އެމެރިކާގެ އެކްޓަރު ޖޮނަތަން މޭޖާސްގެ މައްޗަށް މާރާމާރީ އާއި މީހަކަށް އަނިޔާ ކުރުމުގެ ދައުވާ އުފުލައިފިއެވެ.
މި ދައުވާ އޭނާގެ މައްޗަށް އުފުލާފައިވަނީ އޭނާ ދޫކޮށްލި ކަމަށް ރިޕޯޓްކޮށްފައިވާ ޚަބަރާއި އޭނާގެ ކުށެއް ނެތް ކަމަށް ބުނެ އޭނާގެ ވަކީލު ދިން ބަޔާނެއް ނެރެފައިވަނިކޮށެވެ. އެމެރިކާގެ ނޫހަކަށް މައުލޫމާތު ދެމުންނަން ނުޖެހޭ އެދިފައިވާ އަންހެން މީހެއް ބުނާ ގޮތުގައި އުމުރުން 33 އަހަރުގެ ޒުވާނާ އޭނާގެ ގައިގައި ޖަހާފައިވަނީ ހުޅުވާފައި ހުރި އަތުންކަމަށާއި މޫނަށް ވަރަށް ބޮޑަށް ތަދުވެ ކަންފަތުގެ ފަހަތުން ފަޅައިގެން ގޮސްފައިވާކަމަށެވެ.
އުމުރުން 30 އަހަރުގެ ތުހުމަތު ކުރާ އަންހެން މީހާ ބުނެފައިވަނީ މޭޖަރސް އެ އަންހެން މީހާ ކަރުގައި ހިފާފައި ވާކަމަށާއި ކަރު ވަރަށް ބޮޑަށް ނޫފައިގަންފައިވުމުގެ އިތުރުން މިކަމުގެ ސަބަބުން ކަނދުރާގައި ބޮޑެތި ރިހުންތަކެއް އުފެދިފައިވާކަމަށެވެ. ކްރީޑް ތިނެއްގެ ތަރި މި މާރިޗް މަހުގެ 25 ވީ ހޮނިހިރު ދުވަހު މެންހަޓަން އިން ހައްޔަރުކޮށްފައި ވަނީ ނިއުޔޯކް ޕޮލިސް ޑިޕާޓްމަންޓުން މާރާމާރީ ހިންގުމާއި މީހަކަށް ގަސްތުގައި އަނިޔާ ދިން ކަމުގެ ތުހުމަތުގަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މޭޖާސް ހައްޔަރުކުރުމަށް ފަހު ގާޒީއަކު ވަނީ އޭނާގެ އަމިއްލަ އިހުތިޔާރުގައި މޭޖާސް ދޫކޮށްލައި، ރައްކާތެރިކަމުގެ ލިމިޓެޑް އަމުރެއް ދީފަ އެވެ. މީގެއިތުރުން، އެކްޓަރުގެ ޖިނާއީ ދިފާއީ ވަކީލު، ޕްރިޔާ ޗައުދަރީ ވަނީ ހެކި ލިބިފައިވާ ކަމަށް ބުނެ، މޭޖާސް މައުސޫމްކަން ކަށަވަރުކޮށްދީފަ އެވެ.
ޖޮނަތަން މޭޖާސް އަކީ މުޅިން މައުސޫމް މީހެއް ކަމަށާއި އޭނާ ދަންނަ އަންހެނަކާ ޒުވާބު ކުރުމުގެ ޝިކާރައަކަށް ވެދާނެ ކަމަށް ބެލެވޭކަމަށާއި ވަރަށް އަވަހަށް ހެކާއި އެއްކޮށް ޑިސްޓްރިކްޓް އެޓާނީއަށް ހުށަހަޅަމުން ތައްޔާރުވަމުންދާކަމަށާއި ހުރިހާ ދައުވާއެއް ވަގުތުން ބާތިލްވާނެ ކަމުގެ އުންމީދުކުރާކަމަށް ވަކީލު ބުނިއެވެ.
