ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އަޙްމަދު ހާރުނު، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ އާއި ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ނ. ލަންދޫގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ މިސްކިތުގެ މަސައްކަތާއި ގުޅޭގޮތުންވަނީ މަޝްވަރާކުރައްވާފައެވެ. ހަމައެހެންމެ ނ. މަނަދޫގައި މިހާރު ހުރި މިސްކިތް ކުޑަވެ ރަށުގެ އާބާދީގެ ނިސްބަތަށްބަލައި އެރަށުގައި ބޮޑު މިސްކިތެއް ބިނާކުރުމަށް 2021ވަނަ އަހަރުގެ ބަޖެޓްގައި ހިމެނުމާއި ގުޅޭގޮތުންނާއި އަމިއްލަ ފަރާތަކުން އެ ރަށުގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މިސްކިތުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބާގުޅޭ ގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި މިނިސްޓަރާއި، މަނަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރުގެ އިތުރުން މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޢަބްދުލް ޢަޒީޒް އިސްމާޢީލްވެސް ބައިވެރިވެޑައިގަންފައިވެއެވެ.
