ފައިޓިންގ ފިޝް ފަދަ ދިރޭ މަސްް އަދި ގަހަށް ލޯބި ކުރައްވާ ބޭފުޅުންނަށް މިއީ އުފާވެރި ޚަބަރެކެވެ. ރާއްޖެއިން އާންމުކޮށް މަހާއި، ގަސް ވިއްކާ އަގުތަކާއި ބަލާއިރު ވަރަށް ބޮޑުތަން އަގުހެޔޮކޮށް މިތަނުން ލައިވް ފިޝް ލިބެން އެބަހުއްޓެވެ.

އެކިކުލަކުލައިގެ ފައިޓިންގ ފިޝްތަކުންފިހާރަ ފަޅުފިލުވާލާފައިވާއިރު، މިތަނުން ކްރައުން ޓެއިލް، ޑަބަލް ޓެއިލް، ހާފްމޫން، ޑެލްޓަރ އަދި ސުޕަރ ޑެލްޓަރ، ރޯސް ޓެއިލް އާއި ރައުންޑް ޓެއިލް ގެ އިތުރުން ވީލްޓެއިލްވެސް ލިބެން އެބަހުއްޓެވެ. ފައިޓިންގ ފިޝްގެ އިތުރުން ނިއޯން ޓެޓްރާ، ގޯލްޑްފިޝް، ކާބް، ގަޕީ އާއި އެހެނިހެން ތަފާތު ގިނަ ބާވަތްތަކުގެ ލައިވް ފިޝް ލިބެން އެބަހުއްޓެވެ. ޕަރފެކްޓް ޕެޓްސް ފިހާރައިން މައުލޫމާތު ދިންގޮތުގައި، އެތަނުން ވިއްކާ ހުރިހާ މަހާއި މަސް ގެންގުޅުމާ ބެހޭ އެހެން ތަކެއްޗަކީވެސް ކޮލިޓީ ރަނގަޅު އެއްޗެއްސެވެ.

މަހުގެ އިތުރުން ޓޭންކްތައް ޒީނަތްތެރި ކުރުމަށް ރީތި އެކިބާވަތްތަކުގެ ފެނުގައި ހައްދާ ގަސްވެސް މިފިހާރައިން ލިބެން ހުންނާނެ ކަމަށާޢި މަހަށް ކާންދޭ ތަފާތު ކާނާ އަދި ގަސްވެސް މިފިހާރައިން ގަންނަން ލިބޭނެކަމަށް ޕަރފެކްޓް ޕެޓްސްއިން ވަނީ ހާމަކޮށްފައެވެ.

ޕަރފެކްޓް ޕެޓްސްގެ އުންމީދަކީ މަސްގެންގުޅުމަށް ލޯބިކުރައްވާ ފަރާތްތަކަށް މަހާއި، މަސްކާނާ އަދި އެކުއޭރިއަމް ޕްލާންޓް ރާއްޖޭގައި އާންމުކޮށް ވިއްކާ އަގުތަކަށް ވުރެ ހެޔޮ އަގެއްގައި އާންމުންނަށް ފޯރުކޮށްދިނުމެވެ. ޕަރފެކްޓް ޕެޓްސް ހުންނާނީ މާފަންނު މާޔާ ކްލިނިކް ކައިރީގަ ޔަމަހާ ސަރވިސް ސެންޓަރު ކުރިމަތީގައެވެ.

