އިންޑިއާގައި އެންމެ ގަޔާވާ ކާބޯތަކެތީގެ ތެރޭގައި ހިމެނޭ ބިރިޔާނީ އަކީ މުޅި ރާއްޖޭގެ ކޮންމެ ރެސްޓޯރެންޓެއްގައި ވެސް ގާތްގަނޑަކަށް ލިބެން ހުންނަ އެއްޗެކެވެ. އަދި މަގުމަތީގައި ކާބޯތަކެތި ވިއްކާ ވިޔަފާރިވެރިން ވެސް ތައްޔާރުކޮށްގެން ވިއްކާ މަގުބޫލު ކެއުމެކެވެ. މި މަގުބޫލުކަން ބޭނުންކޮށްގެން 'ދަ ބީވީކޭ ބިރިޔާނީ' ނަމަކަށް ކިޔާ އައުޓްލެޓަކުން ވަނީ ކަސްޓަމަރުންނަށް ތާޒާ ބިރިޔާނީ އޯޑަރުކޮށް ޓޭކްއަވޭ ކުރެވޭ ވެންޑިން މެޝިނެއް އިންސްޓޯލްކޮށްގެން ޗެންނާއީގައި ޓޭކްއަވޭ ބިރިޔާނީގެ ކޮންސެޕްޓް ތަންފީޒުކޮށްފަ އެވެ.

ޗެންނާއީގެ ކޮލައްތޫރުގައި ތައާރަފްކުރި ބައި ވީޓޫ ކަލްޔަނަމް (ބީވީކޭ) ބިރިޔާނީ އިން ތާޒާކޮށް ކައްކާފައި ހުންނަ ޕްރީމިއަމް ވެޑިން ސްޓައިލްގެ ބިރިޔާނީ ލިބެން ހުންނަނީ ވަގުތުން ފާމްތަކުން ގެންނަ ގިނައިރުނުވާ ފާމް ޓު ފޯކް މަހާއި އެކުގަ އެވެ. ބިރިޔާނީ ކާހިތްވާ ކަސްޓަމަރުންނަށް ބަނޑުހައިހޫނުކަން ފިލުވައިދިނުމުގެ އިތުރުން ވެންޑިން މެޝިނުން އަވަސް އަދި އަޖައިބު ކުރުވަނިވި އޯޑަރު ކުރުމުގެ ތަޖުރިބާއެއް ތަޖުރިބާ ކުރެވޭނެ އެވެ.

32 އިންޗީގެ ފަސޭހަ ޑިސްޕްލޭތަކުގެ ތެރެއިން އެއް ޑިސްޕްލޭއެއްގެ އެހީގައި ކާޑުން ނުވަތަ ޔޫޕީއައި އިން ފައިސާ ދެއްކޭމިއޭޓީއެމް އިން ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ތާޒާ ބިރިޔާނީ ލިބެއެވެ.ކައުންޓަރެއްގައި އޯޑަރދީގެން ގިނަ އިރު ތަކެއްގައި މަޑުނުކޮށް ފަސޭހައިން ލިބޭ މިބިރިޔާނީ އަކީ ރަހަމީރު ތަޒާ ބިރިޔާނީއެއްކަމަށް މިއޭޓީއެމް އުފެއްދި ފަރާތްތަކުން އުންމީދުކުރެއެވެ.

އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯއަކުން ފެންނަނީ ބިރިޔާނީގެ ބައެއް އޮޕްޝަންތައް ޚިޔާރުކުރެވޭނެ ޓަޗްސްކްރީން ޑިސްޕްލޭ ޕެނަލެކެވެ. ކަސްޓަމަރަކު ޑިސްޕްލޭ ސްކްރީންގެ އެއް ސްކްރީނަށް ކައިރިވެ އޯޑަރު ކުރެއެވެ. ވަގުތުން ޑިސްޕްލޭއަކުން އޯޑަރު ތައްޔާރު ކުރަން ނަގާނެ ވަގުތު ފްލެޝްކޮށް ކައުންޓްޑައުން ފެށެއެވެ. އޯޑަރު ޑެލިވަރީ ކުރަނީ ކައުންޓަރެއް މެދުވެރިކޮށެވެ.