ޕްލާސްޓިކް އަދި އެލްމިނިއަމް ފޮއިލް އަކީ މައިކްރޯވޭވް ކުރުން ރަނގަޅުނޫން ތަކެތި ކަން އަޅުގަނޑުމެނަށް އެގޭއިރު , މައިކްރޯވޭވް ކޮށްގެން ބޭނުން ކުރުން ރަނގަޅުނޫން ބައެއް ކާނާ ހުންނަކަން އެނގިލައްވާތޯއެވެ.

ކައްކާފައި ހުންނަ ބިސް

ތޮށްޓާއި އެއްކޮށްވިޔަސް ނުވަތަ ތޮށި ނޮޅާފައި ހުރި ނަމަވެސް، ހަރުކޮށް ކައްކާފައި ހުންނަ ބިހެއް މައިކްރޯވޭވްގައި ކައްކާއިރު، އެތެރޭގައި ހުންނަ ތެތްކަމުން، ޕްރެޝަރ ކޫކަރެއް ފަދައިން، ބިސް ގޮވާ ވަރަށް އިންތިހާއަށް ހޫނު ޖަމާވެއެވެ! އަދި އެއަށްވުރެ ބިރުވެރި ކަމަކީ ހޫނުކުރުމަށްފަހު ބިސް އަތުގައި، ތަށީގައި ނުވަތަ އަނގައިގައި ވެސް ފަޅައިގެން ގޮސްދާނެ އެެވެ. ބިސް ސްޓީމް ބޮމްބަކަށް ބަދަލު ނުކުރުމަށްޓަކައި އަލުން ހޫނުކުރުމުގެ ކުރިން ކުދިކުދި އެތިކޮޅުކޮޅަށް ކޮށާލާށެވެ، ނުވަތަ އެންމެ ރަނގަޅީ މައިކްރޯވޭވް ކުރުމުން ދުރުހެލިވުމެވެ.

ގާތުންދޭ ކިރު

ގިނަ މައިން ގާތުންދޭ ކިރު ފްރީޒްކޮށް ފަހުން ބޭނުން ކުރުމަށް ރައްކާކުރާއިރު، މިއީ މައިކްރޯވޭވްގައި އަލުން ހޫނު ނުކުރާހާ ހިނދަކު ވަރަށް ރަނގަޅު ކަމެކެވެ. މައިކްރޯވޭވް އިން ކާނާގެ ތަށީގައި ހޫނުކުރާއިރު އެއްވަރަކަށް ހޫނު ނުކުރާ ގޮތަށް، ކިރު ފުޅިއެއް ވެސް އެކިވަރުވަރަށް ހޫނުކޮށް، ތުއްތު ކުއްޖާގެ އަނގައާއި ކަރު ވަރަށް ބޮޑަށް ފިހިދާނެހެން“ހޫނު ތަންތަން” އުފެދިދާނެ އެވެ. ދެން އޮތީ ޕްލާސްޓިކް އަލުން ހޫނުވުމުން ކުރިމަތިވާ ކާސިނޯޖެން ހެޒަރޑެވެ. އެފްޑީއޭ އިން ލަފާދެނީ ގާތުންދޭ ކިރާއި ފޯމިއުލާ އުނދުންމަތީގައި ހުންނަ ތެއްޔެއްގައި އަލުން ހޫނުކުރުމަށް ނުވަތަ ހޫނު އިސްކުރު ފެން ބޭނުންކުރުމަށެވެ. މިކަމުގެ ހައްލެއްގެ ގޮތުން މައިކްރޯވޭވްގައި ފެން ތަށި ހޫނުކޮށްފައި އޭގެ ތެރެއަށް ކިރު ޕެކެޓް ނުވަތަ ފުޅިއެއް ލާފައި ހޫނުކުރެވި ދާނެ އެވެ.

