ފިލްމު ތަކަށް ބަލާއިރު ރަންވީރު ސިންގް އަށް 2022 ވަނަ އަހަރަކީ އެންމެ ރަނގަޅު އަހަރެއް ނޫނެވެ. އޭނާގެ ފިލްމު "ސަރކަސް" އާއި ޖަޔޭޝްބާއީ ޖޯރްދާރް އަށް ބޮކްސް އޮފީހުގައި ރަނގަޅު ނަތީޖާއެއް ނުނެރެވުނެވެ.
ނަމަވެސް ކްރޮލްގެ ސެލެބްރިޓީ ބްރޭންޑް ވެލިއުއޭޝަން ރިޕޯޓް 2022 އިން ދައްކާ ގޮތުގައި ރަންވީރު ސިންގް އަކީ 2022 ވަނަ އަހަރުގެ އިންޑިއާގެ އެންމެ އަގުބޮޑު ސެލެބްރިޓީ ކަމަށާއި، އޭނާގެ ބްރޭންޑް ވެލިއު އަކީ 181.7 މިލިއަން ޑޮލަރު (1500 ކްރޯޑް ރުޕީސް)ކަމުގައިއެވެ 2021 ވަނަ އަހަރާ ހަމައަށް ޖެހިޖެހިގެން ފަސް އަހަރު އެންމެ ކުރީގައި އޮތް ކްރިކެޓް ކުޅުންތެރިޔާ ވިރާތު ކޯލީ ފަހަތަށް ޖައްސާލާފައިވާއިރު، އަކްޝޭ ކުމާރު، އާލިއާ ބަޓް، ދީޕިކާ ޕަޑޫކޯން، ޝާހްރުކް ޚާން، އަމީތާބް ބައްޗަން، އަދި ރިތިކް ރޯޝަން ވެސް ވަނީ ގަދަ 10 ގެ ލިސްޓަށް ހިމެނިފަ އެވެ.
ހަމައެކަނި ބޮލީވުޑް ތަރިން ނޫން، ދެކުނު އިންޑިއާގެ ތަރިން ކަމަށްވާ އައްލޫ އަރްޖުން އާއި ރަޝްމިކާ މަންދާނާ ވެސް 2022 ވަނަ އަހަރުގެ އެންމެ އަގުހުރި މަޝްހޫރު މީހުންގެ ލިސްޓުގައި ފުރަތަމަ ފަހަރަށް ހިމެނިފައިވެއެވެ. ޕުޝްޕާ ތަރިގެ އައްލޫ އަރްޖުން 20 ވަނައިގައި އޮތީ 31.4 މިލިއަން ޑޮލަރުގެ ބްރޭންޑް ވެލިއުއަކާ އެކު އެވެ. މީގެ އިތުރުން ރަސްމިކާ އެ ލިސްޓު 25ވަނަ އަށް އަރާފައއިވަނީ 25.3 މިލިއަން ޑޮލަރުގެ ވެލިއުއަކާއި އެކުއެވެ.
