މުކޭޝް އަމްބާނީ އާއި ނީތާ އަމްބާނީ އިންޑިއާގައި އެއް ފުރާޅެއްގެ ދަށުން ހޮލީވުޑް އަދި ބޮލީވުޑްގެ ތަރިން އެއްކޮށްގެން ހަފްލާތަކެއް ކުރިއަށް ގެންދިޔައެވެ. އަމްބާނީން އަބަދުވެސް ހުވަފެނުގައި ދެކެމުން އައީ ސަގާފީ މަރުކަޒެއް ކަމަށާއި އެމީހުންގެ ހުވަފެން ހަގީގަތަކަށް ބަދަލުވީ ނީތާ މުކޭޝް އަމްބާނީ ސަގާފީ މަރުކަޒު ތިން ދުވަހުގެ ގްރޭންޑް ލޯންޗް ކުރުމުންނެވެ. މިހަފްލާގެ ރަސްމިއްޔާތުތައް ތިން ދުވަސް ވަންދެން ކުރިއަށް ދިޔައިރު އެމީހުން މެހެމާނުންނަށް ހަދާފައިވާ ޖާފަތް ވަރަށް ތަފާތެވެ. ރިހި "ތާލީ' ތަކާއި ނޫޓްތަކުން ވަނީ ކާތަކެތި އިތުރަށް ފުރިހަމަ ކޮށްފައެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ އެންއެމްއޭސީސީ ލޯންޗް ކުރުމުގެ ބޮޑު ތަސްވީރާއި ވީޑިއޯތައް އިންޓަނެޓްގައި ވައިރަލް ވަމުން އެބަދެއެވެ. އޭގެ ތެރެއިން އެއް ތަސްވީރެއްގައި އަޅުގަނޑުމެންނަށް ފެނުނީ ފޮނި ކާއެއްޗެއްކަމަށްވާ ހަލުވާ ތަށިތަކުގެ ވަށައިގެން 500 ރުފިޔާގެ ނީޓް ޖަހާފައިވާ ތަނެވެ. ނަމަވެސް އެއީ ފޭކް ނޫޓްތަކެއް ކަމުގައި ހަލުވާ ތައްޔާރުކުރި ފަރާތުން ވަނީ ބުނެފައެވެ.

އިންޑިއާ މީހުން ހަގީގަތުގައި ގަބޫލުކުރަނީ މެހެމާނުންނަކީ ވަރަސް ޚާއްސަބައެއްގެ ގޮތުގައެވެ. އަދި އަމްބަނީން ދިރިއުޅެމުން އަންނަނީ އިންޑިއާގެ މެހެމާން ނަވާޖީ އިން ކަމަށްވާތީ އެމީހުން އިންޑިއާގެ މީރު ކާނާ ވަނީ ރިހި ތާލީ ތަކުގައި މެހެމާނުންނަށް ދީފައެވެ. އެޕްރީލް 1، 2023 ގައި މަހީޕް ކަޕޫރު ވަނީ އެންއެމްއޭސީސީގެ ގާލާގައި އެމީހުންނަށް ދިން ކާނާގެ ފޮޓޯއެއް ހިއްސާކޮށްފައެވެ. އެ ތަސްވީރުތަކުން ފެންނަނީ ތަފާތު ތަށިތައް ޖަހާފައިވާ ރިހި ކުލައިގެ ބޮޑު ތަލީއެއް ކަމަށާއި، އޭގައި ރޮޓިސް، ޑާލް، ޕަލަކް ޕަނީރު، ޕަޕަދު ލައްޑޫ އަދި އެހެނިހެން މީރު ކާނާ ހިމެނެ އެވެ.
