ފާއިތުވި އަހަރުތަކުގައި އިންޑިއާގެ ފިލްމީ ދާއިރާގައި ޝާހްރުކް ޚާންގެ އުސްމިނާ މެދު ޝައްކުކޮށް ސުވާލު އުފައްދަން ފެށި ވަގުތުތަކެއް ވެސް ވަނީ އައިސްފަ އެވެ. ބޮކްސް އޮފީހުގައި އޭނާގެ ފިލްމުތަކުގެ މަގުބޫލްކަން ގެއްލި ގިނަ ކްރިޓިކްސް ޝާހްރުކްގެ ޒަމާން ނިމިއްޖެ ކަމަށް ލިޔެފައިވެ އެވެ.
ނަމަވެސް އެތައް ބިލިއަން ބަޔަކު އޭނާ އަކީ ބޮލީވުޑްގެ ރަސްގެފާނެއް ކަމަށާއި އަބަދުވެސް ދެމިހުންނާނެ ކަމަށް ބުނެފައިވާތީ، އޭނާގެ ފިލްމު "ޕަޓާން"ގެ ކާމިޔާބީން އެ ހުރިހާ ކަމެއް އަނެއްކާވެސް ސާބިތުކޮށްދިނެވެ. 2023 ވަނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ޝާހްރުކް ޚާންގެ "ޕަޓާން" ވަނީ އަނެއްކާވެސް ވަރަށް ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.
ޖަރުމަނުގެ ފެޝަން ބްލޮގަރއެއް ކަމަށްވާ ކެރޮލައިން ޑާއުރް ވެސް އެންއެމްއޭސީސީގެ ގާލާގައި ބައިވެރިވިއިރު، ދާދި ފަހުން އޭނާ ވަނީ އެ އިވެންޓުގައި އޭނާ ހޭދަކުރި ދުވަސްތަކުގެ ސިލްސިލާ ފޮޓޯތަކާއި ވީޑިއޯތަކެއް އަޕްލޯޑްކޮށްފަ އެވެ. ނަމަވެސް އޭގެ ތެރެއިން އެއް ވީޑިއޯގައި އޭނާ ހުންނަނީ ބުފޭއެއްގެ ކުރިމަތީގައެވެ. އެކަމަކު މި ވީޑިއޯ ކްލިޕް ހާއްސަ ކޮށްދިނީ ބެކްގްރައުންޑުން ޝާހްރުކް ޚާން ފެނިގެން ދިޔައީ ޕާން އެއް ހިފައިގެން ގަދަޔަށް ދުފަން ހުންނަ މަންޒަރެވެ. ކަޅު ކުރްތާއެއް ލައިގެން ޝާޚްރުކާން ދުފާ މަންޒަރު ފެނިގެންދިޔަ މިވީޑިއޯ އަށް ގިނަބައެއްގެ ސަމާލުކަން ހުއްޓުނެވެ. އަދި މިއަންހެންމީހާ އަކީ ވަރަށް 'ލަކީ" މީހެއްކަމުގައިވެސް މީހުން އަންނަނީ ބުނަމުންނެވެ. މިހާރު އިންޓަނެޓްގައި މި ވީޑިއޯ ދައުރުވަމުންދާއިރު، މީހުން ދަނީ ޖަރުމަނުގެ ފެޝަން ބްލޮގަރު، ކެރޮލައިން ޑާއުރްގެ ކޮމެންޓްތަކުގައި ޓެގްކޮށް، ބިލިއަން މީހުންގެ ހިތުގެ ތެޅުން ކަމުގައިވާ ޝާހްރުކް ޚާންގެ ކައިރީގައި ބޮޑު ނަސީބެއްކަން ކިޔައިދެމުންނެވެ.
ނީތާ މުކޭޝް އަމްބާނީ ކަލްޗަރަލް ސެންޓަރު (އެންއެމްއޭސީސީ) ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ހޮލީވުޑް އަދި ބޮލީވުޑްގެ ބައެއް ބޮޑެތި ނަންތައް އެއް ފުރާޅެއްގެ ދަށުން ފެނިގެންދިޔައެވެ. މި އިވެންޓުގެ ސުރުޚީތައް ފެނުނީ ހަމައެކަނި އިންޑިއާގައި ނޫން ނަމަވެސް ބައިނަލްއަގްވާމީ މީޑިއާތަކުން ވެސް މުޅި އިވެންޓުގެ ބޮޑުކަމުން ސިއްސައިގެން ދިޔަ އެވެ. މަލްޓި ބިލިއަނަރު ބިޒްނަސް ޓައިކޯން، މުކޭޝް އަމްބާނީއަށް އިންޓަނެޓްގައި އިންތިހާއަށް ތައުރީފު ލިބުނީ ޒެންޑަޔާ، ގީގީ ހަދީދު، ޓޮމް ހޮލެންޑް، ކެޓް ގްރެހަމް، ޕެނެލޯޕް ކްރޫޒް އަދި އެތައް ބަޔަކު އިންޑިއާއަށް ގެނެސް އިންޑިއާގެ ސަގާފަތަކީ ކޮބައިކަން ދައްކާލުމުންނެވެ. ނަމަވެސް އަނެއްކާވެސް ބޮލީވުޑްގެ ބާދުޝާހް ޝާހްރުކް ޚާން ވަނީ ޖޫމޭ ޖޯ ޕަތާން އަށް ނެށުމުގެ އިތުރުން ގާލާގައި ދެއްކި ޑޭޝިން ލޫކުން ހުރިހާ ތައުރީފެއް ހޯދާފައެވެ.
