ކަބީސާ އެނަރޖީ ޑްރިންކް އަކީ ކޮބައިކަން ކިޔާލަދީ އާންމުންނަށް ރަހަ ދައްކާލުުމުގެ ގޮތުންޚާއްސަ ޕްރޮމޯޝަނެއް ބާއްވައިފިއެވެ.
މި ޕްރޮމޯޝަންގެ މައިގަނޑު މަޤްސަދަކީ ވީހާވެސް ގިނަބަޔަކަށް ރަހަ ދައްކާލުމެވެ.

ބިދާބިން ބޮޑުބެރު ގްރޫޕުގެ ޚާއްސަ ހުށައެޅުންތަަކާއި އެކު ކުރިއަށްދިޔަ މި ޕްރޮގްރާމް މާލޭގެ ދެސަރަހައްދެއްގައި ކުރިއަށްގެންދިޔައެވެ. އެއީ ރާޅުގަނޑު ސަރަހައްދާއި ރަސްފަންނު ސަރަހައްދެވެ.

ޕޮލެންޑްގެ މަޝްހޫރު ޓޮޕް އެނަރޖީ ޑްރިންކެއް ކަމުގައިވާ ކަބީސާ އެނަރޖީ ޑްރިންކަކީ ޔޫރަޕްގެ އެންމެ ރަނގަޅު އެނަރޖީ ޑްރިންކްތަކުގެ ތެރެއިން އެއް ޑްރިންކެވެ. ސަބަބަކީ އެހެން ބައެއް އެނަރޖީ ޑްރިންކުތަކާއި ހިލާފަށް ކަބީސާ ގައި އާޓިފިޝަލް ސްވީޓެނަރސް ނުވަތަ އެޑިޓިވްސް އެކުލެވިގެންނުވެއެވެ.

މި ޑްރިންކް ރާއްޖެ އެތެރެކޮށް ޑިސްޓްރިބިއުޓްކުރާ މާސްޓަރ ޑިސްޓްރިބިއުޝަނުން ހާމަކުރިގޮތުގައި ރާއްޖޭގައި މިދަޅު 27 ރުފިޔާއަށް ރީޓެއިލް ކުރާ އެކި ފިހާރަތަކުގައި ލިބެން ހުންނާނެއެވެ. މިދަޅު ހޯލްސޭލްކޮށް ބައްލަވައިގަންނަވަން ބޭނުންފުޅުވެލައްވާނަމަ 7996331 ނުވަތަ މާސްޓަރ ޑިސްޓްރިބިއުޝަންގެ ނަންބަރު 7611755 އަށް ގުޅުމުން ހޯލްސޭލްކޮށް ބައްލަވައި ގަނެވޭނެއެވެ.
