ބްރަޙްމާސްޓްރާ ފުރަތަމަ ބައި- ޝިވާ ބޮކްސް އޮފީހުގެ ހުރިހާ ރެކޯޑެއް މުގުރާލިއިރު، ފުރަތަމަ ފިލްމު ރިލީޒްކުރި ފަހުން ފިލްމުގެ ދެވަނަ ބައި އަދި ތިންވަނަ ބައިގެ އަޕްޑޭޓްތަކަށް ފޭނުން ތިބީ ކެތްމަދުވެފައެވެ.

 ރަންބީރު ކަޕޫރާއި އަމީތާބް ބައްޗަން ލީޑް ރޯލުން ފެނިގެންދާ ފިލްމު ސްކްރީނަށް އައީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އެވެ. މިއަދު ޑައިރެކްޓަރު އަޔާން މުކަރްޖީ ވަނީ އޭނާގެ ސޯޝަލް މީޑިއާގައި ޓްރިލޮޖީއާ ބެހޭ ފޯރިގަދަ އަޕްޑޭޓެއް ހާމަކޮށްފަ އެވެ. އޭނާ ވަނީ ދެވަނަ ބައި އަދި ތިނެއްގެ ޓައިމްލައިން އިއުލާންކޮށް، ފޯރިގަދަ އެހެން ޕްރޮޖެކްޓެއްގެ އަޕްޑޭޓް ވެސް ހިއްސާކޮށްފަ އެވެ.

ވިޝަނަރީ ޑައިރެކްޓަރު އޭނާގެ އޮފިޝަލް އިންސްޓަގްރާމް ހެންޑްލް އަށް ގޮސް ލިޔެފައި ވަނީ މި ފިލްމުގެ ދެވަނަ ބައި އާއި ތިން ވަނަ ބައި ތަފާތުވެފައި ރަނގަޅުވާނެ ކަމަށެވެ. ޝައުގުވެރި ކަމަކީ އޭނާ އަޕްޑޭޓް ކޮށްފައިވަނީ ދެ ފިލްމު އެކުގައި މަސައްކަތް ކުރާނެ ކަމަށާއި ސްކްރިޕްޓް ފުރިހަމަ ކުރުމަށް ވަގުތުކޮޅެއް ބޭނުންވާ ކަމަށެވެ. 

ރިލީޒް ކުރާނެ ޓައިމްލައިން އިއުލާން ކުރަމުން، އިންސްޓަގްރާމް ސްޓޯރީގައި ވަކިން ކުރި ޕޯސްޓެއްގައި، އަޔާން ބުނެފައި ވަނީ ދެވަނަ ބައި އަދި ތިން ވަނަ ބައި ބޮޑު ސްކްރީނަށް އަންނާނީ ޑިސެމްބަރު 2026 އަދި 2027 ގަ އެވެ.