ޕްރޮސެސްޑް މީޓް

ގިނަ ފަހަރަށް ޕްރޮސެސްޑް މަސްތަކުގައި ކެމިކަލްތަކާއި ޕްރިޒަރވޭޓިވްސް އެކުލެވިގެންވާތީ އެ މަހުގެ ޝެލްފް ލައިފް ދިގުކޮށްދެ އެވެ. ހިތާމައަކީ އެތަކެތި މައިކްރޯވޭވް ކުރުމުން އެ މާއްދާތައް އިތުރުވެ ސިއްހަތަށް ގޯސްވެދާނެތީ އެވެ. ޕްރޮސެސްޑް މަސް މައިކްރޯވޭވް ކުރުމުގައި އަޅުގަނޑުމެންނަށް ނޭނގި ނަމަވެސް އެ ޕްރޮސެސްގައި އޮކްސިޑައިޒްޑް ކޮލެސްޓްރޯލް ފަދަ ކެމިކަލް ބަދަލުތަކެއް ކުރިމަތިވެދާނެ ކަމަށް ޖާނަލް އޮފް އެގްރިކަލްޗަރަލް އެންޑް ފުޑް ކެމިސްޓްރީގައި ޝާއިއުކޮށްފައިވާ ދިރާސާއަކުން ދައްކަ އެވެ. ފުޑް ކޮންޓްރޯލް ޖާނަލްގައި ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ޕްރޮސެސްޑް މަސްތައް މައިކްރޯވޭވް ރޭޑިއޭޝަން އަށް ހުށައެޅެމުންގޮސް އަލުން ހޫނުވުމުން ކޮލެސްޓްރޯލް އޮކްސިޑޭޝަން ޕްރޮޑަކްޓްސް (ސީއޯޕީ) އުފެދުމަށް މަގުފަހިވާ ކަމަށާއި އެއީ ކޮރޮނަރީ ހާޓް ޑިޒީޒް އުފެދުމާ ގުޅުން ހުރި ކަމެއް ކަމަށެވެ. ރީހީޓް ކާނާތަކަށް މީލް ޕްރެޕް ކުރާ އެހެން ގޮތްތަކާ އަޅާބަލާއިރު، ޕްރޮސެސްޑް މީޓްސް މައިކްރޯވޭވް ކުރުމުން ކެއުމަށް ސީއޯޕީސް ތައާރަފް ކުރުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ބަތް

ހަޤީޤަތުގައި ބަތް އާދެ، ފުޑް ސްޓޭންޑަރޑްސް އެޖެންސީން ބުނާ ގޮތުގައި މައިކްރޯވޭވް ބަތުން ބައެއް ފަހަރު ކާނާ ވިހަވުން ފަދަ ކަންކަން މެދުވެރިވެދާނެއެވެ. ބަތުގެ މައްސަލައަކީ އާންމުކޮށް ބެސިލަސް ސެރިއަސް ކިޔާ ވަރަށް ދިފާޢީ ބެކްޓީރިއާއެއް އޭގައި ހުރުމެވެ. ހޫނުކުރުމުން މި ބެކްޓީރިއާ މަރުވި ނަމަވެސް، އިންޓަނޭޝަނަލް ޖާނަލް އޮފް ފުޑް މައިކްރޯބަޔޮލޮޖީ އިން ހޯދިފައިވާ ހޯދުންތަކުން ދައްކާ ގޮތުގައި ވިހަ ސްޕޯރސް އުފެދިފައި ހުރެދާނެ- އަދި ހައިރާން ކުރުވަނިވި ގޮތަކަށް ހޫނުން ދިފާޢުވެއެވެ. ގިނަ ދިރާސާތަކުން ކަށަވަރުވާ ގޮތުގައި މައިކްރޯވޭވް އިން ނެރެފަ ގޭގެ ފިނިހޫނުމިނުގައި ބަތް ބެހެއްޓުމުން އޭގައި ހިމެނޭ ކޮންމެ ސްޕޯރެއް ވެސް ގިނަވެ ކާނާ ވިހަވެދާނެ އެވެ. އެމެރިކާ ސަރުކާރުގެ ވެބްސައިޓް ފުޑް ސޭފްޓީގައި ބަޔާންކޮށްފައިވާ ފަދައިން: “ބީ. ސެރިއަސް އަކީ ވިހަ މާއްދާތައް އުފައްދާ ބެކްޓީރިއާގެ ވައްތަރެކެވެ. މި ވިހަތަކުގެ ސަބަބުން ދެ ވައްތަރެއްގެ ބައްޔެއް ކުރިމަތިވެދާނެ އެވެ: އެއް ވައްތަރަކީ ބޭރަށްހިންގުން، އަދި އަނެއް ވައްތަރަކީ މޭނުބައިކުރުމާއި ހޮޑުލުން ފަދަ އިމެޓިކް ޓޮކްސިން ކިޔާ ބާވަތެކެވެ. 

