ޝާހްރުކްގެ ކާމިޔާބު "ޕަޓާން"އަށް ފަހު ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) އިން ދެން އެންމެ އަވަހަށް ގެނެސްދޭނެ ފިލްމަކީ ސަލްމާން ޚާންގެ "ޓައިގާ 3"އެވެ. "ޕަޓާން"ގައި ވަރުގަދަ ޙާއްޞަ ފެނިލުމެއްގައި ދައްކާލި ސަލްމާން އޭނާގެ ޓައިގާ ފްރެންޗައިސްގެ 3 ވަނަ ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ މިހިނގާ 2023 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. 

ދާދި ފަހުން ޕިންކްވިލާއިން ހާމަކޮށްފައިވާ ގޮތުގައި ސަލްމާނާއި ޝާހްރުކް އަނެއްކާވެސް އެއް ސްކްރީނަކުން "ފުލް-އެކްޝަން"ގައި ދައްކާލުމަށް ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން "ޓައިގާ ވާސަސް ޕަޓާން"ގެ ނަމުގައި ސްކްރިޕްޓެއް ލިޔަމުންދާ ކަމަށް މަޢުލޫމާތު ލިބެއެވެ. އަދިތިޔާ ޗޯޕްޅާއާއި ޝްރީދަރް ރަގާވަން ގުޅިގެން މިހާރު ފިލްމުގެ ޕްލޮޓް އެކުލަވައިލާ ސްކްރިޕްޓް ލިޔަމުންދާއިރު ފާހަގަކޮށްލަންޖެހޭ އެއް ކަމަކީ "ޓައިގާ ވާސަސް ޕަޓާން" ވެގެންދާނީ 30 އަހަރަށްފަހު 2 ހީރޯ ފިލްމަކުން ޝާހްރުކާއި ސަލްމާން އެކުގައި ފެނިގެންދާނެ ފިލްމަށެވެ. އެހެނީ މީގެ ކުރިން ރިލީޒްކޮށްފައިވާ 2 ހީރޯ ފިލްމު "ކަރަން އަރުޖުން"ގައި ވެސް މި 2 ތަރިން ވަނީ ފެނިގެންގޮސްފައެވެ. 

Tiger 3: Massive Set To Be Constructed For Salman Khan & Shah Rukh Khan  Action Scenes?

"ޕްލޭން އަކީ (އަޔަން މޭން ވާސަސް ކެޕްޓަން އެމެރިކާ)، (ބެޓްމޭން ވާސަސް ސުޕަރމޭން) ފަދަ 2 ހީރޯ ފިލްމަކަށް (ޓައިގާ ވާސަސް ޕަޓާން) ހެދުން! ބޮލީވުޑްގެ އެންމެ ކާމިޔާބު 2 ފަންނާނުން އެކުގައި މިފަދަ ފިލްމެއް އުފެއްދިދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް!" އަދިތިޔާ ބުނެފައިވެއެވެ. 

ފިލްމު ރިލީޒްކުރާނެ ތާރީޚެއް އަދި ހާމަކޮށްފައިނުވާއިރު ލަފާކުރެވެނީ 2024 ވަނަ އަހަރުގެ ފަހުކޮޅު މި ފިލްމު ބެލުންތެރިންނާ ހަމައަށް ގެނެސްދޭނެ ކަމަށެވެ.