޤައުމުގެ ޚާރިޖީ ވަޒީރުންނަށް ރޭ ވަކިވަކިން ފޮނުއްވި މެސެޖްގައި މިނިސްޓަރ ޝާހިދު ވަނީ މިކާރިސާތަކުގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ރައްދުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި މިހިތާމަވެރި ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކުގައި ކަމަށް ވިދާޅުވެ، ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ ގްރީސް އަދި ތުރުކީވިލާތުގެ ސަރުކާރާއި ރައްޔިތުންނާއެކުގައި ކަމަށް ވިދާޅުވިއެވެ. އަދި މީހުން ސަލަމާތްކުރުމުގެ މަސައްކަތް ވީހާވެސް އޮމާންކޮށް، އަވަސް މިނެއްގައި ކުރިއަށްދާނެކަމަށް އުއްމީދުކުރައްވާކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
ޚަބަރު
އެއިޖިއަން ސީ ސަރަހައްދަށް އައި ބިންހެލުމާއި ގުޅިގެން ތުރުކީވިލާތަށާއި ގްރީސްއަށް މިނިސްޓަރ ޝާހިދު ހަމްދަރުދީގެ މެސެޖް ފޮނުއްވައިފި

އެހެނިހެން ލިޔުން