ބޭންކް އޮފް މޯލްޑިވްސް އިން މާސްޓަރކާޑު ކަސްޓަމަރުންނަށް މިއަދު އައު ޕްރޮމޯޝަން އެއް ހުޅުވާލައިފިއެވެ.

މި ޕްރޮމޯޝަންގެ ދަށުން ހުރިހާ ހަރަދަކާއެކު ދެ މީހަކަށް އިސްތަންބޫލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗް ބަލާލަން ދިއުމުގެ ފުރުސަތު ލިބިގެންދާނެއެވެ. 

މި ޕްރޮމޯޝަންގައި މާސްޓަރކާޑު މެދުވެރިކޮށް ރާއްޖެ އާއި ރާއްޖޭން ބޭރުގައި ކުރާ ހުރިހާ މުއާމަލާތްތަކެއް ހިމެނޭނެއެވެ. ޕްރޮމޯޝަން ކުރިއަށްދާނީ 12 އެޕްރީލް އިން 9 މެއި 2023 ގެ ނިޔަލަށެވެ. 

މާސްޓަރކާޑަކީ ޔުއެފާ ޗެމްޕިއަންސް ލީގުގެ އޮފިޝަލް ސްޕޮންސަރ އެވެ. ބީއެމްއެލް އަކީ ރާއްޖޭގައި މާސްޓަރކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ. ބީއެމްއެލް އިން އަންނަނީ ރާއްޖޭގައި މާސްޓަރކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑު ދޫކުރަމުންނެވެ.