ކުކުޅު

މައިކްރޯވޭވް އާއި ބެހޭގޮތުން ވިސްނަންޖެހޭ އެންމެ މުހިންމު ކަމަކީ އޭގެ ހޫނުން އަބަދުވެސް ބެކްޓީރިއާ މަރާނުލާ ކަމެވެ. ސަބަބަކީ މައިކްރޯވޭވް ހޫނުވަނީ އެތެރެއިން ބޭރަށް ހޫނުވުމުގެ ބަދަލުގައި ބޭރުންނެވެ. އެގޮތުން، ބެކްޓީރިއާ ގިނައިން ހުންނަ ވަކި ކާނާ އަލުން ހޫނުވުމުން، މި ބެކްޓީރިއާ ސެލްތައް ދިރިހުރުމުން ބަލި ޖެހުމުގެ ނުރައްކާ ބޮޑުވާނެ އެވެ. މިކަން ވިސްނައިގެން ސަލްމޮނެލާ ތަޣައްޔަރުވުމުގެ ނުރައްކާ އޮތް ކުކުޅަކީ މައިކްރޯވޭވް އަށް ނުރައްކާތެރި ކާނާއަކަށް ވެދާނެ ސަބަބު ފާހަގަ ކުރެވޭނެ އެވެ. ކުކުޅު ކެއުމުގެ ކުރިން ރަނގަޅަށް ކައްކައިގެން ހުރި ހުރިހާ ބެކްޓީރިއާއެއް ނައްތާލަން ޖެހެ އެވެ. މައިކްރޯވޭވް އިން މަހުގެ ހުރިހާ ބައެއް ފުރިހަމައަށް ނުވަތަ އެއްވަރަކަށް ކައްކާފައި ނުވާތީ، ސަލްމޮނެލާ ފަދަ ދިރިހުރި ބެކްޓީރިއާތައް ހުރުމުގެ ފުރުސަތު ބޮޑެވެ. ދިރާސާއަކުން ދައްކާ ގޮތުގައި ރޯ މަސް އަލުން ހޫނުކުރި 30 ބައިވެރިންގެ ތެރެއިން މައިކްރޯވޭވް ބޭނުންކުރި 10 މީހުން ބަލިވިއިރު، ސްކިލެޓް ބޭނުންކުރި 20 މީހުން ވެސް ބަލިނުވެއެވެ. ޝައްކު އުފެދޭ ވަގުތުތަކުގައި އުނދުންޚިޔާރު ކުރާށެވެ!

ފަތް

ސެލެރީ، ކޭލް ނުވަތަ ސްޕިނެޗް ރައްކާކުރަން ބޭނުންނަމަ މައިކްރޯވޭވް އަށް ވުރެ ކޮންވެންޝަނަލް އަވަނެއްގައި އަލުން ހޫނު ކުރުން ރަނގަޅެވެ. މައިކްރޯވޭވްގައި ހޫނު ކުރާއިރު ގުދުރަތީ ގޮތުން އުފެދޭ ނައިޓްރޭޓްސް ނައިޓްރޯސަމިންސް އަށް ބަދަލުވެދާނެ ކަމަށާއި އެއީ ކެންސަރު ޖައްސާ އެއްޗަކަށް ވެދާނެ ކަމަށް ދިރާސާތަކުން ދައްކަ އެވެ.

މިރުސް

މައިކްރޯވޭވްގައި ތޮޅި މިރުސް އަލުން ހޫނުކުރުމުން، ކެޕްސައިސިން - މިރުހަށް މީރު ރަހަ ލިބޭ ކެމިކަލް - ވައިގެ ތެރެއަށް ދޫކޮށްލަ އެވެ. ވައިގެ ތެރޭގައި ހުންނަ މި ކެމިކަލްގެ ސަބަބުން ލޮލާއި ކަރުން ދިލަނަގަ އެވެ. ނިއުޔޯކުގެ ރޮޗެސްޓާގެ އެއް އެޕާޓްމަންޓް އިމާރާތެއް ހުސްކުރީ މައިކްރޯވޭވް ކުރި މިރުހެއްގެ ސަބަބުން އެތާ ދިރިއުޅޭ ރައްޔިތުން ކެއްސާ ކޮށިއަރަން ފަށާ ނޭވާލާން އުނދަގޫވުމުންނެވެ.

 ފްރުޓް

މައިކްރޯވޭވް ކުރާ ގްރޭޕްސް ފަދަ ފްރުޓުން ޕްލާސްމާ އުފައްދާނެ ކަމަށާއި މިއީ ގޭސް އަޔަނައިޒް ވެގެން ކަރަންޓް ދައުރުވާ ގޮތަށް އުފެދޭ މާއްދާއެކެވެ. ޔުނިވާސިޓީ އޮފް ނިއު އިންގްލޭންޑްގެ ފިޒިކްސް ލެކްޗަރާ ސްޓީވަން ބޯސީ، ޕީއެޗްޑީ، ވީޑިއޯއެއްގައި ދައްކާ ގޮތުގައި މައިކްރޯވޭވްގައި ޕްލޭން އޮލް’ ގްރޭޕްގެ ދެ ގްރޭޕް މައިކްރޯވޭވް ކޮށްލުމުން ޕްލާސްޓިކް ކޮންޓެއިނަރެއްގެ ތެރެއިން ލޯވަޅެއް އަޅާލެވޭ ވަރަށް ޕްލާސްމާ އުފެދިދާނެ އެވެ. އެހެން މޭވާތަކުން ޕްލާސްމާ ނުއުފެދުނު ނަމަވެސް މައިކްރޯވޭވް ކުރުން ރައްކާތެރިއެއްނޫނެވެ.