ކައިލާން ޓްރެންޑްސްގެ ފޭސްބުކް ޕޭޖަށް ލައިކް ކޮށް، ޕޯސްޓެއް ޝެއަރ ކޮށްގެން ޚާއްޞަ ގިފްޓް ޕެކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ. މިއަދުން ފެށިގެން މި ހިނގާ ނޮވެމްބަރ މަހުގެ 10 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގެ ދަށުން، ކައިލާން ޓްރެންޑްސްގެ ފޭސް ބުކް ޕޭޖަށް ލައިކް ކުރުމަށްފަހު، ޓައިމް ލައިންގައި ގިފްޓް ޕެކް ހިމެނޭ ގޮތަށް ޕޯސްޓް ކޮށްފައިވާ ޕޯސްޓަށް ލައިކް ކުރަން ޖެހެއެވެ. އަދި އެ ޕޯސްޓް ޝެއަރ ކޮށްލުމުން ޕްރޮމޯޝަންގައި ބައިވެރި ވެވުނީއެވެ. 

މި ޕްރޮމޯޝަންގެ ދަށުން، އިތުރު ހަދިޔާއެއް ބޭނުން ނަމަ، ފޭސްބުކް 3 ރަހުމަތްތެރިއަކަށް ޓެގްކޮށް އެޕޯސްޓްގައި ކޮމެންޓް ކުރަން ޖެހެއެވެ. އަދި މި ޓެގްކުރާ ކޮމެންޓަށް އެންމެ ގިނަ ލައިކްސް ލިބޭ ފަރާތަކަށް ވެސް ވަރަށް ޚާއްޞަ އިނާމެއް ދޭނެކަމަށް ކައިލާން ޓްރެންޑްސް އިން ހާމަކުރެއެވެ.

ކޮސްމެޓިކްސްއާއި އަދި ތަފާތު އެކި މުދާ އެއްތާކުން ލިބޭ ކައިލާން ޓްރެންޑްސްއަކީ މިހާރު ޒުވާނުންގެ މެދުގައި އެންމެބޮޑު މަޤްބޫލް ކަމެއް ހޯދަމުން އަންނަ ޚަލާލް މޭކަޕް ބްރޭންޑް އިޒަބެލް ޑުޕޮންޓްވެސް ރާއްޖެއަށް ތައާރަފްކޮށް މާރކެޓް ކުރަމުން އަންނަ ފަރާތެވެ. މީގެ އިތުރުން ތަފާތު އެކިވައްތަރުގެ ބޮޑީ ސްޕްރޭ އާއި ސެންޓް ހޯލްސޭލްކޮށް އެއްތާކުން އެންމެ އަގުހެޔޮކޮށް ލިބިވަޑައިގަންނަވާނީވެސް ކައިލާން ޓްރެންޑްސް އިން ނެވެ. އަދި ހަމަ އެއާއެކު މިދުވަސްވަރު ހޯލްސޭލްކޮށް ވިޔަފާރި ކުރައްވައިގެން ބޮޑީ ސްޕްރޭ ކޭހެއް ހިލޭ ލިބިވަޑައިގަންނަވާ ޕްރޮމޯޝަނެއްވެސް ކުރިއަށް ގެންދާ ކަމަށް ކައިލާން ޓްރެންޑްސް އިން މަޢުލޫމާތު ދެއްވައެވެ. 

ކައިލާންގެ ޓްރެންޑްސް ހޯލްސޭލް ކަސްޓަމަރުން ކޮންމެ ރަށެއްގައި ހުރެގެންވެސް ޚިދުމަތް ހޯއްދެވޭނެއެވެ. އެގޮތުން ކައިލާން ޓްރެންޑްސްގެ ހޯލްސޭލް ސެންޓަރ ނަންބަރ 7986474 އަށް ގުޅާލުމުން އެ ކަސްޓަމަރެއް ގަންނަން ބޭނުންވާ ޕްރޮޑަކްޓްގެ މަޢުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދެވޭނެއެވެ. އަދި އެދިވަޑައިގަންނަވާ ތާކަށް އަދި ބޯޓަކަށް ހިލޭ ގެންގޮސްދެވޭނެއެވެ. ކައިލާން ޓްރެންޑްސް ހޯލްސޭލް ސެންޓަރ ހުންނާނީ ގަލޮޅު ބޮޑުރަސްގެފާނު މަގު ސްޓެލްކޯ ކުރިމަތިން އޮންނަ މަގު ކޮޅުގައެވެ.