މާޗް 15 ވަނަ ދުވަހު ކެލިފޯނިއާގެ މަލިބޫގައި ޑިކް ވެން ޑައިކްގެ ކާރު ގޭޓެއްގައި ޖެހި އެކްސިޓެންޓެއް ހިނގިއިރު އެ ހާދިސާ ހިނގާފައި ވަނީ އެކްޓަރުގެ ކާރު މަގުމަތީގައި ކައްސާލައިގެން ކޮންޓްރޯލް ގެއްލިގެންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އުމުރުން 97 އަހަރުގެ މި އެކްޓަރަށް ކުދިކުދި އަނިޔާތަކެއް ލިބިފައިވެއެވެ. އެގޮތުން ނޭފަތުން ލޭއައުން އަދި ކޮންކަޝަން ވެސް ހިމެނެ އެވެ. ފުލުހުންގެ އޮފިޝަލުން ބުނާ ގޮތުގައި މި ހާދިސާ ހިނގި ވަގުތު އެކްޓަރު އިނީ އޭނާގެ ރިހި ކުލައިގެ 2018 ލެކްސަސް އެލްއެސް 500 ގެ ޑްރައިވިން ސީޓްގަ އެވެ. ބަނގުރާ ނުވަތަ މަސްތުވާތަކެތި ބޭނުންކުރި ކަމުގެ އެއްވެސް އަސަރެއް ނުފެނުނު ނަމަވެސް، ފުލުހުން ވަނީ އޭނާގެ ޑްރައިވިން ޓެސްޓް އަލުން ހެދުމަށް ޑިޕާޓްމަންޓް އޮފް މޮޓޯ ވެހިކަލްސްގައި އެދިފަ އެވެ.
މިއީ ‘ޗިޓީ ޗިޓީ ބެންގް ބޭންގް’ގެ އެކްޓަރު ކާރު އެކްސިޑެންޓެއްވި ފުރަތަމަ ފަހަރެއް ނޫނެވެ. ހޮލީވުޑްގެ އެކްޓަރު ވަނީ މީގެ ދިހަ އަހަރު ކުރިން ލޮސް އެންޖެލިސްގައި އޭނާގެ އަނދަމުންދިޔަ ޖަގަވާ އިން ސަލާމަތްކޮށްފަ އެވެ. އޭނާ ވަނީ އެ ޖަގްވާ ގޮވުމުގެ ކުޑަ އިރުކޮޅެއް ކުރިން ސަލާމަތްކޮށްފައެވެ. އެންމެ ފަހުން ދިމާވި ހާދިސާއިން އެކްޓަރު ސަލާމަތްވީ ހަމައެކަނި ކުދިކުދި އަނިޔާތަކަކާ އެކު ކަމަށާއި ޕެރެމެޑިކްސްގެ ފަރާތުން ވަގުތުން ފަރުވާ ވެސް ލިބުނުކަމަށް އެމެރިކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
އެންމެ ފަހުން އާންމުކޮށް އެކްޓަރު ފެނިގެންދިޔައީ ރިއަލިޓީ ޝޯ ‘ދަ މާސްކްޑް ސިންގަރ’ އިންނެވެ. އައިކޮނިކް ތަރި ފްރެންކް ސިނަޓްރާގެ “ވެން ޔޫ އާ ސްމައިލިންގް” ގެ ފޯރިގަދަ ޕާފޯމަންސަކާއި އެކު އޭނާ ވަނީ ބެލުންތެރިން ހައިރާންކޮށްލާފައެވެ.
