ސޯޝަލް މީޑިއާގައި ފުދޭވަރަކަށް ހަރަކާތްތެރި އެކްޓަރު އަނޫޕަމް ޚޭރް ވަނީ އޭނާގެ އެކުވެރިޔާ ސަތީޝް ކައުޝިކްގެ އުފަން ދުވަހުގެ ސޯޝަލް މީޑިޔާގައި ހާއްސަ ޕޯސްޓެއް ހިއްސާކޮށްފަ އެވެ. މީގެ ދުވަސްކޮޅެއް ކުރިން އަނޫޕަމް ވަނީ އިންސްޓަގްރާމް އަށް ވަދެ އެމީހުންގެ ކުރީގެ ހަނދާންތައް ދައްކުވައިދޭ އަސަރުން ފުރިގެންވާ ވީޑިއޯއެއް ހިއްސާކޮށްފަ އެވެ. ސަތީޝް ކައުޝިކް މަރުވީ މިދިޔަ މާޗް މަހު ދިއްލީގައި ހާޓް އެޓޭކެއް ޖެހިގެންނެވެ. ސަތީޝް ކައުޝިކް ދިއްލީއަށް ދިޔައީ އޭނާގެ އެކުވެރިންނާއެކު ހޯލީ ފާހަގަކުރުމަށެވެ. ރޭގަނޑު 11 ޖަހާ އެހާކަންހާއިރު އޭނާއަށް ނުތަނަވަސްކަން ލިބުމުން އޭނާގެ މެނޭޖަރަށް ގުޅައިގެން އެކަން އަންގާފައިވެ އެވެ. އޭނާގެ ޑްރައިވަރު އޭނާ ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީ އޭނާ ވަނީ ދުނިޔެ ދޫކޮށްފައެވެ.

އަނޫޕަމްގެ ނޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އޭނާ އާއިލާއާއެކު ސަތީޝް ކައުޝިކްގެ އުފަންދުވަސް ފާހަގަކުރާނެކަމަށެވެ. ސަތީޝް އަށް މިއަދު 67 އަހަރު ފުރިގެންދާނެއެވެ. އަނޫޕަމް އާންމުކުރި ވީޑިއޯގައި އެކި މުނާސަބަތުތަކުން އެމީހުންގެ ފޮޓޯތައް ފެނިގެންދެއެވެ. އަދި އަނިލް ކަޕޫރުގެ ފޮޓޯތައް ވެސް އެބަހުއްޓެވެ. ކުރިން މި ތިން މީހުން ގިނަ ވަގުތު ހޭދަކުރަމުން ދިޔައިރު، މިއީ ރޭގަނޑުގެ ކެއުމަށް ފުދޭވަރަކަށް ގިނައިން ބައްދަލުކުރަމުން ދިޔަބަޔަކެވެ. 

އަނޫޕަމް ހިންދީ ބަހުން ލިޔެފައިވަނީ "އަހަރެންގެ ލޮބުވެތި އެކުވެރިޔާ ސަތީޝް ކައުޝިކް! ވަރަށް އުފާވެރި އުފަންދުވަހަކަށް އެދެން! މިއަދު ބައިސާކީގައި ތިބާއަށް 67 އަހަރު ފުރިގެން ދިޔައީސް. އެކަމަކު ތިބާގެ ހަޔާތުގެ 48 އަހަރު ދުވަހު އަހަންނަށް ތިބާގެ އުފަންދުވަސް ފާހަގަ ކުރުމުގެ ނަސީބު ލިބުނު. އެހެންވެ އަހަރެން ނިންމާފައި މިވަނީ މިއަދު ހަވީރު އަހަރެމެން ސަތީޝް އުފަންދުވަސް ގްރޭންޑް ގޮތަކަށް ފާހަގަ ކުރަން! ޝާޝީ އާއި ވަންޝިކާ އާއި އެކު ހުރި ގޮނޑި ހުސްވާނެ."

އަނޫޕަމްގެ އިތުރުން އަނިލް ކަޕޫރްވެސް ވަނީ އޭނަގެ އެކުވެރިޔާ ސަތީޝްގެ މަތިން ހަނދާންކޮށް އޭނާ އަށް އުފަން ދުވަހުގެ ތަހުނިޔާ ކިޔާފައެވެ.